
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ކެމްބޯޑިޔާއާ އެކު ހިނގަމުންދާ ކުރިމަތިލުންތައް ހުއްޓައިލުމަށް ކުރެވޭ އެއްވެސް މަޝްވަރާއެއްގައި، ތިން ވަނަ ޤައުމަކުން މެދުވެރިއެއްގެ ދަޢުރު އަދާކުރަން ބޭނުންނުވާ ކަމަށާއި، އެ މަޝްވަރާތައް ބާއްވަންޖެހޭނީ ސީދާ ދެ ޤައުމުގެ މެދުގައި ކަމަށް ތައިލެންޑުގެ ޚާރިޖީ ވުޒާރާއިން ބުނެފިއެވެ. ހަނގުރާމަތީ މަތިންދާބޯޓެއް ބޭނުންކޮށްގެން ކެމްބޯޑިޔާގެ ސަރަޙައްދަކަށް ބޮން އަޅައި، ދެ ޤައުމުގެ ސަރަޙައްދީ ރޮނގު ކައިރީގައި މިލްކުވެރިކަމާ މެދު ސުވާލު އުފެދި، ނުތަނަވަސްކަމުގެ ތެރޭގައި އެތައް ހަފްތާއެއްވެފައިވާ މައްސަލަ ބޮޑު ކުރިމަތިލުމަކަށް ބަދަލުވެ، ދެ ޤައުމުން ވެސް ފާއިތުވި ދެ ދުވަހު ދަނީ ޙަމަލާތައް ބަދަލުކުރަމުންނެވެ. ފާއިތުވި 10 އަހަރު ދުވަހުގެ ތެރޭގައި ދެ ޤައުމުގެ މެދުގައި ބަދަލުކުރަމުންދާ އެންމެ ވަރުގަދަ ޙަމަލާތަކުގައި ތައިލެންޑުގައި މިހާތަނަށް 16 މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ގިނައީ އާންމުން ކަމަށް ތައިލެންޑުގެ ސަރުކާރުން ބުނެފައިވެއެވެ.
މަސްރަޙު ފިނިކޮށް، ސުލްޙަ ޤާއިމުކުރުމުގެ މަޝްވަރާތަކުގައި މެދުވެރިއެއްގެ ދަޢުރު އަދާކުރަން އެމެރިކާ، ޗައިނާ އަދި މެލޭޝިޔާއިން ވެސް ހުށަހަޅާފައިވާ ކަމަށާއި، ނަމަވެސް ކުރެވޭ މަޝްވަރާއެއްގައި އެއްވެސް މެދުވެރިއެއް ބޭނުންނުވާކަމަށް ތައިލެންޑުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ނިކޯންޑޭޖް ބަލަންކުރާ ރޮއިޓަރސް ނޫހަށް ވިދާޅުވިއެވެ. “ކުރެވޭ މަޝްވަރާއަކަށް މިވަގުތު އެއްވެސް މެދުވެރިއެއް ބޭނުންވާ ކަމަކަށް ނުދެކެން،” އެ ނޫހަށް ދެއްވި ބަސްދީގަތުމެއްގައި އޭނާ ވިދާޅުވިއެވެ. ޙަމަލާތައް ބަދަލުކުރަން ފަށާފައިވަނީ، ސަރަޙައްދީ ރޮނގުގެ މިލްކުވެރިކަމާ މެދު ދެ ޤައުމުގެ ދެމެދުގައި އޮތް ދެބަސްވުންތަކާ ގުޅިގެން މަސްރަޙު ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ. ދެެ ޤައުމުގެ ސަރަޙައްދީ ރޮނގު ބަލަހައްޓާ ސިފައިންގެ މެދުގައި ހުސްވި މޭ މަހުގެ 28ވަނަ ދުވަހު ކުރިމަތިލުންތަކެއް ހިނގައި، ޙަމަލާ ބަދަލު ކޮށްފައިވެއެވެ. އެ ހާދިސާގައި ކެމްބޯޑިޔާ ސިފައިންގެ މީހަކު ވަނީ މަރުވެފައެވެ.
އިއްޔެއިން ފެށިގެން ބަދަލުކުރަމުންދާ ޙަމަލާތަކުގައި އެއް ޤައުމުން އަނެއް ޤައުމަށް ދަނީ މަސްރަޙު އިތުރަށް ގޯސްކުރާކަމުގެ ތުހުމަތު އަމާޒުކުރަމުންނެވެ. މިކަމާ ގުޅޭގޮތުން ކެމްބޯޑިޔާގެ ސަރުކާރުން އަދި ރަސްމީކޮށް އެއްޗެއް ބުނެފައިނުވިނަމަވެސް، އެ ޤައުމުގެ ބޮޑުވަޒީރު ހަން މަނެޓް ވަނީ، އދ. ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައި، ކެމްބޯޑިޔާގެ މިނިވަންކަމާއި އިސްތިޤުލާލަށް ތައިލެންޑުން ދިން ޙަމަލާތަކުގެ މައްސަލަ ބަލަން ގޮވާލައްވައިފައެވެ. މި މައްސަލައާ ގުޅޭގޮތުން، އާންމުކޮށް ހުޅުވާނުލައި، ބައްދަލުވުމެއް ބާއްވާނެކަމަށް އދ.ގެ ސަލާމަތީ މަޖިލީހުން ވަނީ ބުނެފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
