
އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ މަގު ހެދުމުގެ މަޝްރޫޢު ހިމެނޭހެން އިތުރު މަޝްރޫޢުތަކެއްގެ ނިމުން ފާހަގަކޮށްފިއެވެ. މި މަޝްރޫއުގެ ނިމުން ފާހަގަކޮށްފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ ބޭއްވެވި ރަސްމިއްޔާތުގައި ވާޗުއަލްކޮށެވެ. އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ މަގު ހެދުމުގެ މަޝްރޫޢަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ މަޝްރޫޢެކެވެ. މި މަޝްރޫޢަކީ އިމާރާތް ކުރުމާއި ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ ބެއްލެވުމުގެ ދަށުން އެފްކޯންސް އިންފްރާސްޓްރަކްޗަރ ލިމިޓެޑާއި ޙަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން އައްޑޫ ސިޓީގެ 6 އަވަށް އެކުލެވޭހެން 40 ކިލޯމީޓަރުގެ މަގު ވަނީ ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައެވެ. މި މަޝްރޫޢުގެ ދަށުން ޤާއިމްކޮށްފައިވާ ޑްރެއިނޭޖް ސިސްޓަމަކީ އައްޑޫ ސިޓީގެ 6 އަވަށް އެކުލެވޭނެހެން ޤާއިމްކޮށްފައިވާ ނިޒާމެކެވެ.
މީގެއިތުރުން މިހާރު ތާރު އަޅާފައިވާ މަގުތަކުގެ ޙާލަތު ރަގަޅުކުރުމަށްޓަކައި 3.4 ކިލޯ މީޓަރުގެ މަގު އަލުން ރިސަރފެސްވެސް ވަނީ ކޮށްފައެވެ. މިމަޝްރޫޢުގެ ތެރެއިން މުޅި އައްޑޫ ސިޓީގެ ހުރިހާ ރަށަކަށް ބޭނުންވާ މަގުބައްތިތަކާއި އަދި ސަލާމަތީ ޚިދުމަތްތަކަށް ބޭނުންވާ ސަވައިލަންސް ކެމެރާތައް މަގުގެ އެކި ސަރަޙައްދުތަކުގައިވަނީ ހަރުކޮށްފައެވެ. މިމަޝްރޫޢުގެ ތެރެއިން ހިތަދޫ ގައުކެނޑެ ސަރަޙައްދުން ފެށިގެން މަރަދޫއަށް ހަންކެނޑެ ހުރަސްކޮށް 4 ލޭންގެ މައްޗަށް އެކުލެވޭ ގޮތަށް 1.463 ކިލޯމީޓަރުގެ އައުމަގެއް ހަދައި ވަނީ ޓްރެފިކަށް ހުޅުވާލާފައެވެ.
މިމަޝްރޫޢުތަކުގެ އިތުރަށް މިއަދު ވަނީ އައްޑޫ ސިޓީ ހިތަދޫގައި ތަރައްޤީކޮށްފައިވާ އައުޓް ޑޯ 2 ޖިމާއި، އައްޑޫ ސިޓީ ހިތަދޫގައި ތަރައްޤީކޮށްފައިވާ ސްމޯލް ސްކޭލް ފިޝް ޕްރޮސެސިން ޕްލާންޓާއި، ގދ. ވާދޫގައި ތަރައްޤީކޮށްފައިވާ އައުޓްޑޯ ޖިމުގެ މަސައްކަތުގެ ނިމުންވެސް ފާހަގަކޮށްފައެވެ. އަދި ގދ. ގެމަނަފުށީގައި ތަރައްޤީކޮށްފައިވާ ޔޫތު ސެންޓަރާއި ށ. ކަނޑިތީމުގައި ތަރައްޤީކޮށްފައިވާ ވޮލީ ކޯޓުގެ މަސައްކަތުގެ ނިމުންވެސް ފާހަގަކޮށްދެއްވާފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
