
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސްގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤު (ޓޮމް) އިންތިހާބުކޮށްފިއެވެ. އައު ރައީސްކަމަަށް ޠާރިޤު އިންތިހާބުކުރީ މިއަދު ބޭއްވި އެމްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ހުރިހާ ކުލަބުތަކެއްގެ އިއްތިފާގުންނެވެ. މިއަދު ވަނީ އޭނާ ހުށަހަޅުއްވާފައިވާ ހިންގާ ކޮމިޓީވެސް އިއްތިފާގުން ފާސްކޮށްފައެވެ. ޖޫންމަހު 26ގައި ފާސްކުރި އަސާސީ ގަވާއިދުގެ ދަށުން މިއަދު ބޭއްވި އިންތިހާބުގައި ޠާރިޤާއި ވާދަކުރަން އެއްވެސް ކެނޑިޑޭޓަކު ނެތެވެ. އޭނާ އިންތިހާބުގައި ވާދަކުރެއްވުމަށް ފޯމު ހުށަހެޅީ ވޯޓު ލުމުގެ ފުރުސަތު ލިބިފައިވާ 23 ކުލަބުގެ ތާއީދާ އެކުގަ އެވެ.
ޠާރިޤު ހުށަހަޅާފައިވާ އެކްސްކޯގައި ތިން ނައިބް ރައީސުން ތިބެ އެވެ. އެއީ ނިއުރޭޑިއަންޓަށް ނިސްބަތްވާ ވެމްކޯގެ މުޖުތަބާ ޖަލީލް އާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަދި ނިއުރޭޑިއަންޓް ވައިސް ޗެއާމަން އަލީ އިބްރާހީމް އާއި ކުރިން ވެސް އެފްއޭއެމުގެ ނައިބް ރައީސްކަން ކުރި މާޒިޔާގެ ހުސައިން ޝާފިއު (ކޮއްކީ) އެވެ. ދެން ހިމެނެނީ ޓީސީގެ އަޙްމަދު އައްބާސް އާއި ބީޖީގެ އަލީ ރިޒްވާން އާއި އޮޑި ސްޕޯޓްސް ކުލަބުގެ އަބްދުﷲ ނާސިހު އާއި ކުރީގެ ގައުމީ ކީޕަރު އިމްރާން މުޙައްމަދާއި ގައުމީ ޓީމަށް ކުޅުނު މުޙައްމަދު އުމެއިރެވެ. އަންހެން މެމްބަރުންގެ ގޮތުގައި ހިމަނާފައިވަނީ ހައްވާ ނަސްރާ ސައީދާއި ހައްވާ ރަޝީދާ އެވެ.
ނޯމަލައިޒޭޝަން ކޮމިޓީގެ ދައުރު މިމަހު ހަމަވާއިރު ދެ އަހަރަށް ފަހު އައު އިންތިހާބު މި ބޭއްވީ ފީފާއިން ކުރީގެ ރައީސް ބައްސާމް އަދަިލް ޖަލީލް ސަސްޕެންޑްކޮށް، ހުސްވި އަހަރު އެ އިދާރާ ނޯމަލައިޒޭޝަން ކޮމިޓީ އަކާ ހަވާލުކޮށް އެ ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
