
ޕެނަލްޓީ ޖަހައިގެން ދުނިޔޭގެ ޗެމްޕިއަން ސްޕޭން 3-1އިން ބަލިކޮށް އިނގިރޭސިވިލާތުން ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތަށި ދިފާއުކޮށްފި އެވެ. ސްވިޒަލޭންޑްގައި ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ 30 މިނިޓް ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މެޗުގެ ފުރަތަމަ ގޯލު ޖެހީ 25 ވަނަ މިނިޓްގައި އިނގިރޭސި ކުލަބު އާސެނަލް އަށް ކުޅޭ ސްޕޭނުގެ މާރިއާ ކަލްޑެންޓޭ އެވެ. އިނގިރޭސީންނަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އާސެނަލްގެ ފޯވަޑް އަލެސިއާ ރުސޯ އެވެ.
ޕެނަލްޓީގައި ސްޕޭނަށް ކާމިޔާބު ކުރެވުނީ ޖެހި ފުރަތަމަ ޕެނަލްޓީ އެކަންޏެވެ. ޕިނާ ގުއިޖާޒޯ ޕެނަލްޓީ ކާމިޔާބު ކުރި ނަމަވެސް ކަލްޑެންޓޭ އާއި ފާއިތުވެދިޔަ ދެ އަހަރުގެ ދުނިޔޭގެ މޮޅު ކުޅުންތެރިޔާ ބާސެލޯނާގެ އައިޓާނާ ބޮންމާޓީ ޖެހި ޕެނަލްޓީ އިނގިރޭސި ކީޕަރު ހަނާ ހަމްޓަން ދިފާއު ކުރި އެވެ. އޭގެ ފަހުން ބާސެލޯނާގެ ފޯވަޑް ސަލްމާ ޕަރަޔުއެލޯ ޖެހި ޕެނަލްޓީ ދިޔައީ ބޭރަށެވެ. އިނގިރޭސި ޓީމުން މީޑް އާއި ކެޕްޓަން ލިއާ ވިލިއަމްސަން ޖެހި ޕެނަލްޓީ ސްޕޭނުގެ ކީޕަރު ކަޓާ ކޯލް ދިފާއު ކުރި އެވެ. އެކަމަކު ގްރީން ވުޑާއި ޗާލެސް އާއި ކޭސީ ކެލީ ޕެނަލްޓީތައް ކާމިޔާބު ކުރި އެވެ. އިނގިރޭސި ސަޕޯޓަރުންނާއި ކުޅުންތެރިން ދެކެނީ މިއީ މީގެ ދެ އަހަރު ކުރިން ސްޕޭން އަތުން ބަލިވެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ގެއްލުނުން ވެރިވި ހިތާމަ އަށް ފަހު ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން އިނގިރޭސި ކީޕަރު ހަމްޓަން ބުނީ މި ކާމިޔާބީ އަކީ ވަރަށް ގިނަ ދުވަހު ކުރި މަސައްކަތުގެ ނަތީޖާ ކަމަށެވެ. “މިއަދު އަހަރުމެން އެންމެން ވެސް ވަރަސް އުފާ ވެއްޖެ. އަހަރުމެން ވަރަށް ބުރަކޮށް މަސައްކަތް ކޮށްގެން މިއަދު އުފާފާޅު ކުރަން ފުރުސަތު މި ލިބުނީ. މިއީ ވަރަށް އުފާވެރި ވަގުތު ކޮޅެއް،” ކީޕަރު ބުންޏެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
