
(ފޮޓޯ ކްރެޑިޓްްސް: ފޮރިން މިނިސްޓްރީ)
ސްރީލަންކާ އިން އަންނަ މަހުން ފެށިގެން ދިވެހިންނަށް އެއް އަހަރުގެ ވިސާ ދޫކުރާނެ ކަމަށް ފޮރިން މިނިސްޓަރު ވިޖިތު ހެރަތު ވިދާޅުވެއްޖެ އެވެ. މިނިސްޓަރާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ބުނީ ދިވެހިންނަށް މިހާތަނަށް ދޫކޮށްފައިވަނީ ކުރު މުއްދަތުގެ ވިސާ ކަމަށެވެ. ނަމަވެސް، އަންނަ ހުކުރު ދުވަހުން ފެށިގެން ދިގު މުއްދަތަށް ވިސާ ދޫކުރަން ފަށާނެ ކަމަށާއި އޭރުން އެއް އަހަރު ވަންދެން ދިވެހިންނަށް ލަންކާގައި ދިރިއުޅެވޭނެ ކަމަށް އެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވެ އެވެ. ލަންކާއިން ދިވެހިންނަށް ދޭ ވިސާގެ މުއްދަތު އިތުރުކުރަން ނިންމިއިރު، އެ ގައުމުގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަ އަންނަ ހޯމަ ދުވަހު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަންނަވަން ވަނީ ނިންމަވައިފަ އެވެ. އެ ދަތުރުފުޅުގެ ތެރެއިން، ވިސާގެ މި ބަދަލުތައް އިއުލާންކުރާނެ ކަމަށް ބެލެވެ އެވެ.
ދިވެހިންނަށް މިހާރު ވެސް ލަންކާއިން އޮންއެރައިވަލް 30 ދުވަހުގެ ވިސާއެއް ލިބެ އެވެ. ނަމަވެސް، ފީއަކާއެކު އޮންލައިންކޮށް، އެ މުއްދަތުގެ ހަ މަސް ދުވަހަށް އިތުރުކުރެވެ އެވެ. ވިޖިތު ވިދާޅުވީ ގިނަ ދިވެހިން ބޭސްފަރުވާއަށް މީގެ ކުރިން ލަންކާއަށް ދަތުރުކުރި ކަމަށެވެ. ނަމަވެސް، ހަރުކަށި ގަވައިދުތަކުގެ ސަބަބުން އެކަން ހުއްޓުނީ ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށް، އެ ނޫސްތަކުގައިވެ އެވެ. “އެ ނިންމުން ބަދަލުކޮށް ދިވެހިންނަށް އެއް އަހަރުގެ ވިސާ ދޭން ވަނީ ނިންމާފައި.” އޭނާ ވިދާޅުވި އެވެ.
ޓޫރިޒަމް ދާއިރާ ކުރިއަރުވަން ކުރަމުން އަންނަ މަސައްކަތުގައި ލަންކާއިން މި ފަހުން ވަނީ 40 ގައުމަކަށް ދޫކުރާ ވިސާއިން ފީ ނެގުން ވެސް ހުއްޓާލައިފަ އެވެ. އޭގެ ތެރޭގައި އޭޝިއާ އަދި ޔޫރަޕްގެ ގައުމުތައް ހިމެނެ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
