
ރާއްޖޭގެ އިގްތިސާދީ މިނިވަންކަމުގެ އެންމެ މުހިންމު ތަނބަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޕެސެންޖަރ ޓަރމިނަލް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޙައްމަދު މުޢިއްޒު ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޕެސެންޖަރ ޓަރމިނަލްގެ މަސައްކަތް އަވަސްކޮށް، މިއަހަރުގެ މިނިވަން ދުވަހާ ގުޅުވައިގެން ހުޅުވުމަށް އެމަނިކުފާނު ނިންމެވީ ވަރަށް ޚާއްސަ ސަބަބެއް އޮތުމުން ކަމަށެވެ. އެގޮތުން، ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމުގައި އިގްތިސާދީ މިނިވަންމަކީ މުހިންމު ކަމެއްކަމަށެވެ. އަދި އެއީ އިގްތިސާދީ މިނިވަންކަމުގެ އެންމެ މުހިންމު ތަނބަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުކަމަށާއި، އެއަރޕޯޓުގެ އެންމެ މުހިންމު ތަނބަކީ އަލަށް ހުޅުވުނު ޓަރމިނަލް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އައު ޓަރމިނަލާއެކު ރާއްޖޭގެ އިގްތިސާދު ފުޅާކޮށް، ކުރިއަރައިގެންދާނެ ކަމަށެވެ. މިފަދަ ކަންކަމުގައި ދިވެހިން ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމަށާއި ކޮންމެ ރައްޔިތަކުވެސް އަބަދުވެސް އިސްކުރަންވީ އަމިއްލަ މަސްލަހަތަށްވުރެ ޤައުމުކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. “އެންމެން އެކުގައި އަތުކުރި އޮޅާލައިގެން ކުރިއަށްދިއުމުގައި އަޒުމު ކަނޑައަޅަންވީ. އެގޮތަށް އަޅުގަނޑުމެން ކުރިއަށް ގޮސްފިއްޔާ މިފަދަ އެތައް ތަރައްގީއެއް އަޅުގަނޑުމެންނަށް ހާސިލްވާނެ. ބިނާތަކާއި އަދި މާނަވީގޮތުންވެސް ޤައުމު ތަރައްގީވެގެންދާނެ. އަޅުގަނޑުމެންގެ ސިކުނޑި ތަރައްގީވާނެ. އަޅުގަނޑު އަބަދުވެސް ދަންނަވާ ވަށައި ޖެހޭ ތަރައްގީ އަޅުގަނޑުމެންނަށް ދާދި ފަސޭހައިން ހާސިލް ކުރެވޭނެ،” ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލަކީ އައު ފެށުމެއް ކަމަށާއި މިއާއެކު ރާއްޖެ އެތައް ހަރުފަތެއް ކުރިއަރައިގެންދާނެ ކަމަށެވެ. އެއަރޕޯޓުގެ އައު ޓަރމިނަލްގެ މަސައްކަތް ތާވަލަށްވުރެ ކުރިން ނިންމުމަށް މަސައްކަތް ކުރި ހުރިހާ ފަރާތްތަކަށާއި ޓަރމިނަލްގެ ތަރައްގީގައި ބައިވެރިވި ދެ ސަރުކާރުގެ ރައީސުންނަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ޓަރމިނަލްގެ ތަރައްގީގައި ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓާއި ކުވައިތު ފަންޑާއި އަބޫދާބީ ފަންޑާއި އޯޕެކް ފަންޑުން ވެދެއްވި އެހީތެރިކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
