
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ދިފާއީ ވުޒާރާގެ 10 ބުރީގެ އައު އިމާރާތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒާއި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ހުޅުއްވައިދެއްވައިފިއެވެ. މި އިމާރާތަށް ދީފައިވަނީ ނަމަކީ “ދޮށިމޭނާ” ބިލްޑިންގއެވެ. މިތަން ހުޅުއްވައިދެއްވުމަށްފަހު ދެ ބޭފުޅުންވެސް ވަނީ އެ އިމާރާތުގެ މޮޑެލެއް ބައްލަވާލައްވާ ޚިދުމަތްތަކުގެ މަޢުލޫމާތުތައް އޮޅުން ފިލުވާފައެވެ. މި އިމާރާތަކީ އިންޑިއާ ސަރުކާރުގެ އެހީގައި ތަރައްޤީކޮށްފައިވާ އިމާރާތެކެވެ. މި އިމާރާތުގެ މަސައްކަތް ފަށާފައިވާނީ 2014 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހުގައެވެ. މިއީ 10 ފަންގިފިލާގެ އިމާރާތެކެވެ. މި ތަނުގައި ހިންގާނީ ދިފާޢީ ވުޒާރާގެ އިތުރުން ޚާއްސަކޮށް ކޯސްޓްގާޑްގެ ޚިދުމަތް ފޯރުކޮށްދިނުމަށެވެ.
ރާއްޖޭގައި ކޯސްޓްގާޑް ޚިދުމަތް ފެށިތާ 45 އަހަރު ފެށިފައިވާއިރު މި ޚިދުމަތް ފަށާފައިވަނީ 1980 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުގައެވެ. ކޯސްޓްގާޑުން ކަނޑާއި ވައިގެމަގުން ހިންގަންޖެހޭ އޮޕަރޭޝަންތައް ހިންގައެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ކޯސްޓްގާޑުގެ ޒިންމާއަކީ ދިވެހިރާއްޖޭގެ ކަނޑާއި ވައިގެ ސަރަޙައްދު ބަލަހައްޓާ ހިމާޔަތްކުރުމެވެ. އެގޮތުން ރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަޙައްދު ހިމާޔަތްކޮށް ރައްކާތެރިކޮށް ބެލެހެއްޓުމާއި، ކަނޑުމަތީގައި ހާލުގައިޖެހޭ މީހުންނާ މުދާ ސަލާމަތްކުރުމެވެ. ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ކޮންވެންޝަނަލް ނޭވީއަކުން އަދާކުރަންޖެހޭ ދައުރާއި ދިވެހިރާއްޖޭގެ މެރިޓައިމް ސިވިލް ޑިފެންސް އަދި ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ މަސްއޫލިއްޔަތު ސިފައިންގެ ޤާނޫނާއި ރާއްޖޭގެ އެހެނިހެން ޤާނޫނުތަކުން ހަވާލުކޮށްފައިވާ ފަރާތަކީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ކޯސްޓްގާޑާއެވެ.
ކޯސްޓްގާޑުން ކަނޑާއި ވައިގެމަގުން ހިންގަންޖެހޭ އޮޕަރޭޝަންތައް ރާވައި ހިންގަނީ، ރާއްޖޭގެ ސަރަޙައްދު ހަތަރު އޭރިއާއަކަށް ބަހާލައި ޤާއިމުކޮށްފައިވާ އޮޕަރޭޝަނަލް ކޮމާންޑްތަކުންނެވެ. މިއިން ކޮންމެ އޭރިއާ ކޮމާންޑެއްގައި ވެސް އޮޕަރޭޝަނަލީ ސަބޯޑިނޭޓްވާ ކޯސްޓްގާޑު ސްކޮޑްރަންތަކެއް މިހާރު ވަނީ ޤާއިމުކޮށްފައެވެ. އަދި ރާއްޖޭގެ ކަނޑުގެ ސަރަޙައްދާއި ރާއްޖޭން އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ބައިނަލްއަޤްވާމީ ކަނޑުގެ ސަރަޙައްދުތަކުގައި ހިނގާ ނުރައްކާތެރި ހާދިސާތަކުގައި ސާޗް އެންޑް ރެސްކިޔު ޚިދުމަތް ދިނުމަށްޓަކައި މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރެއްވެސް ކޯސްޓްގާޑުގައި ޤާއިމުކޮށް މިހާރު ދަނީ ޚިދުމަތް ދެމުންނެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބަލި މީހުން އެއްރަށުން އަނެއް ރަށަށް ކުއްލި ހާލަތުގައި އުފުލައިދިނުމުގައިވެސް ހަރަކާތްތެރިވަނީވެސް ކޯސްޓްގާޑުންނެވެ. ކަނޑުމަތީގައި އަސްކަރިއްޔާގެ ހަރަކާތްތެރިވުން އިތުރުކޮށް ޚާއްސަ އޮޕަރޭޝަންތައް ހިންގުމަށް “ސްޕެޝަލް ބޯޓް ސްކޮޑްރަން”ގެ ނަމުގައި ޚާއްސަ ފޯސްއެއްވެސް ވަނީ މިހާރު އުފައްދާފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
