
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ވަޒީރުކަމުގައި ކުރައްސަވާލެއްވި ތަސްވީރާއި އަސްލު މަންޒަރު ގުޅުވާލެއްވީ މާ ފަރިތަކޮށްކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ޕެސެންޖަރ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވީ، 2023 ވަނަ އަހަރު މަގާމާއި ހަވާލުވެވަޑައިގެންނެވިއިރު ހުއްޓިވަޑައިގަންނަވަން ޖެހުނީ ހުރިހައި މާނައެއްގައިވެސް ހުސްކަމެއްގެ ތެރެއަށްކަމަށެވެ. ގިމަތައެއްގެ ފާރުތައް ރޭނި ފެންހިޔާކޮށްފައި ހުއްޓަސް ތަން ހުޅުވުމަށް ގިނަ މަސައްކަތްތަކެއް އަދި ގޮންޖެހުންތަކެއް ހުރިކަމަށެވެ. މިސަރުކާރު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު އައު ޕެސެންޖަރ ޓާމިނަލްގައި ނިމިފައިވަނީ އެންމެ %30 އެވެ. އަނެއް %70 ނިންމީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުކަމަށް އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް ވިދާޅުވިއެވެ.
“ކަރަންޓް ދެވޭނެގޮތެއް ނެތް. ކަރަންޓްގެ ވިއުގައެއްވެސް ނެތް. ނަރުދަމާގެ ނިޒާމެއް ނެތް. ފެން ހިންދާނެ ގޮތެއް ނެތް. ތަނަށް ބޭނުންވާނެ 12 މެގަވޯޓްގެ ކަރަންޓް ނިޒާމު އުފަންކުރީ މި ވައިގެ ބަނދަރުން އުފެއްދި ހީވަގި އަތްތަކުން. ގިމަތައެއް އޮތީތީ ހަމަ ނުހިނގާނެކަން ބުނެދިނީ ހެޑް އޮފް ސްޓޭންޑޭ އެބުނާ މަގު ވުޖޫދުގައިވެސް ނެތަތީ. އެއީ އެ މަގާއި ނުލާ ޓާމިނަލެއް އޮޕަރޭޓް ނުކުރެވޭނެ މަގެއް. ބޭރުން ފައިސާ ހޯދުން އޮތީ އިންތިހާއަށް ދަތިވެފައި. ނަމަވެސް މި މާސިންގާ ގޮންޖެހުން ބޮޑު މަސައްކަތްތައް ކޮނޑުއަޅައިގެން އަޅުގަނޑުގެ އަތުގައި ހިތްޕަވައިގެން ވަޑައިގެންނެވީ މާކުޅަދާނަ ފަހުލަވާނެއް.” އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ ޝަރީފް ވިދާޅުވިއެވެ. އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވީ، ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގެން ހުންނެވި މާލިމީ ބަދަލުވެ އައު ޕެސެންޖަރ ޓާމިނަލްގެ މަސައްކަތް ހަލުވިކޮށްލިކަމަށެވެ. ރައީސް މުއިއްޒުގެ ވަޒީރުކަމުގައި ކުރައްސަވާލެއްވި ތަސްވީރާއި އަސްލު މަންޒަރު ގުޅުވާލެއްވީ މާ ފަރިތަކޮށްކަމަށެވެ.
“މި ކުޑަކުޑަ ދީބުގެ އުމްރާނީ އަޖައިބެއްފަދަ މި މަސައްކަތަށް 10 އަހަރު ފާއިތުވެގެން ބައިކުޅަބަޔަށް ނުނިމި ތާށިވެފައި ވަނިކޮށް މާލިމީ ވަޑައިގެން ދޮޅު އަހަރުން މުޅި މަންޒަރު ބަދަލުކޮށްލައްވައިފި. ވަޒީރުކަމުގައި ކުރައްސަވާލެއްވި ތަސްވީރާއި އަސްލު މަންޒަރު ގުޅުވާލެއްވީ މާ ފަރިތަކޮށް. ދިވެހި ސިންގާ ސަނާގެ ހުންގާނުގައި ހިއްޕަވައި އެންމެ ފުރަތަމަވެސް އެ މާލިމީ ވަޑައިގަތީ މި ބަނދަރަށް. ބައްޕައަކު ދަރިއަކަށް ދެއްވާ މިންވަރަށް އިރުޝާދު މިކަމުގައި ދެއްވަމުން މި ގައުމުގެ ވަލީއުލްއަމްރު ވިދާޅުވަމުން ގެންދެވި މި ވައިގެ ބަދަރު ނިންމަވައި ޚިދުމަތަށް ނެރެ ދިވެހިން އުފާކޮށްދޭން ތިމަންމަނިކުފާނު ހާދަ ބޭނުންވެއޭ.” އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް ވިދާޅުވިއެވެ. އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ ވަނީ ވީއައިއޭގެ އައު ޕެސެންޖަރ ޓާމިނަލް ނިންމުމަށްޓަކައި އެ ކުންފުނީގެ މުވައްޒަފުން ކުރި ބުރަ މަސައްކަތް ފާހަގަކުރައްވާފައެވެ. އަދި މިއީ ތަޢުރީފު ހައްގު މަސައްކަތެއްކަމަށް މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
