
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ޤައުމީ މަސްލަޙަތު އިސްކޮށްގެން ކުރާ މަސައްކަތުން، ދާދި ފަސޭހަކަމާއެކު ވަށާޖެހޭ ތަރައްޤީ ޙާޞިލުކުރެވޭނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި، ވާހަކަފުޅު ދައްކަވަމުންނެވެ. އައު ޓަރމިނަލް ހުޅުވުމާއި، ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަސް އެކުގައި ފާހަގަކުރަމުންދާ މި ޚާއްޞަ ދަނޑިވަޅުގައި، ޤައުމު އިސްކުރުމުގެ ޢަޒުމު ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރެއްވިއެވެ. ދިވެހީންނަކީ، އެއް ބަހަކުން ވާހަކަދައްކާ، އެއް ދީނަކަށް އުޅޭ، އެއް މާޒީއެއް ހިއްސާކުރާ، އެއް ބައެއްކަން ހަނދުމަފުޅުކޮށް ދެއްވަމުން، އަމިއްލަ މަސްލަޙަތާއި ޒާތީ ތަޢައްޞަބަށްވުރެ ޤައުމު އިސްކުރުމަކީ، އަންނާން އޮތް ޖީލުތަކަށް އުފާފާގަތިކަންމަތީ ޤައުމު ވާޞިލުކޮށް ދިނުމަށްޓަކައި، ކޮންމެ ދިވެއްސެއްގެ ކޮނޑުގައި އެޅިފައި އޮތް ޒިންމާއެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. މި އައު ޓަރމިނަލަކީވެސް، ތަރައްޤީއަށް ވާޞިލުވުމަށްޓަކައި އެކުގައި ކުރާ މަސައްކަތްތަކުން ޙާޞިލުކުރެވޭ ކާމިޔާބީގެ ރަމްޒެއްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
“މިއަދު އަޅުގަނޑުމެން އެންމެން ޢަޒުމް ކަނޑައަޅަންވީ، އަޅުގަނޑުމެން ކޮންމެ މީހެއްގެ ހުރި ކޮންމެ ކަމަކަށްވުރެ އިސްކުރަންވީ ދިވެހި ޤައުމުކަން. އެންމެން އެކުގައި އަތުކުރި އޮޅާލައިގެން ކުރިއަށްދިޔުމުގައި ޢަޒުމް ކަނޑައަޅަންވީ.” ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ. މި އައު ޓަރމިނަލް މިނިވަން ދުވަހު ހުޅުވަން ނިންމެވުމުގެ ފަހަތުގައިވާ ހިކުމަތަށްވެސް އެ މަނިކުފާނުގެ ވާހަކަފުޅުގައި ވަނީ އަލިއަޅުއްވާލައްވާފައެވެ. އެ ގޮތުން، ޤައުމުގެ މިނިވަންކަން ދެމެހެއްޓުމުގައި އިޤްތިޞާދީ މިނިވަންކަމުގެ މުހިންމުކަން ފާހަގަކުރައްވައި، އިޤްތިޞާދީ މިނިވަންކަމުގެ އެންމެ މުހިންމު ތަނބަކީ އެއަރޕޯޓު ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި އިރާދަކުރެއްވިޔާ، މި މަސައްކަތް ގުޅިގެން ދާނީ، ޚާއްޞަކޮށް ފަތުރުވެރިކަން، އަދި ޖުމުލަކޮށް މުޅި އިޤްތިޞާދީ ކުރިއެރުމާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
“މި ޤައުމު ކުރިއެރުމުގައި، މި ޤައުމަށް ހެވާއި ލާބަ ހޯދައިދިނުމުގައި އަޅުގަނޑުމެން ކިޔަންވީ އެކައްޗެއް. އެއް ލަވައެއް. އެއްބަހަކުން، އެއް ރާގެއްގައި، އެއްވާނެއްގައި ވާހަކަ ދައްކަންވީ. އޭރުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މި ޤައުމަށް އެންމެ ހެޔޮ ކަންތައްތައް ކޮށްދެވޭނީ. އަންނަން އޮތް ޖީލުތަކަށް މި ޤައުމު އުފާފާގަތިކަމުގައި ވާޞިލްކޮށްދެވޭނީ. އެއީ، އަޅުގަނޑުމެން ކޮންމެ މީހެއްގެ ބޮލުގައި އެޅިފައި އޮތް ޒިންމާއެއް. އަޅުގަނޑުމެން ކޮންމެ މީހެއްގެ މަސްއޫލިއްޔަތެއް އެއީ. އަޅުގަނޑުމެން އެކަކަށްވެސް ރެކިގެން ދުރަށްނުދެވޭނެ ޙަޤީޤަތެއް އެއީ.” ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
އައު ޓަރމިނަލްގެ މަސައްކަތުގައި ދިހަވަރަކަށް އަހަރު ދުވަސް ހޭދަވެފައިވާކަން ފާހަގަކުރައްވަމުން، މަސައްކަތުގެ އެކި މަރުޙަލާތަކުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ފަރާތްތަކުގެ އަގުވަޒަންކުރައްވައި، އެ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުކުރު އަދާކުރައްވާފައެވެ. ޚާއްޞަކޮށް، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ނަންފުޅު އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ދިވެހިސަރުކާރުގެ ބަޖެޓުން ކުރެވުނު ހޭދައިގެ އިތުރަށް މި މަސައްކަތަށް ބޭނުންވި ހުރިހާ އެހީތެރިކަމެއް ދެއްވި ހަތަރު ފަންޑު ކަމުގައިވާ، ސަޢޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓާއި، އޯޕެކް ފަންޑް ފޯ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓާއި، ކުވައިތު ފަންޑް ފޯ އަރަބް އިކޮނޯމިކް ޑިވެލޮޕްމަންޓާއި، އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް، އަދި އެ އިދާރާތައް ނިސްބަތްވާ ޤައުމުތަކަށް އެ މަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.
މީގެ އިތުރުން، މަސައްކަތުގެ ދުވެލި ހަލުވިކޮށްދެއްވާ މަސައްކަތް ފުރިހަމަ ކުރެއްވުމުގައި ޖުމުލަކޮށް ބައިވެރިވެވަޑައިގެންނެވި ހުރިހާ ފަރާތަކަށް އެ މަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ. ކާމިޔާބީ އަކީ، ގިނަ ބަޔަކު އެކުގައި ކުރާ ބުރަ މަސައްކަތުން ޙާޞިލުކުރެވޭ ކަމެއް ކަމަށާއި، މިރޭ މި ފާހަގަކުރަނީ އެ ފަދަ ތާރީޚީ ކާމިޔާބީއެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
