
އިނގިރޭސިން އަތުން ޕެނަލްޓީ ޖަހައިގެން ބަލިވެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތަށި ސްޕޭނަށް ނުލިބުނުއިރު އޭނާ ޖެހި ޕެނަލްޓީ ނާކާމިޔާބު ވުމުން ސްޕޭނުގެ އައިޓާނާ ބޮންމާޓީ މައާފަށް އެދެފި އެވެ. ފާއިތުވެދިޔަ ދެ އަހަރުގެ ދުނިޔޭގެ މޮޅު ކުޅުންތެރިޔާ އަދި މި މުބާރާތުގެ ވެސް މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ބާސެލޯނާގެ މިޑްފީލްޑަރު ބުނީ މެޗުގެ ކުޅުމަށް ބަލާއިރު ހުރިހާ ގޮތަކުން ވެސް މޮޅީ ސްޕޭން ކަމަށެވެ.
“އަހަރުމެން ކުޅުމަށް ބަލާއިރު ބަރަށް މޮޅު. އެކަމަކު އެއީ ހުރިހާ އެއްޗެއް ނޫން. އެންމެ މުހިންމު ކަމަކީ ގޯލް ޖެހުން. އެންމެ ފަހުން ޕެނަލްޓީ ޖަހަން ޖެހުމުން އެއީ ވަގުތާއި ހާލަތަށް ވަރަށް މުހިންމު ކަމެއް. އަހަރެން މައާފަށް އެދެން އަހަރެން އަތުން ޕެނަލްޓީ ނާކާމިޔާބު ވުމުން،” އައިޓާނާ ބުންޏެވެ. އޭނާ އޭނާ ބުނީ ތަށި ހޯދަން ސްޕޭން ވަރަށް މަސައްކަތް ކުރި ކަމަށެވެ.
“ހަމަ އެއް ގޮތެއް މި ދިމާވީ ބާސެލޯނާ އާއި ސްޕޭނަށް ވެސް. ބާސެލޯނާ ޗެމްޕިއަންސް ލީގު ފައިނަލުގައި ބަލިވީ އިނގިރޭސިވިލާތުގެ އާސެނަލް އަތުން. އެ މެޗުގައި ވެސް 70 މިނިޓް ވަންދެން މެޗުގެ ކޮންޓްރޯލް އޮތީ އަހަރުމެން އަތުގައި. އަހަރުމެން ކުޅުމަށް ބަލާއިރު މޮޅު. އެ މީހުންނާ އަޅާ ވެސް ނުކިޔޭނެ. މި ބަލިވިއިރު އެއްވެސް މީހަކު ކުށްވެރިކުރެވޭކަށް ނެތް. މިއީ އެންމެން ގުޅުނީ އެކުގައި. އަހަރުމެން މޮޅުވަނީ އެކުގައި. ބަލިވަނީ ވެސް އެކުގައި،” އައިޓާނާ ބުންޏެވެ. އޭނާ އަދި ބުނީ ފުޓްބޯޅައިގައި ބަލިވާ ދުވަސް އަންނާނެ ކަމަށާއި އެކަން ގަބޫލުކޮށް ކުރިއަށްދާން ޖެހޭ ކަމަށެވެ. “ބަލިވީމާ ވަރަށް ދެރަވާނެ. މި ފަދަ ފައިނަލް މެޗުތަކަކީ ވަރަށް ވާދަވެރި މެޗުތަކެއް. އަހަރުމެން ކުޅުން މޮޅަށް އެބަޖެހޭ މެޗުން މޮޅުވާން. އެކަން ނުކުރެވުނީ. ބަލިވީމާ ދެރަވާނެ،” އައިޓާނާ ބުންޏެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
