
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފިސް)
ދިވެހިރާއްޖެ އެންމެ އިތުބާރުކުރާ ޤައުމަށް އިންޑިއާވުމަކީ ލިބިވަޑައިގަންނަވާ ފަޚުރެއްކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެއެވެ. އިންޑިއާގެ ބޮޑުވަޒީރު މިފަދައިން ވިދާޅުވީ އެމަނިކުފާނު މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ މެދުގައި ބޭއްވި ރަސްމީ މަޝްވަރާތަކަށްފަހު ދެއްވި ބަޔާނުގައެވެ. ބޮޑުވަޒީރު މޯދީ ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާއި ގުޅުވައިގެން ދެއްވި ދަޢުވަތަށް ޝުކުރު އަދާކުރައްވައި މިނިވަން ދުވަހުގެ ތަހުނިޔާ ސަރުކާރާއި ދިވެހި ރައްޔިތުންނަށް އަރިސްކުރައްވާފައެވެ.
މޯދީ ވިދާޅުވީ ރާއްޖެއާއި އިންޑިއާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރިތާ މިއަހަރަށް 60 އަހަރު ފުރުން ފާހަގަކުރި ނަމަވެސް ދެ ޤައުމުގެ ގުޅުމަކީ އެއަށްވުރެ ޒަމާންވީ ގުޅުމެއްކަމަށެވެ. އަދި ރާއްޖެއަކީ އިންޑިއާގެ އަވަށްޓެރި ޤައުމުތަކުގެ ތެރެއިން އެންމެ ގާތް ޤައުމު ކަމަށާއި އިންޑިއާ ސަރުކާރުން ގެންގުޅުއްވާ “ނެއިބަރހުޑް ފަރސްޓް” ޕޮލިސީއާއި “މަހާސާގަރު” ތަސައްވުރުގައިވެސް ރާއްޖެއަކީ މުހިންމި ހިއްސާއެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ބޮޑުވަޒީރު މޯދީ ވިދާޅުވީ ރާއްޖެ އެންމެ އިތުބާރުކުރާ ޤައުމަށް އިންޑިއާވުމަކީ ލިބިވަޑައިގަންނަވާ ފަޚުރެއް ކަމަށާއި އިންޑިއާ ވެގެންދާނީ ރާއްޖޭން ބޭނުންޖެހޭ ކޮންމެ ދަނޑިވަޅެއްގައިވެސް އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދޭނެ ޤައުމަށް ކަމަށެވެ. އަދި މިދިޔަ އަހަރުގެ އޮކްޓޯބަރުމަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ދެމެދުގައި މަޝްވަރާ ކުރެވުނު ކަންކަން މިއަދު ހަގީގަތަކަށް ވެގެންދިއުމަކީ ދެ ޤައުމުގެ ގާތް ގުޅުމުގެ ހެއްކެއް ކަމަށްވެސް ބޮޑުވަޒީރު މޯދީ ވިދާޅުވިއެވެ. މީގެއިތުރުން އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގައި ކުރިއަށްގެންދާ މަޝްރޫއުތަކަކީ ރާއްޖޭގެ ތަރައްގީއަށް މުހިންމު މަޝްރޫއުތަކެއްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖެއާއި ދިވެހީންގެ ތަރައްގީއާއި ކުރިއެރުމަށް އެކި ދާއިރާތަކުން މަޝްރޫއުތައް ކުރިއަށްގެންދިއުމަށް 565 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ދޭން އިންޑިއާ ސަރުކާރުން ނިންމަވާފައިވާ ކަމަށްވެސް ބޮޑުވަޒީރު މޯދީ ފާހަގަކުރެއްވިއެވެ. އަދި ސަރަހައްދީ ހަމަޖެހުމާއި ކުރިއެރުމަށް ދެ ޤައުމު ގުޅިގެން އަބަދުވެސް މަސައްކަތްކުރާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މޯދީގެ ވާހަކަފުޅުގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދެ ޤައުމަށްވެސް ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިވާކަން ފާހަގަކުރައްވައި ބޮޑުވަޒީރު މޯދީ ވަނީ އިއާދަކުރަނިވި ހަކަތައަށް ޚާއްސަ އިސްކަމެއް ދެއްވައި އެ ދާއިރާއިން އިންޑިއާގެ ތަޖުރިބާ ރާއްޖެއާ ހިއްސާ ކުރައްވާނެކަމަށް ވިދާޅުވެފައެވެ. ބޮޑުވަޒީރު މޯދީގެ ވާހަކަފުޅު ނިންމަވާލެއްވީ އިންޑިއާ އަބަދުވެސް އޮންނާނީ ރާއްޖެއާއެކުކަމަށް ވިދާޅުވަމުންނެވެ،
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
