
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާއަށް އެމެރިކާއިން ފޮނުވާ އެހީގެ ސާމާނު، ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން ލޫޓުވާކަމުގެ އެއްވެސް ހެއްކެއް، އެމެރިކާއިން ކުރި ތަޙުޤީޤަކުން ލިބިފައިނުވާކަން ހާމަވެއްޖެއެވެ. މާރިޗު 2ވަނަ ދުވަހު ޔަހޫދީން ޣައްޒާގެ ފުރަބަންދު ހަރުކަށި ކޮށްފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ހިންގަމުންދާ ޤަތުލުޢާންމުގެ ދަށުންނެވެ. ޣައްޒާގައި ހައިހޫނުގައި ޖައްސާފައިވާ މީހުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެ ސަހަރަށް އެތެރެ ކުރުމަށް ޔަހޫދީން އޮތީ ހުރަސް އަޅާފައެވެ. މި ވަގުތު މަދު އަދަދެއްގެ ކާބޯތަކެތި އެތެރެ ކުރަނީ ޣައްޒާ ހިޔުމެނިޓޭރިޔަން ފައުންޑޭޝަން (ޖީއެޗްއެފު)ން އެކަންޏެވެ. އެއީ، ކާބޯތަކެތި ބެހުމުގެ މަސައްކަތް ޔަހޫދީންގެ އަތްދަށަށް ގެންދިޔުމަށް، އެ މީހުންގެ އެންމެ ބޮޑު މަދަދުގާރު، އެމެރިކާއާ ގުޅިގެން އުފައްދާފައިވާ ޖަމުޢިއްޔާއެކެވެ. އެ ޖަމުޢިއްޔާ، ޔަހޫދީންގެ ސިފައިންގެ ބެލުމުގެ ދަށުން ހިންގާ ގޮތަށް ހަމަޖެއްސީ، ޙަމާސުން އެހީގެ ސާމާނު ލޫޓުވާކަމަށް ބުނެއެވެ.
މީގެ ކުރިން ރިޕޯޓްކޮށްފައި ނުވާ މި ތަހުޤީޤު ކުރިއަށް ގެންގޮސްފައިވަނީ އެމެރިކާގެ އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއެއިޑް)ގެ ތެރޭގައި ހިމެނޭ އިދާރާއަކުން މިދިޔަ ޖޫން މަހުގެ ތެރޭގައެވެ. އެއީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހާއި މި މެއި މަހުގެ ތެރޭގައި އެމެރިކާގެ އެކިއެކި އެހީ ދޭ ޖަމުޢިއްޔާތަކުން، އެހީ ލޫޓުވައިގެން ރިޕޯޓުކޮށްފައިވާ ރިޕޯޓްކޮށްފައިވާ 156 ހާދިސާއެއްގެ މައްޗަށް ކުރި ތަހުޤީޤެކެވެ. އެމެރިކާއިން ޣައްޒާއިން ފޯރުކޮށްދިން އެހީގެ ސާމާނުގެ ނާޖާއިޒު ފައިދާއެއް ޙަމާސަށް ލިބުނުކަމުގެ ހެއްކެއް ނެތް ކަމަށް އެ ރިޕޯޓާ ޙަވާލާދީ ރޮއިޓަރސް ނޫހުން ރިޕޯޓުކޮށްފައިވެއެވެ. އެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ހޯދުންތައް ދޮގުކޮށް، އެމެރިކާގެ ޚާރިޖީ ވުޒާރާއިން ބުނީ، ޙަމާސުން އެހީގެ ސާމާނު ލޫޓުވާ ވީޑިއޯ ހެކި ވެސް އެބަހުރި ކަމަށެވެ. ނަމަވެސް، އެ ވީޑއޯތަކެއް ޙިއްސާކޮށްފައެއް ނުވެއެވެ.
މި ހޯދުންތައް ޔޫއެސްއޭއައިޑީގެ އިންސްޕެކްޓަރު ޖެނެރަލް އޮފީހާއި މެދުއިރުމައްޗަށް ޚާއްސަ ޚާރިޖީ އޮފިޝަލުންނާ ހިއްސާކޮށްފައިވާ ކަމަށް މިކަން އެނގޭ ދެ މަސްދަރަކުން ބުނެފައިވެއެވެ. ޔަހޫދީން ޣައްޒާއަށް އެހީގެ ސާމާނު ވެެއްދުން ހަނިކުރުމާގުޅިގެން ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ލިބުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހުމުން ބައިނަލްއަޤްވާމީ އެހީދޭ ޖަމާޢަތްތަކުން ވަނީ އެ ކަމާމެދު ކަންބޮޑުވުން ފާޅުކޮށް، ލަހެއް ނުވެ ނުވެ ޣައްޒާގެ ރައްޔިތުން ބަނޑަށް ޖެހި މަރުވާން ފަށާނެ ކަމުގެ އިންޒާރު ދީފައެވެ. އެ އިންޒާރު މިހާރު ހަޤީޤަތަކަށް ވެފައިވާއިރު، ޣައްޒާގެ އާއްމު ރައްޔިތުންނެކޭ އެއްގޮތަށް ނޫސްވެރިންނާއި އިންސާނީ އެހީ ފޯރުކޮށްދޭ ޚިދުމަތްތެރިން ވެސް ދަނީ އިންތިހާ ދަރަޖައަށް ބަނޑުހައިހޫނުކަން ތަހައްމަލް ކުރަމުންނެވެ.
އދ.އިން ބުނާ ގޮތުގައި، ޖީއެޗްއެފުން އެހީ ބަހާ މަރުކަޒުތަކަށް އެއްވާ މީހުންނަށް ޙަމަލާދީ، މިހާތަނަށް ޝަހީދުކޮށްލާފައިވާ ފަލަސްޠީނުގެ ނިކަމެތި ރައްޔިތުންގެ އަދަދު ވަނީ 1،000އަށް ވުރެ މަތިވެފައެވެ. އެ ތަހުޤީޤުގައި ބުނެފައިވާ ގޮތުގައި، އެހީގެ ސަމާނު ލޫޓުވައިގެން ރިޕޯޓުކޮށްފައިވާ 156 ހާދިސާގެ ތެރެއިން 44 ހާދިސާއެއް ހިނގަން މެދުވެރިވީ، ސީދާ ޔަހޫދީންގެ އިހުމާލުންނެވެ. މިގޮތުން، އިންޒާރުތަކަށް ނުބަލައި، އެހީގެ ސާމާނު އުފުލައި ލޮރީތައް، ލޫޓުވާ މީހުންގެ ނުރައްކާ އޮތް ސަރަޙައްދުތަކުން ދަތުރުކުރާ ގޮތަށް ޔަހޫދީން ހަމަޖެއްސުމަކީ، އޭގެތެރެއިން ގިނަ ހާދިސާތައް ހިނގަން މެދުވެރިވި މައިގަނޑު ސަބަބުގެ ގޮތުގައި އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
