
ސްޕޭނުގެ ރެއާލް މެޑްރިޑުން އެ ކުލަބުގެ 10 ނަންބަރު ޖާޒީ ފްރާންސްގެ ކެޕްޓަން ކީލިއަމް އެމްބާޕޭ އަށް ދީފި އެވެ. ސްޕޭނުގެ މީޑިޔާތަކުން ބުނީ މިއީ އެ ކުލަބުގެ މާކެޓިން ވިސްނައިގެން ނިންމާފައިވާ ނިންމުމެއް ކަމަށެވެ. “އެމްބާޕޭ އަކީ ރެއާލް މެޑްރިޑްގެ މޫނު މަތި. މިއީ ވަރަށް ބޮޑު މާކެޓިން ޕްލޭނެއް. އަދި މިއީ ދަނޑުމަތީގައި ދައްކާ ކުޅުމަށް ވެސް ބަލާފައި ނިންމި ނިންމުމެއް،” ސްޕޭނުގެ ނޫސްތަކުން ބުނެ އެވެ. ރެއާލް އިން އޭނަ އަށް 10 ނަންބަރު ދިނުމަށް ފަހު މި ޖާޒީ މާކެޓްކުރާނީ ކޭއެމް10 ޓެކްލައިންގެ ދަށުންނެވެ.
ރެއާލް މެޑްރިޑުގެ 10 ނަންބަރު ޖާޒީ އެންމެ ފަހުން ބޭނުން ކުރީ ކްރޮއޭޝިޔާގެ ކެޕްޓަން ލޫކާ މޮޑްރިޗެވެ. 13 އަހަރަށް ފަހު އޭނާ ކުލަބު ދޫކޮށްލުމުން ހުސްވި ނަންބަރު ހޯދަން އެމްބާޕޭއާ އެކު ދެން ޝައުގުވެރިކަން ފާޅު ކުރީ ތުރުކީގެ އެޓޭކިން މިޑްފީލްޑަރު އަރްދާ ގުލާ އެވެ. ނަމަވެސް ރެއާލްއިން ނިންމީ 20 އަހަރުގެ ޒުވާން ކުޅުންތެރިޔާ އަށް 15 ނަނަބަރު ދިނުމަށެވެ. ރެއާލްގެ 10 ނަންބަރު ޖާޒީ އަކީ އެ ކުލަބުގެ މަޝްހޫރު ލެޖެންޑުން ކުޅެފައިވާ ނަންބަރެކެވެ. މި ގޮތުން ޕޯޗުގަލްގެ ކުރީގެ ކެޕްޓަން ލުއިސް ފީގޯ އާއި ޖަރުމަނުގެ މެސުޓް އޮޒިލް ފާހަގަ ކޮށްލެވެ އެވެ.
އެމްބާޕޭ ވަނީ ހުސްވި ސީޒަނުގައި ޕީއެސްޖީ ދޫކޮށް ރެއާލް އަށް ބަދަލުވުމަށްފަހު މޮޅު ކުޅުމެއް ދައްކައިފަ އެވެ. މި ގޮތުން ފުރަތަމަ ސީޒަނުގައި އޭނާ ވަނީ 44 ގޯލު ޖަހައިފަ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
