
(ފޮޓޯ ކްރެޑިޓްސް: އަދަދު)
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ހިންގާ ކޮމިޓީއަށް އިންތިޚާބުވުމުން މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މުޙައްމަދު އުމެއިރު ކުޅުން ހުއްޓާލައިފިއެވެ. ކުޅުން ހުއްޓާލިކަން އިއުލާނު ކުރެއްވުމަށްފަހު ޕީއެސްއެމް ނިއުސްއަށް ވިދާޅުވީ އެފްއޭއެމްގެ އެކްސޯއަށް އިންތިހާބުވުމުން އެ މަގަމާއި ހަވާލުވުމަށް ފުޓްބޯޅަ ކުޅުން ހުއްޓާލާ ކަމަށާއި ޔޫތް ރޭންކުންފެށިގެން ގައުމީ ލެވެލާއި ހަމައަށް ކުޅުމުގައި ހެދަކުރި މުއްދަތަކީ ވަރަށް އުފާވެރި ދަތުރެއް ކަމަށެވެ. އަދި އޭނާގެ ކެރިއަރުގައި އޭނާއަށް އެހީތެރިވެދިން ހުރިހާ ކޯޗުންނާއި އެހެނިހެން ފަރާތްތަކަށްވެސް ޝުކުރު އަދާކުރާކަމަށް އުމެއިރު ވިދާޅުވިއެވެ. އުމެއިރު ވިދާޅުވީ އަލަށް ހަވާލުވާ ޒިންމާގެ ދަށުން ދެން މަސައްކަތް ކުރައްވާނީ ޒުވާން ކުޅުންތެރިން ކުރިއެރުވުމަށްކަމަށެވެ. އުމެއިރު ވިދާޅުވީ މިއީ ނިމުމެއް ނޫން ކަމަށާއި މިއީ އައު ފެށުމެއް ކަަމަށެވެ.
“މިއީ ނިމުމެއް ނޫން، މިއީ ގޮތަކަށް ފުޓްބޯޅައަށް ހިދުމަތް ކުރަން ފެށުމެއް” ކަމަށް އުމެއިރު ވިދާޅުވިއެވެ. އުމެއިރު ވިދާޅުވީ މި ހަވާލުވާ ޒިންމާއާއި އެކު އޭނާގެ ދައުރުގައި ފުޓްބޯޅައިގެ ޝައުގުވެރިކަން އަލުން އަނބުރާ ގެނެސް، ދިވެހި ފުޓްބޯޅައަށް އޮތް ލޯބި އަލުން އާލާކޮށް، ވާދަވެރިކަންގެނެސް ވަރުގަދަކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. ގައުމީ ޓީމުގައި މޮޅުކުޅުމެއް ދައްކާ 2008 ވަނަ އަހަރު ރާއްޖެއަށް ސަަފް ޗެމްޕިއަންޝިފް ކާމިޔާބުކޮށްދިން ޓީމުގައި ހިމެނޭ އުމެއިރު އެންމެ ފަހުން ކުޅެފައިވަނީ ވިކްޓްރީ ސަޕޯޓްސް ކުލަބަށެވެ. އުމެއިރު އެ ކުލަބާއި ގުޅުނީ މިއަހަރުގެ މެއި މަހުގެތެރޭގައެވެ.
އުމެއިރު ވިދާޅުވީ އޭނާ ކެރިއަރު ފެށީ ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ ލިރުޣާމް ސައީދު ހޯދައިދިން ފުރުސަތެއްގައި ކަމަށެވެ. އޭގެ ފަހުން ފުޓުބޯޅައިގައި ގައުމު ތަމްސީލުކުރުމަށް ފުރުސަތު ލިބި މަރްހޫމް އިހުސާން އަބުދުލްޢަނީ (ސާންތީ) އާއި މުހައްމަދު ޝިޔާޒް (މޯހަން) ގެ ފާރާތުން 16 އަހަރުން ދަށުގެ ގައުމީ ޓީމުގައި ގިނަ ތަޖުރިބާތަކެއް ލިބުނު ކަމަށް އުމެއިރު ފާހަގަ ކުރެއްވިއެވެ. އަދި އަހުމަދު މައުރޫފް (މާއްޓޭ) އާއި އަލީ ސުޒެއިންގެ ފަރާތުން ގިނަ ކަންތައްތަކެއް ދަސްވިކަމަށާއި ވިކްޓްރީއާއި ވީބީ އާއި ނިއުރޭޑިއަންޓާއި ވެލެންސިއާ އާއި ގްރީން ސްޓްރީޓްސް އަދި މާޒިޔާއަށް ކުޅުނު އުމެއިރު ވަނީ ހުރިހާ ކުލަބަކަށްވެސް ޝުކުރު އަދާކުރައްވާފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
