
ހަވާއެރުވުމުގެ ކުލަގަދަ ރަސްމިއްޔާތަކާއެކު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް ހުޅުވައިފިއެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުއެވެ. ވެލާނާ އެއަރޕޯޓު ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމީއްޔާތުގައި، ކުލަގަދަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔައެވެ. އެގޮތުން ވެލާނާ އެއަރޕޯޓުގެ ދިގު ތާރީޙާއި ތަރައްޤީގެ މުހިންމު އުސްއަލިތަށް ހިމެނޭ ހާއްސަ ރިޕޯޓެއް ރަސްމިއްޔާތުގެ ތެރެއިން ވަނީ ހުށަހަޅާފައެވެ. އެއަރޕޯޓު ހުޅުވުމަށް ހާއްސަ ތިއޭޓްރިކަލް ހުށަހެޅުމެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި ރަސްމީއްޔާތުގެ ތެރެއިން ކުރިއަށް ގެންދިޔަ ޑްރޯންޝޯގައި، ވެލާނާ އެއަރޕޯޓު ރަމްޒުތައް ވަނީ ދައްކާލާފައެވެ. އޭގެ ތެރޭގައި މިނިވަންކަމާއި އެއަރޕޯޓުގެ ޚިދުމަތްތަކުގެ ރަސްޒުތައް ވަނީ ދައްކާލާފައެވެ. މިއާއެކު ތިއޭޓްރިކަލް ޕާފޯމެންސާއި ޑްރޯން ޝޯ ނިންމާލެއްވީ، ހަވާއެރުވުމާއެކުއެވެ.
ހަވާއެރުވުމުގެ ހަރަކާތްތަކާއެކު ކުލަގަދަކޮށް ކުރިއަށް ގެންދިޔަ ރަސްމީއްޔަތުގައި ޓަރމިނަލް ރަސްމީކޮށް ހުޅުއްވާ ދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުއެވެ. އަރިހުގައި ވެލާނާ އިންޓަނޭޝަލް އެއަރޕޯޓު ހިންގާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްގެ ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ. އައު ޓަރމިނަލް ހުޅުވުމުގެ ގޮތުން، ޓަރމިނަލް މޮޑެލްއެއް ރައީސުލްޖުމްހޫރިއްޔާއަށް ވަނީ އަރުއްވާފައެވެ. ވެލާނަރ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލަކީ ޒަމާނީ ގިނަ ޚިދުމަތްތަކާއެކު ތަރައްޤީކުރެވިފައިވާ ޓަރމިނަލެކެވެ. އެގޮތުން މި ޓަރމިލަނުގައި ޑިޕާޗަރ ހޯލުގައި 47 ޗެކިން ކައުންޓަރު ހުރެއެވެ. އަދި އަމިއްލައަށް ޗެކިން ކުރެވޭ 6 ސެލްފް ސާވިސް ޗެކިން ކިއޮސްކް ވަނީ ބަހައްޓާފައެވެ. މިއީ އައު ޓަރމިނަލާއެކު މުޅިން އަލަށް ރާއްޖެއަށް ތަޢާރަފްކުރެވޭ ޚިދުމަތެކެވެ. މީގެ އިތުރުން އައު ޓަރމިނަލުގައި ސީޕްލޭންއަށް ހާއްސަ 24 ޗެކިން ކައުންޓަރ ޤާއިމް ކުރެވިފައިވާނެއެވެ.
ޓަރމިނަލުގައި ފުރާ މިހުންނަށް ގިނަ ޚިދުމަތްތަކެއް ޤާއިމްކުރެވިފައިވާއިރު، މިހާރު ބޭނުންކުރަމުންދާ ޓަރމިނަލާއި އަޅާބަލާއިރު އިމިގްރޭޝަން ކައުންޓަރުވެސް ދެގުނައަށް ވަނީ އިތުރުކޮށްފައެވެ. އެގޮތުން ފުރާމީހުންނަށް ޙާއްސަކޮށް 20 އަށް ވުރެ ގިނަ އިމިގްރޭޝަން ކައުންޓަރު ހުންނައިރު، 6 އީގޭޓް ހުންނާނެއެވެ. އަދި އެރައިވަލް ނުވަތަ އަންނަ މީހުންނަށް ޙާއްސަކޮށްގެން 28 އިމިގްރޭޝަން ކައުންޓަރު ބަހައްޓާފައިވާއިރު 7 އީ ގޭޓު ހުންނާނެއެވެ. ޖުމްލަ 72،000 އަކަ މީޓަރުގެ ބޮޑު މި ޓަރމިނަލާއެކު ފުރަތަމަ ފަހަރަށް ރާއްޖޭގައި އެއިރޯ ބްރިޖްތައް ބޭނުންކުރަން ފެށުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ޓަރމިނަލުގައި 12 އެއިރޯ ބްރިޖް ޤާއިމްކުރެވިފައިވެއެވެ. މިއިން ކޮންމެ އެއިރޯ ބްރިޖަކީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު އޭސީ ކުރެވިފައިވާ ބްރިޖްތަކެއް ކަމަށާއި މިކަމުގެ ސަބަބުން ފްލައިޓުން މީހުން ބޭލުމަށް ހޭދަވާ ވަގުތު 8 މިނިޓަށް ކުޑަވެގެންދާނެ ކަމަށް އެމްއޭސީއެލްއިން ވަނީ ވިދާޅުވެފައެވެ.
މި ޓަރމިނަލުގައި ބޭނުން ކުރާނީ އެންމެ ޒަމާނީ ބެގޭޖް ސްކޭން ކުރާ ނިޒާމުތައް ކަމަށާއި ބެގޭޖް ދޫކުރުމާއި ފުރާ މީހުންގެ ބެގޭޖް ފޮނުވުމަށް ބޭނުންކުރާނީ ހައި ސްޕީޑް ބެގޭޖް ބެލްޓު ތަކެއް ކަމަށް އެމްއޭސީއެލްއިން ވަނީ ވިދާޅުވެފައެވެ. ޓަރމިނަލް ބޭނުން ކުރަން ފަށާއިރު ފުރަތަމަ ޚިދުމަތް ދޭނީ މޯލްޑިވިއަން އެއަރލައިނަށް ކަމަށް އެމްއޭސީއެލްއިން ވަނީ ހާމަކޮށްފައެވެ. އަދި ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޓަރމިނަލް އޮރާޓް ނުވަތަ އެއަރޕޯޓުތައް ޚިދުމަތަށް ނެރުމުގެ އޮނިގަނޑުގެ ތެރެއިން ރާއްޖެ އަންނަ ބޮޑެތި އެއަރލައިންތަކަށް ޚިދުމަތް ދޭން ފަށާނެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
