
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ ފުޓްބޯޅަ ކަލަންޑަރު ފައިނަލްކުރެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އައު ރައީސް، ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤު (ޓޮމް) ވިދާޅުވެއްޖެއެވެ. އައު ރައީސް ކަމަށް އިންތިހާބުވުމަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޠާރިޤު ވިދާޅުވީ ކުރިޔަށް އޮތް ހަފްތާގައި ކުލަބުތަކާއި އެކްސްކޯއިން ވާހަކަދައްކައިގެން ކަލަންޑަރު ފައިނަލްކޮށް ކުރިޔަށްދާނެ ގޮތް އެނގިގެންދާނެ ކަމަށެވެ. އަދި ދެ އަހަރެއްގެ ތެރޭގައި ރާއްޖޭގެ ހުރިހާ ސަރަހައްދެއް ހިމެނޭ ގޮތަށް ރާއްޖޭގެ ފުޓްބޯޅަ ސިސްޓަމު ހަމައަކަށް އެޅިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ޠާރިޤު ވިދާޅުވިއެވެ.
އެފްއޭއެމްގެ ރައީސް ޠާރިޤު ވިދާޅުވީ މީގެ ކުރިންވެސް ކުޅިވަރުގެ ގާނޫނަށް ސަރުކާރުން ގެނެސްފައިވާ އިސްލާހުވެސް ފާސްކޮށްފައި އޮތީ ލާމަރުކަޒީކޮށް ރީޖަނަލް އެސޯސިއޭޝަންތައް ހިންގާގޮތަށް ކަމަށެވެ. އެގޮތުގެ މަތިން ކުރިންވެސް ހިންގާ ގަވާއިދު އިސްލާހު ކުރަން މަސައްކަތް ކުރެއްވިނަމަވެސް އެފަހަރު އެ އިސްލާހުތައް އޮތީ ފާސްނުވެ ކަމަށް އޭނާ ވިދާޅުވިއެވެ. “އޭރު އެ އިސްލާހު ފާސްނުވެ އޮތީ އެހެންނަމަވެސް މިހާރު އެ ބާރުތައް ދޭން އަލަށް އިންތިހާބުވި އެކްސްކޯއަށް ޓްރާންސްސިޝަނަލް މައްދާތަކުން އޮތީ މަޖުބޫރުކޮށްފަ. އަޅުގަނޑުމެންގެ ވިސްނުން އޮތީ ހަތަރު ސަރަހައްދަކަށް ބަހާލަން” ޠާރިޤު ވިދާޅުވިއެވެ.
އެފްއޭއެމްގެ ރީޖަނަލް އެސޯސިއޭޝަންތައް ހަދާނީ ހއ ން ފެށިގެން ޅ އަތޮޅާއި ހަމައަށް އޮތް ހަތް އަތޮޅާއި މާލެ އަތޮޅުން ފެށިގެން ދ އަތޮޅާ ދޭތެރޭގެ ހަތް އަތޮޅާއި ލ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ދޭތެރޭ އޮތް ހަ އަތޮޅާއި އަދި މާލެ ސަރަހައްދަށް ވަކި ރީޖަނެއް ކަމަށް ޠާރިޤު ވިދާޅުވިއެވެ. “މިހާތަނަށް އޮތީ މާލޭގައި ހުރިހާ މުބާރާތެއް ބާއްވާގޮތަށް ސިސްޓަމެއް ގާއިމުވެފަ، އެހެންނަމަވެސް އަޅުގަނޑުމެން ބޭނުންވަނީ އަތޮޅު މުބާރާތެއް ބޭއްވުމަށްފަހު ކޮންމެ ރީޖަނެއްގައި ޒޯން ވައިސްކޮށް ކުޅެގެން ވިޔަސް ރީޖަނަލް ލެވެލްގައި ލީގެއް ކްރިއޭޓްކުރުން” ޠާރިޤު ވިދާޅުވިއެވެ.
ޠާރިޤް ވިދާޅުވީ ކޮންމެ ރީޖަނެއްގައި ދެވަނަ ލީގެއް އޮންނާނެކަމަށާއި، ފީފާ އާއި އޭއެފްސީގެ އަސާސީ ގަވާއިދުގައިވެސްވާގޮތަށް ދެން ރާއްޖޭގައިވެސް އެންމެ މަތީ ލީގުގެ އިތުރުން އަތޮޅުތަކުގައި ސެކަންޑް ލީގުގެ ނަމުގައި ލީގެއް އޮންނާނެ ކަށެވެ. އެންމެ މަތީ ލީގު އެއީ ރާއްޖޭގައި ޕްރިމިއާ ލީގު އެއާ ޖެހިގެން ހަތަރު ޒޯނުގައި ހަތަރު ލީގެއް މި ބާއްވަނީ. އޭގެން މޮޅުވާ ޓީމުތަކެއް ޕްރިމިއާ ލީގަށް މި ގެންނަނީ. އަޅުގަނޑުމެން އުންމީދަކީ ފުރަތަމަ ސީޒަން ފެށިގެންވެސް މިއަންނަ ސީޒަނަށްދާއިރު މާލެ ފިޔަވާ ތިން ރީޖަނުގައިވެސް ޓީމުތަކަށް ފުރުސަތު އޮންނާނެ ޕްރިމިއާ ލީގަށް ކޮލިފައިވާން” ޠާރިޤު ވިދާޅުވިއެވެ. އެމްއޭއެފްމްގެ ހުރިހާ ކުލަބެއްގެ ތާއީދާއެކު މިފަހަރު ރައީސް ކަމަށް އިންތިހާބުކުރެއްވުމުން ހުރިހާ ކުލަބަކަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވަަކަމަށް ޠާރިޤު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
