
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ލިވަޕޫލްގެ އަރިމަތިން ކުޅޭ ހަލުވި ފޯވަޑް ކޮލަމްބިއާގެ ލުއިސް ޑިއާޒް 75 މިލިއަން ޔޫރޯ އަށް ވިއްކާލައިފި އެވެ. ފާއިތުވެދިޔަ ދެ ސީޒަނުގައި ލިވަޕޫލްގައި މޮޅަށް ކުޅުނު ކުޅުންތެރިޔާ ވިއްކާލީ އެ ކަމަށް ކުޅުންތެރިޔާ ވެސް ބޭނުންވުމުންނެވެ. އޭނާ އެންމެ ފުރަތަމަ ދާން ބޭނުންވީ ސްޕޭނުގެ ބާސެލޯނާ އަށެވެ. ނަމަވެސް އެ ކުލަބަށް ލިވަޕޫލުން ކިޔާ އަގު އަދާ ކުރެވެން ނެތީ އެވެ. ބަޔާންއިން އޭނާ ގަތުމަށް ހުށަހެޅީ އޭގެ ފަހުންނެވެ. ލިވަޕޫލުން މި ހުށަހެޅުމަށް އާނއެކޭ ބުނި މައިގަނޑު އެއް ސަބަބަކީ ނިއުކާސަލްގެ ފޯވަޑް އެލެގްޒެންޑާ އިސާކް ގަތުމަށް ބިޑް ކުރުމަށެވެ.
ބަޔާނުން އެންމެ ފުރަތަމަ ހުށަހެޅީ 58 މިލިއަން ޕައުންޑެވެ. ނަމަވެސް އަގު ބޮޑު ކުރުމާއެކު ލިވަޕޫލުން ވަނީ 28 އަހަރުގެ ކުޅުންތެރިޔާ ބަޔާންއާއެކު ވާހަކަ ދެއްކުމަށް އެ ކުލަބުގެ ތަމްރީނުތަކުން ވެސް ވީއްލައިފަ އެވެ. ޑިއާޒް ލިވަޕޫލާ ގުޅުނީ 2022 ވަނަ އަހަރު ޕޯޗުގަލްގެ ޕޯޓޯ އިން 37 މިލިއަން ޕައުންޑަށެވެ. އޭނާ ވަނީ ލިވަޕޫލަށް ކުޅުނު 148 މެޗުގައި 41 ގޯލު ޖަހައިފަ އެވެ. ހުސްވި ސީޒަނުގައި ލިވަޕޫލުން ޕްރެމިއާ ލީގު ކާމިޔާބު ކުރީ އޭނާ ޖެހި 13 ގޯލާ ވެސް އެކުގަ އެވެ. ބަޔާނު އޭނާ ގަތުމަށް ބޭނުންވީ އެ ކުލަބުގެ ފޯވަޑް ލައިން ވަރުގަދަ ކުރުމަށެވެ. ހާއްސަކޮށް ފޯވަޑް ޖަމާލް މުސިއާލާގެ ފައި ކުލަބު ވޯލްޑް ކަޕުގައި ބިންދައިގެން ދިއުމާއެކު އެ މަގާމަށް ކުޅުންތެރިއަކު ހޯދުން ބަޔާނުން އިތުރު ކުރި އެވެ.
ޑިއާޒް ލިވަޕޫލް ދޫކޮށްލި އިރު އެ ޓީމުން ވަނީ އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމަށް ގިނަ ހޭދަތަކެއް ކޮށްފަ އެވެ. މި ގޮތުން ބަޔާ ލެވަކޫސެންގެ އެޓޭކިން މިޑްފީލްޑަރު ފްލޯރިއަން ވާޓްޒް އާއި ފްރާންސްގެ ފޯވަޑް ހޫރޭ އެކިޓިކޭ އަކީ ޓީމުގެ ކުރި ވަރުގަދަ ކުރަން ގެނެސްފައިވާ ކުޅުންތެރިންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
