
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ނިންމާފައިވާ ކަން ފަރަންސޭސިވިލާތުގެ ރައީސް އެމަނުއެލް މެކްޚްރޮން ހާމަކުރެއްވުމާ އެކު، ޔަހޫދީންނާއި އެ މީހުންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ އެމެރިކާއިން ނުރުހުންވެ، މެކްޚްރޮނަށް ބަހުގެ ޙަމަލާތައް އަމާޒު ކުރަން ފަށައިފިއެވެ. މެކްޚްރޮން ވިދާޅުވީ، ސެޕްޓެންބަރު މަހު ބާއްވާ އެކުވެރި ދައުލަތްތައް (އދ)ގެ ޢާންމު މަޖިލީހުގައި އެ ޤައުމުން ފަލަސްޠީނަކީ މިނިވަން ދަައުލަތެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގަންނާނެ ކަމުގައެވެ. އަދި، މި ނިންމުމުގެ ބޭނުމަކީ މެދުއިރުމައްޗަށް ސުލްޙައާއި ހަމަޖެހުން ގެނައުން ކަމުގައި އޭނާ ވިދާޅުވިއެވެ. މި ކަން އިޢުލާނު ކުރައްވައި ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާހަށް ފޮނުއްވި ސިޓީއެއް މެކްޚްރޮން ވަނީ ޢާންމު ކުރައްވާފައެވެ. ފަލަސްޠީނަކީ މިިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް މެކްޚްރޮންގެ ސިޓީގައި އެހެން ޤައުމުތަކަށް ގޮވައިލެއްވިއެވެ. “މެދުއިރުމަތީގައި އިންސާފާއި ސުލްޙަ ޤާއިމު ކޮށްދިނުމަށް ފަރަންސޭސިވިލާތުން ގެންގުޅޭ ތާރީޚީ ވަޢުދާ އެއްގޮތަށް، ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް [ފަރަންސޭސިވިލާތުން] އަޅުގަނޑު ވާނީ ނިންމާފައި،” މެކްޚްރޮން ވިދާޅުވިއެވެ.
މި ނިންމުމާ އެކު، ވިލާތުގެ ބޮޑެތި ޤައުމުތަކުގެ ތެރެއިން ފަރަންސޭސިވިލާތް ވެގެން ދާނީ ފަލަސްޠީނުގެ މިނިވަން ކަން ބަލައިގަންނަ ފުރަތަމަ ޤައުމަށެވެ. ފަރަންސޭސިވިލާތަކީ ޔަހޫދީންގެ އިތުރުން މުސްލިމުންގެ އާބާދީ ވެސް ބޮޑު ޤައުމެކެވެ. މެކްޚްރޮންގެ ނިންމުމާ އެކު ވިލާތުގެ އިއްތިޙާދު (އީޔޫ)ގެ ކުދި ޤައުމުތަކުން ވެސް ފަރަންސޭސިވިލާތުގެ ނިންމުން މިސާލަކަށް ބަލައި، އެ ގޮތަށް އަމަލު ކުރުމަށް ނިންމުމުގެ ފުރުޞަތު ބޮޑު ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. ނަމަވެސް، ޔަހޫދީންނާއި އެމެރިކާއިން ވަނީ މެކްޚްރޮންގެ ނިންމުމާ ގުޅިގެން ރުޅި ގަދަވެފައެވެ. އެއީ، ޔަހޫދީންނާއި އެމެރިކާއަށް ހަޖަމު ކުރެވުނު ނިންމުމަކަށް ނުވިއެވެ. މެކްޚްރޮންގެ ނިންމުން ކުށްވެރިކޮށް ޒަަޔަނިސްޓުންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ވަނީ ސޯޝަލް މީޑިޔާގައި ފާޑު ކިޔާފައެވެ. ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމު ކުރުމުގެ ފުރުޞަތު ނުދޭނެ ކަމުގައި ޒަޔަނިސްޓުންގެ ދިފާޢީ ވަޒީރު ބުންޏެވެ. ފަރަންސޭސިވިލާތަކީ ޒަޔަނިސްޓު އިސްރާއީލާ ގާތް ގުޅުންތަކެއް ބާއްވަމުންދާ ޤައުމެއް ކަން ފާހަގަ ކޮށްލަން ޖެހެއެވެ.
އެމެރިކާއިން ވެސް ވަނީ މެކްޚްރޮންގެ ނިންމުން ކުށްވެރި ކޮށްފައެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯ ވިދާޅުވީ، އެމެރިކާއިން މެކްޚްރޮންގެ ނިންމުން ބަލައިނުގަންނާނެ ކަމުގައެވެ. “ދެކޮޅު ނުބަލައި ނިންމާފައިވާ މި ނިންމުމުގެ ސަބަބުން ފައިދާ ވާނީ ޙަމާސަށް، އަދި ސުލްޙަ ޤާއިމު ކުރަން ކުރަމުންދާ މަސައްކަތްތައް އެތަކެއް އަހަރަށް ސޮއްސައިލައިގެން ދާނެ،” އޭނާ ވިދާޅުވިއެވެ. ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ އެންމެ ބޮޑު މަދަދުގާރަކީ، އަދި ބައިވެރިއަކީ އެމެރިކާއެވެ. އަދި، ރައީސް ޑޮނަލްޑް ޓްރަމްޕެވެ. ދާދި ފަހުން، ހުޅަނގުގެ ބާރެއްގެ ގޮތުގައި ބެެލެވޭ ކެނެޑާއިން ވެސް ވަނީ ޔަހޫދީންނާ ދެކޮޅަށް ބަސް ބުނެފައެވެ. އަދި، ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ޤަތުލުޢާންމު ހުއްޓުމަކަށް ގެނެސް، ސުލްޙަވުމަށް ޔަހޫދީންނަށް ގޮވައިލާފައެވެ. ކެނެޑާގެ ބޮޑުވަޒީރު މައިކް ކާނީ ވިދާޅުވީ، ޔަހޫދީންގެ ޢުދުވާންތައް ހުއްޓައިނުލައިފި ނަމަ، ޣައްޒާގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އިންސާނީ މުސީބާތައް އިތުރަށް ގޯސްވެގެންދާނެ ކަމުގައެވެ. ޔަހޫދީން ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފުވަމުންދާ ކަމުގައި ވެސް ކާނީ ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
