
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވެ، ތަކެތީގެ އަގުތައް އުފުލެމުން ދިޔުމާ ގުޅިގެން، މެލޭޝިޔާގެ އެތަކެއް ހާސް ބަޔަކު ވެރިރަށް ކުއަލަ ލުމްޕޫރްގެ މަގުތަކަށް އެއްވެ، ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ސަރުކާރާ ދެކޮޅަށް އަޑު އުފުލަން ފަށައިފިއެވެ. އަދި، އަންވަރުގެ ސަރުކާރުގެ އިޞްލާޙީ އެޖެންޑާގެ ވަޢުދުތައް ނުފުއްދޭ ކަމުގައި ބުނެ، މުޒާހަރާގެ ބައިވެރިން ދަނީ އޭނާގެ އިސްތިޢުފާއަށް ގޮވައިލަމުންނެވެ. ކުއަލަ ލުމްޕޫރްގައި ކުރަމުންދާ މުޒާހަރާގެ ބައިވެރިން އެއްވެފައި ވަނީ މިނިވަން ކަމުގެ މައިދާނަށެވެ. އަންވަރުގެ ސަރުކާރާ ދެކޮޅު ސިޔާސީ ޕާޓީތަކުން ވެސް މުޒާހަރާގައި ބައިވެރިވަމުންދާއިރު، މުޒާހަރާގެ ބައިވެރިންގެ އަދަދު 18,000އަށްވުރެ އިތުރުވާނެ ކަމުގައި ފުލުހުން އަންދާޒާ ކުރެއެވެ. މުޒާހަރާގެ ގިނަ ބައިވެރިން ތިބީ، އަންވަރުގެ އިސްތިޢުފާއަށް ގޮވައިލާ މެސެޖުތައް ލިޔެފައިވާ ޓީޝާޓު ލައިގެންނެވެ.
މިހާރު ހިނގަމުންދާ ދައުރަށް އަންވަރު އިންތިޚާބުވެ ވަޑައިގަންނަވާފައި ވަނީ 2022ވަނަ އަހަރުގެ ނޮވެންބަރު މަހުއެވެ. ކޭމްޕޭންގައި އޭނާ ވެވަޑައިގަންނަވާފައިވާ އެންމެ ބޮޑު ވަޢުދަކީ އޭނާގެ އިޞްލާޙީ އެޖެންޑާއެވެ. ނަމަވެސް، ދައުލަތުގެ އާމްދަނީ އިތުރު ކުރުމުގެ ގޮތުން މުދަލާއި ޚިދުމަތުން ނަގާ ޓެކުސް ބޮޑު ކުރުމާ އެކު އޭނާގެ ސަރުކާރަށް ވަނީ ޢާންމުންގެ ފާޑުކިޔުންތައް އަމާޒުވެފައެވެ. މީގެ އިތުރުން، ސަބްސިޑީގެ ނިޒާމަށް އިޞްލާޙުތަކެއް ގެނައުމާ އެކު، ތަކެތީގެ އަގުތައް އުފުލިގެންދާނެ ކަމުގެ ކަންބޮޑުވުން ޢާންމުންގެ މެދުގައި ވަނީ އިތުރުވެފައެވެ. މި ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވުމުގެ ގޮތުން މި ހިނގާ ހަފުތާގައި އަންވަރު ވަނީ އައު ފިޔަވަޅުތަކެއް އިޢުލާނު ކުރައްވާފައެވެ. އޭގެ ތެރޭގައި އެންމެ ފަޤީރު ޢާއިލާތަކަށް ފައިސާގެ އިނާޔަތްތައް ދިނުމާއި، ތެލުގެ އަގު ތިރި ކުރުން ހިމެނެއެވެ. މިއީ، ދިރިއުޅުމުގެ ޚަރަދުތަކާއި ތަކެތީގެ އަގުތައް އުފުލުނަ ނުދީ، ކޮންޓުރޯލު ކުރުމުގެ ގޮތުން އިޢުލާނު ކޮށްފައިވާ ފިޔަވަޅެއް ކަމުގައި ސަރުކާރުން ބުންޏެވެ.
ނަމަވެސް، މުޒާހަރާގެ ބައެއް ބައިވެރިން ބުނީ، ސަރުކާރުން އިޢުލާނު ކޮށްފައިވާ އައު ޓެކުސްތަކާ އެކު ކަރަންޓުގެ އަގުތައް އުފުލި، އެ ކަމުގެ ބުރަ ވިޔަފާރިތަކަށް ފޯރައި، މުދަލާއި ތަކެތީގެ އަގުތަކަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމުގެ ކަންބޮޑުވުން އިތުރުވެފައިވާ ކަމުގައެވެ. “އެ ޓެކުސްތައް ނަގަމުން އެ ދަނީ އުފެއްދުންތެރިންގެ [ވިޔަފާރި ކުންފުނިތަކުގެ] އަތުން، އެހެންވީމަ ކާބޯތަކެތީގެ އަގުތައް އުފުލިގެންދާނެ،” މުޒާހަރާގެ އެއް ބައިވެރިއަކު ބުންޏެވެ. ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވަމުން ގެންދަވާ ކަމުގެ ތުހުމަތުތަކާ ވެސް އަންވަރަށް ވަނީ ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާފައެވެ. އަދި، ކޮރަޕްޝަނާ ދެކޮޅަށް އޭނާ އެކަށީގެންވާ މަސައްކަތްތަކެއް ކުރައްވަމުން ނުގެންދަވާ ކަމުގައި ގިނަ ބަޔަކު ޤަބޫލު ކުރެއެވެ. އޭގެ އެއް ސަބަބަކީ، ކޮރަޕްޝަންގެ ތުހުމަތުގައި ޝަރިޢަތް ހިންގަމުން ދިޔަ ބަޔަކާ ދެކޮޅަށް އުފުލާފައިވާ ދަޢުވާތައް ދާދިފަހުން އަނބުރާ ގެންދިޔުމެވެ. އެ ނިންމުމުގެ ސަބަބުން މަންފާވެފައި ވަނީ އަންވަރުގެ އަރިސް ބޭފުޅުންނަށެވެ. މީގެ އިތުރުން، ޝަރުޢީ ދާއިރާއަށް ފަނޑިޔާރުން ޢައްޔަން ކުރުން އަންވަރުގެ ސަރުކާރުން ލަސް ކުރުމާ އެކު ވެސް އިތުރު ފާޑުކިޔުންތައް އަމާޒުވިއެވެ. ނަމަވެސް، ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވާ ކަމަށް ކުރެވޭ ތުހުމަތުތައް އަންވަރު ދޮގު ކުރައްވައެވެ.
އަންވަރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާގެ ތެރެއިން ފެނިގެން ދިޔަ އެއް މޫނަކީ މި މަހު 100 އަހަރު ފުރިވަޑައިގަންނަވާ ކުރީގެ ބޮޑުވަޒީރު މަހާތީރު މުޙައްމަދެވެ. މުޒާހަރާގެ ބައިވެރިންނާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން މަހާތީރު ވަނީ އަންވަރުގެ ސަރުކާރުން ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، އިދިކޮޅު ޕާޓީތަކުގެ ވެރިންނާ ދެކޮޅަށް ދަޢުވާ އުފުލަމުންދާ ކަމުގައި ތުހުމަތު ކުރައްވާފައެވެ. “މައުސޫމު މީހުންނާ ދެކޮޅަށް އެ ދަނީ ދަޢުވާ އުފުލަމުން، އަދި ކުށްވެރިން އެ ދަނީ މިނިވަންވަމުން،” އޭނާ ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
