
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
މީގެ ހަފްތާތަކެއް ކުރިން އެމެރިކާގެ ރައީސް ޑޮަނަލްޑް ޓްރަމްޕް ވަނީ ފަލަސްޠީނުގެ ޣައްޒާއަށް ޔަހޫދީން ދެމުންދާ ޢުދުވާނީ ޙަމަލާތައް ނިމުމަކަށް ގެނައުމަށް އެއްބަސްވުމަކާ ހަމައަށް އައުމަށް ގާތްވެފައިވާ ކަމަށް ވިދާޅުވެފައެވެ. ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި ޔަހޫދީ އަސީރުން މިނިވަންކުރެވޭނެ ކަމަށާއި، ކާބޯތަކެތި ނުލިބި ބަނޑަށް ޖެހެމުންދާ ޣައްޒާގެ ރައްޔިތުންނަށް އެހީލިބޭނެ މަގު ހަމަޖެހިގެންދާނެ ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. ނަމަވެސް މިއަދު ޓްރަމްޕްގެ ރާގު ވަނީ ބަދަލުވެފައެވެ. މި ހަފްތާގެ ތެރޭގައި ޓްރަމްޕް ވަނީ ޢުދުވާން ހުއްޓާލުމާ ގުޅޭ މަޝްވަރާތަކުގައި ބައިވެރިވާ އެމެރިކާގެ މަންދޫބުން މަޝްވަރާތަކުގައި އިތުރަށް ބައިވެރިނުވުމަށް އަންގަވައިފައެވެ. އެގޮތަށް ޓްރަމްޕް ޢަމަލުކުރައްވާފައި ވަނީ ޙަމާސުން މަޝްވަރާތަކުގައި ބައިވެރި ވަނީ ހެޔޮ ނިޔަތެއްގައި ނޫން ކަމަށާއި އެ ޖަމާޢަތުގެ އެއްވެސް އިންތިޒާމެއް ނެތް ކަމަށް ބުުނެއެވެ. އެމެރިކާއިން މެދުއިރުމައްޗަށް ކަނޑައަޅާފައި ހުންނަވާ ޓްރަމްޕްގެ މަންދޫބު، ސްޓީވް ވިޓްކޮފް ވެސް ވަނީ ޣައްޒާގައި ތިބި ޔަހޫދީ އަސީރުން މިނިވަންކުރެވޭ އެހެން ގޮތްތައް ވިސްނަމުންދާ ކަމަށް ވެސް ވިދާޅުވެފައެވެ.
މަޝްަވަރާގެ މޭޒުގެ ދޮށަށް މިހާރުން މިހާރަށް އަނބުރާ ދިޔުމަށް ހިތްވަރުދެއްވުމުގެ ބަދަލުގައި ޓްރަމްޕް ވަނީ ޔަހޫދީންގެ އަސްކަރީ ޙަރަކާތްތައް އިތުރަށް ފުޅާކޮށް، ޙަމާސް އެއްކޮށް ނައްތާލަންވީ ވަގުތު އައިސް ޖެހިއްޖެ ކަމަށް އިޝާރާތްކުރައްވައިފައެވެ. ޓްރަމްޕް މި ފަދަ އިޝާރާތެއް ކުރައްވާފައި ވަނީ ޣައްޒާގެ ކުދި ބޮޑު އެންމެން އިންތިހާ ދަރަޖައަށް ބަނޑުހައިހޫނުކަން ތަހައްމަލުކޮށް، މަރުގެ ތުންފަތް މަތީގައި ވަގުތު ގުނަމުންދާ ދަނޑިވަޅެއްގައެވެ. ޙަމާސްއާ ގުޅޭގޮތުން ޓްރަމްޕް ވިދާޅުވީ އެ ޖަމާޢަތުގެ ޢަމަލުތަައް މެދުވެރިކޮށް ޖަމާޢަތަށް އެ ދެވެނީ އަމިއްލަ މަރަށް ދައުވަތެއް ކަމަށެވެ. އޭނާ ވާހަކަދައްކަވާފައި ވަނީ އިތުރަށް މަޝްވަރާ ނުކޮށް، ޣައްޒާގެ މައްސަލަ ކޮޅެއްގައި ޖައްސަންޖެހޭ ކަމަށް ދޭހަވާފަދަ މޭރުމަކުންނެވެ.
ޓްރަމްޕް މި ފަދަ މޭރުމަކުން ވާހަކަދެއްކެވުމަކީ ޢުދުވާން ހުއްޓާލުމާ ގުޅޭ މަޝްވަރާތައް ހަމަ ހަޤީޤަތުގައި ވެސް ފޭލްވެފައިވާ ކަމުގެ ހެއްކެއް ކަމެއް، ނުވަތަ މަޝްވަރާތައް އަވަސްކޮށް އެއްބަސްވުމަކާ ހަމައަށް އައުމަށް ޙަމާސަށް ފިއްތުންތައް ކުރިމަތިކުރުވުމަށް ދެއްކެވި ވާހަކަތަކެއް ކަމެއް ސާފެއް ނުވެއެވެ. ޣައްޒާގެ ޙާލަތުން ދުވަހެއް ދުވަަހަކަށް ގޯސްވަމުންދިޔަ ނަމަވެސް، ޓްރަމްޕްގެ ވާހަކަފުޅުން ދޭހަ ވަނީ ހަނގުރާމަ ހުއްޓާލުމަށް ހިތްވަރު ދިނުމަށް ޓްރަމްޕް ދެން މަސައްކަތް ނުކުރައްވާނެކަމެވެ.
ޣައްޒާއަށް އެހީ ވެއްދުން ހުއްޓުވަނީ ވެސް ޙަމާސުން ކަމަށް ޓްރަމްޕް ވަނީ ތުހުމަތުކުރައްވައިފައެވެ. ޣައްޒާއަށް އެހީތެރިވުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތް ގިނަ މީހުން ބަލައިގަނެފައި ނުވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. އެމެރިކާއިން ޣައްޒާއަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު ފޯރުކޮށްދިނުމަށް 60 މިލިޔަން އެމެރިކާ ޑޮލަރު އެމެރިކާއިން ޚަރަދުކޮށްފައިވާ ކަމަށާއި، އެ ފައިސާއާއި ތަކެތި ޣައްޒާއަށް ފޯރާނެ ކަމަށް އުއްމީދު ކުރާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެމެރިކާގެ ސަރުކާރުން ކުރި ދިރާސާއަކުން ޙަމާސުން ޣައްޒާއަށް އެހީގެ ސާމާނު އެތެރެކުރުމަށް ހުރަސްއަޅާކަމުގެ އެއްވެސް ހެއްކެއް ފެނިފައެއް ނުވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
