
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގައި ކާޑުބަލި ޖެހިފައިވާ ކުޑަކުދިންނަށް ފަރުވާ ދިނުމަށް ބޭނުންކުރާ ޚާއްޞަ ކާބޯތަކެތި ހުސްވުމުގެ ބިރުބޮޑުވެފައިވާކަމަށް، އދ.ގެ އެހީ ދޭ ޖަމުޢިއްޔާއިން ބުނެފިއެވެ. އުރުދުންގައި ހުންނަ ޔުނިސެފް އޮފީހުގެ ތަރުޖަމާނު، ސަލީމް އުވެއިސް ވިދާޅުވީ، ކާޑުބަލި ޖެހިފައިވާ ކުޑަކުދިންނަށް ފަރުވާ ދިނުމަށް ބޭނުންކުރާ ‘ރެޑީ ޓު ޔޫސް ތެރަޕިޔުޓިކް ފުޑް (އާރުޓީޔޫއެފް) އަންނަ އޯގަސްޓް މަހުގެ މެދު ތެރޭގައި މުޅި ޣައްޒާއިން ހުސްވާނެ ކަމަށެވެ. އޭނާ ވަނީ، މިއީ ޣައްޒާގައި މި ވަގުތު ތިބި ކާޑުބަލި ޖެހިފައިވާ ކުޑަކުދިންނަށް ވަރަށް ބިރުވެރި ޙާލަތެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.
ހަށިގަނޑަށް ބޭނުންވާ ހަކަތަ އުފައްދާއާރުޔޫޓީއެފްގައި ބިސްކޯދާއި ހިކި ކިރުން އިން މުއްސަނދިކޮށްފައިވާ ޕީނަޓް ޕޭސްޓް އަކީ ކާދުބަލި ޖެހިފައިވާ ކުޑަކުދިންނަށް ފަރުވާ ދިނުމަށް ވަރަށް މުހިންމު އެއްޗެކެވެ. ދުނިޔޭގެ ސިއްޙަތު ޖަމުޢިއްޔާ، ޑަބްލިޔުއެޗްއޯއިން ބުނީ، ޣައްޒާގެ ގުދަންތަކުގައި ހުރި އާރުޓީޔޫއެފް ވަގުތުން ވަގުތަށް އައު ނުކޮށްފިނަމަ، ވަރަށް އަވަހަށް ހުސްވާނެ ކަމަށެވެ. 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ފެށި ޤަތުލުޢާންމުގެ ދަށުން މި އަހަރުގެ މާރިޗު މަހުގެ 2ވަނަ ދުވަހަށް ފަހު ޣައްޒާގެ ފުރަބަންދު އޮތީ ހަރުކަށި ކޮށްފައެވެ. އަދި، ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމަށް ހުރަސް އަޅާފައެވެ. އެއާ އެކު، ޣައްޒާގެ ކުޑަކުދިން ވަނީ ފައިދާހުރި ކާނާއިން މަޙްރޫމުވެފައެވެ.
ޣައްޒާގެ މެދުތެރޭގެ ސަރަޙަައްދުތަކުގައި ކާޑުބަލިޖެހިފައިވާ ކުޑަކުދިންގެ އަދަދު އިތުރުވަމުން އަންނަކަމަށް، ކުޑަކުދިންނަށް އެހީދޭ ބައިނަލްއަޤުވާމީ ޖަމުޢިއްޔާއެއް ކަމަށްވާ “ސޭވް ދަ ޗިލްޑްރަން” އިން ބުނެފައިވާއިރު، ފެބްރުއަރީ މަހުން ފެށިގެން އަމިއްލައަށް އާރުޓީޔޫއެފް ގެނެވޭ ގޮތެއް ނުވެ، އދ.ގެ އެހީއަށް ބަރޯސާވެފައިވާ ކަމަށެވެ. މިގޮތުން، އދ.ގެ މައި ޖަމުޢިއްޔާއިން އާރުޓީޔޫއެފް ހުސްވެއްޖެނަމަ، އެ ޖަމުޢިއްޔާގެ އެހީއަށް ބަރޯސާވެގެންތިބި އެހެނިހެން ޖަމުޢިއްޔާތަކަށް ވެސް އެކަމުގެ ނޭދެވޭ އަސަރުކުރާނެކަމަށް ސޭވް ދަ ޗިލްޑްރަންގެ އޮފިޝަލަކު ވިދާޅުވިއެވެ.
ޔުނިސެފުން ބުނީ އޭޕްރީލް މަހުން ފެށިގެން ޖުލައި މަހުގެ މެދަކާ ހަމައަށް ޖުމްލަ، 20،504 ކުޑަކުދިންނަށް ހަށިގަނޑަށް އެކަށީގެންވާ މިންވަރަށް ކާނާ ނުލިބިގެން އެޑްމިޓްކޮށްފައިވާ ކަމަށެވެ. އެ ކުދިންގެ ތެރެއިން 3،247 ކުދިންގެ ހާލު ސީރިއަސްކަމަށް ޔުނިސެފުން ބުނާއިރު، މިއީ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ހުރި އަދަދަށް ވުރެ ގާތްގަނޑަކަށް ތިންގުނަ އިތުރު އަދެދެކެވެ. ޑަބްލިއުއެޗްއޯއިން ބުދަ ދުވަހު ބުނީ، މި އަހަރުގެ މިހާތަނަށް ކާނާ ނުލިބުމުގެ ސަބަބުން މަރުވި މީހުންގެ ތެރޭގައި ފަސް އަހަރުން ދަށުގެ 21 ކުޑަކުއްޖަކު ހިމެނޭ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
