
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނަކީ މިިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ބޭނުންވި ނަމަވެސް، މި ވަގުތު އެ ކަން ކުރުމުގެ ވިސްނުމެއް ނެތް ކަމަށް ބުނެ، އިނގިރޭސިިވިލާތާއި ޖަރުމަނުވިލާތުން ބަހަނާ ދައްކަން ފަށައިފިއެވެ. އެ ދެ ޤައުމުން މި މޭރުމުން ބުނެ، އުޒުރު ދައްކަން ފަށާފައި މި ވަނީ، ފަލަސްޠީނަކީ މިިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ފަރަންސޭސިވިލާތުން ނިންމައި، އެ ކަން އިޢުލާނު ކުރުމާ ގުޅިގެންނެވެ. ފަރަންސޭސިވިލާތުގެ ރައީސް އިމަނުއެލް މެކްޚްރޮން ވިދާޅުވީ، ސެޕްޓެންބަރު މަހު ބާއްވާ އެކުވެރި ދައުލަތްތައް (އދ)ގެ ޢާންމު މަޖިލީހުގެ ޖަލްސާގައި ފަރަންސޭސިވިލާތުން ފަލަސްޠީނުގެ މިނިވަން ކަން ރަސްމީކޮށް ބަލައިގަންނާނެ ކަމުގައެވެ. އަދި، އޭނާގެ މި ނިންމެވުމުގެ ބޭނުމަކީ މެދިއިރުމަތީގައި ހަމަޖެހުން ޤާއިމު ކުރައްވައި، ސުލްޙަ ދެމެހެއްޓުން ކަމުގައެވެ. މި ކަމާ މެދު ޔަހޫދީންނާއި އެ މީހުންގެ އެންމެ ބޮޑު މަދަދުގާރު، އެމެރިކާއިން ވަނީ ނުރުހުން ފާޅުކޮށްފައެވެ. އަދި، މެކްޚްރޮނަށް ބަހުގެ ޙަމަލާތައް އަމާޒު ކޮށްފައެވެ.
މި ކަމާ ގުޅޭ ގޮތުން އިނގިރޭސިވިލާތުގެ ސައިންސާއި ފަންނުވެރިކަމާ ބެހޭ ވަޒީރު ޕީޓަރ ކަޔިލް ވިދާޅުވީ، ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް އެ ޤައުމުން ބޭނުންވާ ކަމުގައެވެ. ނަމަވެސް، މިއީ އެ ކަން ކުރުމަށް އޮތް ވަގުތު ނޫން ކަމަށާއި، މި ވަގުތު އިސްކަން ދޭންވީ ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ޙަމަލާ ބަދަލު ކުރުން ހުއްޓުވުމަށް ކަމުގައެވެ. އަދި، ޔަހޫދީންގެ ޤަތުލުޢާންމުގެ ސަބަބުން ޣައްޒާގައި ނިކަމެތި ކޮށްލާފައިވާ މީހުން އެ ހާލަތުން އަރައިގަތުމަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމުގައެވެ. އިނގިރޭސިވިލާތުގައި ވެރިކަން ކޮށްފައިވާ ހުރިހާ ސަރުކާރަކުން ވެސް ފަލަސްޠީނުގެ މިނިވަން ކަން ބަލައިގަތުމަށް ވަނީ ވަޢުދުވެފައެވެ. ނަމަވެސް، އެ ކަން ކުރާނެ ތާރީޚެއް ނުވަތަ ތާވަލެއް އިޢުލާނު ކޮށްފައެއް ނެތެވެ. އަދި، އެ ކަމަށް ޝަރުޠުތަކެއް ކަނޑައަޅާފައެއް ވެސް ނެތެވެ. “އަޅުގަނޑުމެން ފަލަސްޠީނުގެ މިނިވަން ދައުލަތެއް [ޤާއިމު ކޮށްދިނުމަށް] ބޭނުންވޭ، އެއީ އަޅުގަނޑުމެން އެދޭ ކަމެއް، މި ކަމަށް [ޔަހޫދީންގެ ލާއިންސާނީ ޖަރީމާތަކަށް] ދެމެހެއްޓެނިވި ގޮތެއްގައި ސިޔާސީ ހައްލެއް ހޯދޭނެ މަގު މަގު ކޮށައިދޭން ޖެހޭ،” ކަޔިލް ވިދާޅުވިއެވެ.
ނަމަވެސް، މި ވަގުތު ފަލަސްޠީނުގެ މިނިވަން ކަން ބަލައިގަތުމަށް އިނގިރޭސިވިލާތުން އުޒުރުވެރިވާ ކަމުގައި އޭނާ ވިދާޅުވިއެވެ. “ނަމަވެސް މި ވަގުތު، މިއަދު، އަޅުގަނޑުމެން އިސްކަން ދޭންވީ [ޣައްޒާގެ ރައްޔިތުންނަށް ކުރިމަތި ކޮށްފައިވާ އަނިޔާވެރި] ހާލަތުން އެ މީހުން ސަލާމަތް ކުރުމަށް، ޣައްޒާގެ ރައްޔިތުން މިއަދު ތަހައްމަލު ކުރަމުން އެ ދަނީ ވަރަށް ނިކަމެތި ހާލަތެއް،” އޭނާ ވިދާޅުވިއެވެ. މިނިވަން ދައުލަތެއްގައި ދިރިއުޅުމަކީ ފަލަސްޠީނުގެ ރައްޔިތުންނަށް ލިބިގެންވާ ޙައްޤެއް ކަމުގައި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކީރް ސްޓާމަރ ވެސް ވަނީ ވިދާޅުވެފައެވެ. އަދި، ޔަހޫދީން ވެރިވެގަނެފައިވާ ފަލަސްޠީނުގެ ބިންތަކުގައި އިސްރާއީލާއި ފަލަސްޠީނުގެ މިނިވަން ދެ ދައުލަތް ޤާއިމު ކޮށްދިނުމަށް ބޭނުންވާ ކަންކަން ފުރިހަމަ ކުރުމަށް އޭނާ ވަނީ ގޮވައިލައްވާފައެވެ. އެ ކަން ކުރެވޭނީ ޣައްޒާގެ ނަސްލުހޭދަ ހުއްޓުމަކަށް ގެނެސްގެން ކަމުގައި ވިދާޅުވެ، ސްޓާމަރ ވަނީ ޔަހޫދީންގެ ޢުދުވާންތައް މެދުކަނޑައިލުމަށް ގޮވައިލައްވާފައެވެ.
މި ކަމާ ގުޅޭ ގޮތުން ޖަރުމަނުވިލާތުން ބުނީ، ފަލަސްޠީނުގެ މިނިވަން ކަން ބަލައިގަތުމުގެ ވިސްނުމެއް މި ވަގުތު ނުގެންގުޅޭ ކަމުގައެވެ. ނަމަވެސް، މި ވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ، ފަލަސްޠީނުގެ ބިމުގައި ޔަހޫދީންނާއި ފަލަސްޠީންގެ ރައްޔިތުންނަށް މިނިވަން ދެ ދައުލަތް ޤާއިމު ކޮށްދިނުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުން ކަމުގައި ޖަރުމަނު ސަރުކާރުގެ ތަރުޖަމާނު ބުންޏެވެ. “ޖަރުމަނުވިލާތުގެ ސަރުކާރަށް އޮތް އެންމެ މުހިންމު ކަމަކީ [ޒަޔަނިސްޓު] އިސްރާއީލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުން. އެހެންވީމަ، ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަކީ ޖަރުމަނުވިލާތުގެ ސަރުކާރުން ކައިރި މުސްތަޤުބަލެއްގައި ކުރާނެ ކަމެއް ނޫން،” ޖަރުމަނުވިލާތުގެ ސަރުކާރުގެ ތަރުޖަމާނު ބުންޏެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
