
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ތޫނިސްގެ ރައީސް ޤައިސް ސަޢީދާ ދެކޮޅަށް އަޑުއުފުލުމަށް އެތަކެއް ސަތޭކަ ބަޔަކު އެ ޤައުމުގެ ވެރިރުގެ މަގުތަކަށް ނިކުމެ، މުޒާހަރާ ކުރަން ފަށައިފިއެވެ. މުޒާހަރާގެ ބައިވެރިން ބުނީ، ޤައިސްގެ ވެރިކަމުގައި ތޫނިސަކީ ބޮޑު ޖަލަކަށް ބަދަލު ކޮށްލާފައިވާ ކަމުގައެވެ. އަދި، އޭނާ ކުރަމުން ދަނީ ޚުދުމުޚްތާރު ވެރިކަމެއް ކަމުގައެވެ. ސަޢީދާ ދެކޮޅަށް ކުރަމުންދާ މުޒާހަރާ ކުރިއަށް ދަނީ “މި ޖުމްހޫރިއްޔާއަކީ ބޮޑު ޖަލެއް،” މި ޝިޢާރުގެ ދަށުންނެވެ. ސަޢީދުގެ އިސްތިޢުފާއަށް ގޮވައިލަމުންދާ މުޒާހަރާގެ ބައިވެރިން ދަނީ، އޭނާގެ ވެރިކަމުގައި ޖަލަށް ލާފައިވާ ސިޔާސީންނާއި، ނޫސްވެރިން އަދި ސިޔާސީ އެކްޓިވިސްޓުން މިނިވަން ކުރުމަށް ވެސް ގޮވައިލަމުންނެވެ.
ތޫނިސްގެ ވެރި ރަށުގައި ސަޢީދާ ދެކޮޅަށް ބިޔަ މުޒާހަރާތަކެއް ފަށާފައި މި ވަނީ، ވެރިކަން ފޭރިގަތުމަށް ހަތަރު ފުރުން ފުރޭ ދުވަހާ ދިމާކޮށެވެ. 2021ވަނަ އަހަރު ސަޢީދު ވަނީ ތޫނިސްގެ ޤާނޫނު ހަދާ މަޖިލިސް އުވައިލައްވާފައެވެ. އަދި، އެއަށް ފަހު އޭނާ ވެރިކަން ކުރައްވަމުން ގެންދަވަނީ އަމިއްލައަށް ނެރުއްވި ރިޔާސީ ޤަރާރެއްގެ ދަށުންނެވެ. ތޫނިސްގެ ގިނަ އަދަދެއްގެ ރައްޔިތުން ޤަބޫލު ކުރާ ގޮތުގައި ސަޢީދުގެ ވެރިކަމަކީ ޣަރިރުޤާނޫނީ ވެރިކަމެކެވެ. އަދި، އޭނާގެ ބާރުގެ ދަށުގައި ޚުދުމުޚްތާރު ކަން ބޮޑުވެ، ސަރުކާރާ ދެކޮޅު ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށް، އިދިކޮޅު ޕާޓީތަކުގެ އަޑު ކަނޑުވައިލާފައިވާ ކަމުގައެވެ.
2022ވަނަ އަހަރު ސަޢީދު ވަނީ ތޫނިސްގެ ޝަރުޢީ އެންމެ މަތީ ކައުންސިލް ވެސް އުވައިލައްވާފައެވެ. އަދި، ކޯޓުތަކުގެ ގިނަ އަދަދެއްގެ ފަނޑިޔާރުންތަކެއް މަޤާމުން ވަކި ކުރައްވާފައެވެ. ނަމަވެސް، ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވަމުން ގެންދަވާ ކަމަށް އިދިކޮޅުން ކުރާ ތުހުމަތުތައް އޭނާ ދޮގު ކުރައްވައެވެ. ސަޢީދުގެ ވެރިކަމުގައި އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ވެރިންނާއި، އެހެން މެންބަރުންގެ އިތުރުން ގިނަ އަދަދެއްގެ ނޫސްވެރިންގެ މައްޗަށް ޓެރެރިޒަމްގެ ދަޢުވާ އުފުލައި، ޖަލު ޙުކުމް އިއްވާފައިވެއެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ޤާނޫނީ ވަކީލުން ވެސް ހިމެނެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
