
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
އިންޑިއާ އާއި ރާއްޖެއާއި ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ކުރިއަށްގެންދިއުމަށް ހަމަޖެހިގެންދިއުމަކީ ދެގައުމުގެ އިޤްތިޞާދާއި ވިޔަފާރީގެ ގުޅުމުގައި ފާހަގަކޮށްލެވޭ ތާރީޚީކަމެއް ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، އިންޑިއާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. ރާއްޖެއާއި އިންޑިއާއާ ދެމެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމުކުރުމަށް، މަޝްވަރާތައް ފެށުމާ ގުޅޭ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ މަޤްޞަދަކީ ވިޔަފާރީގެ ފުރުސަތުތައް އިތުރުކުރުމާއި، އިޤްތިޞާދީ ގުޅުން ބަދަހިކުރުމަށް ފުރިހަމަ އިދާރީ އޮނިގަނޑެއް ޤާއިމުކުރުން ކަމަށް އިޤްތިޞާދީ ވުޒާރާއިން ވިދާޅުވެއެވެ.
އިންޑިއާ – ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ދިވެހިރާއްޖެއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އިންޑިއާ އާއި ރާއްޖެއާއި ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ކުރިއަށްގެންދިއުމަށް ހަމަޖެހިގެންދިއުމަކީ ދެގައުމުގެ އިޤްތިޞާދާއި ވިޔަފާރީގެ ގުޅުމުގައި ފާހަގަކޮށްލެވޭ ތާރީޚީކަމެއް ކަމަށެވެ.
Honored to welcome PM @narendramodi as we exchange Terms of Reference to begin Free Trade Agreement negotiations between Maldives and India. This milestone reflects our commitment to deeper economic ties and expanded trade opportunities. President @MMuizzu’s liberal economic… pic.twitter.com/QXTflYFPMC
— Mohamed Saeed (@em_saeed) July 25, 2025
އިންޑިއާއަކީ ދުނިޔޭގެ އެންމެ ބޮޑު އެއް އިޤްތިޞާދުކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، މި އެއްބަސްވުން އެކުލަވާލުމާއެކު ފަސޭހަކަމާއިއެކު މުދަލާއި ޚިދުމަތުގެ މުޢާމަލާތްތައް ކުރެވިގެންދާނެކަމަށާއި، މާލީ ވިޔަފާރީގެ ބައިވެރިވުން އިތުރަށް ފުޅާވެ، ބޭންކިންގެ ދާއިރާއިންވެސް އިތުރުފަސޭހަތައް ލިބިގެންދިއުން ވާނީ ބަދަލުވަމުން އަންނަ ދުނިޔެއެއްގައި ކޮންމެހެންވެސް ބޭނުންތެރިކަމެއް ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިޤްތިޞާދީ ތަޞައްވަރުގެ ތެރެއިން، ފަސޭހަކަމާއެކު ރާއްޖެ އާއި ބޭރުގެ ޤައުމުތަކާއެކު ވިޔަފާރީގެ މުޢާމަލާތްތައް ކުރުމަށް އެޅިގެންދިޔަ މުޙިންމު ފިޔަވަޅަކަށް މިކަންވެގެންދާއިރު، ދެޤައުމުގެ ފައިސާއިން ވިޔަފާރީގެ މުޢާމަލާތް ކުރެވޭނެ އިންތިޒާމް (ލޯކަލް ކަރަންސީ ސެޓްލްމަންޓް) ހަމަޖެހިގެން ދިއުމަކީ ދިވެހި އިޤްތިޞާދަށް ލިބިގެންދާ އިތުރު ކުރިއެރުމެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން، ފައިނޭންޝަލް އިންކްލޫސިވްނެސް އިތުރުކުރުމަށްޓަކައި އިންޑިއާގެ ޔުނިފައިޑް ޕޭމަންޓް އިންޓަފޭސް ރާއްޖެއާއިއެކު މަސައްކަތްކުރެވޭނެ ފުރުސަތު ފަހިވެގެން ދިއުމަކީ ތާރީޚީކުރިއެރުމެއް ކަމަށް ވަޒީރު ވަނީ ފަހަގަކުރައްވާފައެވެ.

މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ބޯޑަރު ހުރަސްކޮށް ކުރެވޭ ވިޔަފާރިއާއި އިންވެސްޓްމަންޓް އިތުރުވެ، ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ އިންޑިއާ ފަތުރުވެރިންނަށާއި، އިންޑިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ވިޔަފާރީގެ މުޢާމަލާތްތައް ކުރުމަށާއި، މުދަލާއި ޚިދުމަތްތަކަށް ފައިސާ ދެއްކުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. އިޤްތިޞާދީ ވުޒާރާއިން ވިދާޅުވީ، މި މުހިންމު އެއްބަސްވުން ވެގެންދާނީ އިންޑިއާ-ރާއްޖޭގެ ދެމެދުގައި ދިގު މުއްދަތެއް ވަންދެން ދެމިގެން އައިސްފައިވާ ވިޔަފާރީގެ ގުޅުމުގައި އައު ބަދަލުތަކެއް ގެނެސްދޭނެ ބާބަކަށް ކަމަށެވެ. އަދި މިއީ ދެމެހެއްޓެނިވި ކުރިއެރުމަށާއި، މާކެޓަށް ވަނުމުގެ ފުރުޞަތުތައް އިތުރުކުރެވި، ދެ ޤައުމަށްވެސް ދާއިމީ ކުރިއެރުމެއް ހޯދައިދިނުމަށް މަގުފަހިކޮށްދޭނެ ކަމެއް ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
