
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
އިންޑިއާއިން ރާއްޖެއަަށް “އަރޯގްޔާ މައިތިރީ ހެލްތު ކިއުބް” ނުވަތަ ޕޯޓަބަލް 2 ހޮސްޕިޓަލް ހަވާލުކޮށްފިއެވެ. ރާއްޖޭގެ ސިއްޙީ ދާއިރާގެ ތަރައްގީއަށް އިންޑިއާއިން މެދު ނުކެނޑި ފޯރުކޮށްދެމުންދާ އެހީތެރިކަމުގެ ދަށުން މިއަދު ވަނީ “އަރޯގްޔާ މައިތިރީ ހެލްތު ކިއުބް” ރާއްޖެއަށް ހަދިޔާ ކުރައްވާފައެވެ. އެންމެ ޒަމާނީ ވަސީލަތްތައް ހިމެނޭ ސްޓޭޓް އޮފް ދި އާޓް “އަރޯގްޔާ މައިތިރީ ހެލްތު ކިއުބް” އަކީ ޕޯޓަބަލް ހޮސްޕިޓަލެއް ގޮތަށް އެއްތަނުން އަނެއް ތަނަށް ގެންދެވޭ ގޮތަށް ދުނިޔޭގައި ތަރައްގީކުރި މީގެ ފުރަތަމަ ކިއުބެވެ.
މިހެލްތު ކިއުބްގައި އައިސީޔޫ، އޮޕަރޭޝަން ތިއޭޓަރ، ޕަވަރ ޖަނަރޭޓަރ، ލޭގެ ޓެސްޓްތައް ހެދޭނެ ސާމާނާއި، އެކްސްރޭ މެޝިންފަދަ އާލާތްތައް ހިމެނެއެވެ. ބޮޑެތި ހާދިސާތަކުގައި ގިނަ ބަޔަކަށް ކުއްލި ފަރުވާގެ ޚިދުމަތް އެންމެ މަތީ ފެންވަރުގައި ފޯރުކޮށްދެވޭ ގޮތަށް ތަރައްގީ ކޮށްފައިވާ މި މެޑިކަލް ކިއުބަކީ މެދު ނުކެނޑި 72 ގަޑިއިރު އޮޕަރޭޓްކުރެވޭ އަދި 200 މީހުންނަށް ފަރުވާދެވޭނެ ގާބިލުކަން ހުރި ޕޯޓަބަލް ކިއުބެކެވެ. ހެލިކޮޕްޓަރާއި އަދި ޕެރަޝޫޓްގައި ވެސް ކޮންމެ ސަރަހައްދަކަށް ގެންގޮސް ބޭނުން ކުރެވޭ މި ކިއުބްގެ ސެޓްއަޕް ރާވާލުމަށާއި، ފަރުވާގެ ކަންކަން ފެށުމަށް ނަގާނީ އެންމެ 12 މިނެޓެވެ. މި ކިއުބްގައި އެކި ހާލަތްތަކުގައި ބޭނުންކުރާނެ ކިޓްތަކާއި ބޭހުގެ އިތުރުން ހާލަތަށް ރިޢާޔަތްކޮށް ހަދަންޖެހޭ ސެޓްއަޕަށް ބޭނުންވާ ސާމާނު ހިމެނެއެވެ. އަދި މި ކިއުބް ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ “ބީޝްމް އެޕް” މެދުވެރިކޮށް މިނީ ކިއުބްތަކުގެ މައުލޫމާތު ލިބި، އޭގައި ހިމެނޭ ސާމާނު ޓްރެކް ކުރެވޭނެއެވެ.
ސިއްޙީ ވުޒާރާއިން ވިދާޅުވީ އިންޑިއާއިން ހަދިޔާކުރާ މި ޕޯޓަބަލް ކިއުބް ހިންގުމުގައި ހަރަކާތްތެރިވާނީ އެވުޒާރާގެ ދަށުން ހިނގަމުންދާ މޯލްޑިވްސް އިމަރޖެންސީ މެޑިކަލް ސަރވިސްގެ ފަރާތުންކަމަށެވެ. ރާއްޖޭގެ ސިއްޙީ ދާއިރާ ތަރައްގީ ކުރުމުގައިވެސް އިންޑިއާއިން ފޯރުކޮށްދީފައިވާ އަދި ފޯރުކޮށްދެމުންދާ އެހީތެރިކަމާއެކު ރާއްޖޭގެ ސިއްޙީ ދާއިރާއަށް ގިނަ ކުރިއެރުންތަކެއް ލިބިފައިވެއެވެ. ސިއްޙީ ދާއިރާއަށް ގެނެވުނު އުމްރާނީ ތަރައްގީގެ އިތުރުން، ސިއްޙީ ދާއިރާގެ އެކި ފަންނުތަކުން ދިވެހިން ތަމްރީން ކުރުމުގައިވެސް އިންޑިއާއިން ދަނީ މެދުނުކެނޑި އެހިތެރިކަމާއި އެއްބާރުލުން ފޯރުކޮށްދެއްވަމުންނެވެ. އަދި މާލެއާއި އަތޮޅުތެރޭގައި ސިއްޙީ ފަރުވާގެ ޚިދުމަތް ފޯރުކޮށްދޭ ތަންތަނަށް ބޭނުންވާ އެކި ވަސީލަތްތަކާއި ސިއްހީ އެކި ކާރިސާތަކުގައިވެސް އިންޑިޔާއަކީ ރާއްޖެއަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ ގައުމެވެ. އެގޮތުން ކޯވިޑްގެ ވެކްސިން ފޯރުކޮށްދިނުމުގައި އިންޑިއާއިން ވަނީ ވަރަށް ބޮޑު އެހީތެރިކަމެއް ރާއްޖެއަށް ފޯރުކޮށްދީފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
