
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އދގެ އިންސާނީ އެހީގެ ކަންކަން ވިލަރެސް ކުރާ އިދާރާ، އޯސީއެޗްއޭއާއި ފަލަސްޠީނުގެ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުގެ ހަނގުރާމަވެރިންނާ ގުޅުމެއް އޮންނަ ކަމަށް ޔަހޫދީން ތުހުމަތުކޮށްފައިވާތީ، އެ ތުހުމަތަށް ބާރުދޭ ހެކި ދެއްކުމަށް އެ އިދާރާގެ އިސްވެރިޔާ، ޓޮމް ފްލެޗަރ ގޮވާލައްވައިފިއެވެ. ޖުލައި މަހުގެ 23ވަނަ ދުވަހު ބޭއްވި އދގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމުގައި ޔަހޫދީން ފަރާތުން އދއަށް ކަނޑައަޅާފައި ހުންނަ ސަފީރު، ޑެނީ ޑެނޮން ވަނީ އޯސީއެޗްއޭއަކީ މިހާރު ވަކި ފަރާތަކަށް ނުޖެހޭ، މިނިވަން މުސްތަޤިއްލު އިދާރާއެއް ނޫން ކަމަށް ތުހުމަތުކޮށްފައެވެ. އެހެންކަމުން ފަލަސްޠީނުގައި ޙަރަކާތްތެރިވާ އެތައް ސަތޭކަ އޯސީއެޗްްއޭގެ މުވައްޒަފުން ޔަހޫދީން ބަލައި ފާސްކުރާނެ ކަމަށާއި އޯސީއެޗްއޭގެ މުވައްޒަފުންނަށް ދޫކުރާ ވިސާގެ މުއްދަތު އެއް މަސް ދުވަހަށް ކުރުކުރާނެ ކަމަށް ވެެސް އޭނާ ވަނީ ބުނެފައެވެ. އޯސީއެޗްއޭގެ ބައެއް މުވައްޒަފުންނާއި ޙަމާސްއާ ގުޅުން އޮންނަ ކަމުގެ ސާފު ހެކި ލިބިފައިވާ ކަމަށް ވެސް އެ މަޖިލީހުގައި އޭނާ ބުނެފައިވެއެވެ. ނަމަވެސް އެ ކަމަށް ބާރުދޭ އެއްވެސް ހެއްކެއް ދައްކާފައެއް ނުވެއެވެ.
އދގެ ސަލާމަތީ މަޖިލީހަށް ޖުަލައި މަހުގެ 24ވަނަ ދުވަހު ފޮނުއްވި ސިޓީއެއްގައި ފްލެޗަރ ވިދާޅުވީ ޑެނޮންގެ ވާހަކަތަކަކީ އެ ފަދަ ކަންބޮޑުވުމެއް އެއްވެސް ފަރާތަކުން ފާޅުކުރި ފުރަތަމަ ފަހަރު ކަމަށާއި އެ ތުހުމަތުތަކަކީ ވަރަށް ބޮޑެތި ތުހުމަތުތަކެއް ކަމަށެވެ. އެ ތުހުމަތުތަކުގެ ސަބަބުން އޯސީއެޗްއޭގެ މުވައްޒަފުންނަށް ސަލާމަތީ ގޮތުން އަސަރުކުރާ ކަމަށް ވެސް އެ ސިޓީގައި ފާހަގަކުރައްވާފައިވެއެވެ. އދގެ ސަލާމަތީ މަޖިލީހުގައި އެ ފަދަ ބޮޑު ތުހުމަތެއް ކުރުމަށް ޔަހޫދީންނަށް ބާރު ލިބޭ އެންމެހާ ހެކި މިހާރުން މިހާރަށް ޙިއްޞާ ކުރުމަށް އެދޭ ކަމަށް އެ ސިޓީގައި ފްލެޗަރ ވިދާޅުވެފައިވެއެވެ. ފްލެޗަރ އިތުރަށް ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، އެހެން ތަންތަނުގައި ވެސް ހަތިޔާރުއެޅި ޖަމާޢަތްތަކާ ގުޅިގެން އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށާއި ހިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެ އިދާރާއިން މަސައްކަތް ކުރާ ކަމަށެވެ. އޭގެ އިތުރުން، އިންސާނީ އުސޫލުތަކަށް އިހްތިރާމު ކުރުމަށް ހިތްވަރުދޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޯސީއެޗްއޭއާއި ޙަމާސްއާ ދެމެދު ކޮށްފައިވާ މުއާމަލާތްތަކުގެ ސަބަބުން ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި ޔަހޫދީ އަސީރުން މިނިވަން ކުރުމަށް އެހީތެރިކަން ލިބުނުކަން ވެސް ޔަހޫދީންނަށް ކަނޑައެޅިގެން އެނގޭނެ ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ.
ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން އެ ސަހަރަށް ދޭން ފެށި ޢުދުވާނީ ޙަމަލާތަކުގައި މިހާތަނަށް ޣައްޒާގެ 60،000އެއްހާ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އަދި އެ ސަހަރު ވަނީ އެއްކޮށްހެން ސުންނާފަތިކޮށްލައިފައެވެ. ޔަހޫދީން ދަނީ ޣައްޒާގެ ރައްޔިތުންނަށް އެހީގެ ސާމާނު ލިބޭނެ މަތުގައް ބަންދުކޮށް، އެ މީހުން ބަނޑަށް ޖައްސަމުންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
