
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގައި އެތައް މިލިއަން މައުސޫމު ރައްޔިތުން ހައިހޫނުކަމުގައި ޝަހީދުވަމުންދިޔުމުގެ ކަންބޮޑުވުމުގެ އަޑުތައް ގަދަވެ، ޔަހޫދީންނަށް އިތުރު ގޮތެއް ނެތިގެން، ޣައްޒާއަށް އެހީ ވެއްދުމުގެ މަގުފަހިކޮށްދިނުމަށް، ބައެއް ސަރަޙައްދުތަކުގައި ޙަމަލާތައް ބަދަލުކުރުން މެދުކަނޑައިލަން ޔަހޫދީން ނިންމައިފިއެވެ. ޔަހޫދީންގެ ނިރުބަވެރި ސިފައިން ކުރި އިޢުލާނެއްގައި ބުނީ، ޣައްޒާގެ ތިން ސަރަޙައްދެއްގައި 10 ގަޑިއިރަށް ޙަމަލާތައް މެދުކަނޑައިލެވޭނެ ކަމަށެވެ. އަދި ޣައްޒާއަށް ރައްކާތެރިކަމާއެކު އެހީ ވެއްދޭނެ އިތުރު މަގުތަކެއް ހެނދުނު 6:00އިން ރޭގަނޑު 11:00އާ ހަމައަށް ހުޅުވާލެވޭނެކަމަށް ވެސް ބުންޏެވެ. 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ފެށި ޤަތުލުޢާންމުގެ ދަށުން މި އަހަރުގެ މާރިޗު މަހުގެ 2ވަނަ ދުވަހަށް ފަހު ޣައްޒާގެ ފުރަބަންދު އޮތީ ހަރުކަށި ކޮށްފައެވެ.
ފާއިތުވި ހަފްތާތަކުގައި، ޣައްޒާގައި ކާޑުބަލިޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ އިންތިހާއަށް އިތުރުވެފައެވެ. ޣައްޒާގެ ސިއްޙީ ވުޒާރާއިން ބުނެފައިވާ ގޮތުގައި، ހަނގުރާމަ ފެށުނު ފަހުން، ކާޑުބަލި ޖެހިގެން ޝަހީދުވި 127 މީހުންގެ ތެރޭގައި، 85 ކުޑަކުދިން ހިމެނޭ ކަމަށެވެ. މިޞްރުގެ ރެޑް ކްރެސެންޓުން ބުނީ އާދީއްތަ ދުވަހު 1،200 މެޓްރިކް ޓަނަށް ވުރެ ގިނަ ކާބޯތަކެތީގެ އެހީ އުފުލާ 100 އަށް ވުރެ ގިނަ ޓްރަކު، ޣައްޒާގެ ދެކުނަށް ފޮނުވަމުންދާ ކަމަށެވެ. މާރޗު 19ވަނަ ދުވަހަށް ފަހު ޔަހޫދީން ވަނީ މަދު އަދަދެއްގެ ކާބޯތަކެތި ޣައްޒާއަށް އެތެރެ ކުރުމުގެ ފުރުޞަތު ދީފައެވެ. ނަމަވެސް، އެ ކަން ކުރުމުގެ ފުރުޞަތު އޮތީ ޣައްޒާ ހިޔުމެނިޓޭރިޔަން ފައުންޑޭޝަން (ޖިއެޗްއެފަ)ށް އެކަންޏެވެ. އެއީ، ޣައްޒާގައި ހައިހޫނުގައި ޖައްސާފައިވާ 2.3 މިލިޔަނެއްހާ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ޔަހޫދީންގެ އަތްދަށަށް ގެންދިޔުމަށް އެމެރިކާއާ ގުޅިގެން އުފައްދާފައިވާ ޖަމުޢިއްޔާއެކެވެ.
ނަމަވެސް، ޣައްޒާގައި ދިރިއުޅޭ އާބާދީގެ ބޮޑުބަޔަކަށް އެކަށީގެންވާ މިންވަރަށް ކާނާ ނުލިބި، ބަނޑަށް ޖެހިފައިވާކަމުގެ ކަންބޮޑުވުން ގިނަ ޤައުމުތަކުން ދަނީ ހުއްޓުމެއްނެތި ފާޅުކުރަމުންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
