
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ސޫރިޔާ އަލުން އާރާސްތުކުރުމަށް އެހީތެރިވެ ދިނުމަށް، ސަޢޫދީ ޢަރަބިއްޔާގެ ވިޔަފާރިވެރިން، ސޫރިޔާގައި ފަސް ބިލިއަން ޑޮލަރު އިންވެސްޓުކުރަން ނިންމާފައިވާކަން އިޢުލާނުކޮށްފިއެވެ. ސަޢޫދީގެ އިންވެސްޓްމަންޓާބެހޭ ވަޒީރު ޚާލިދު އަލް ފާލިހު އިސްކޮށް ހުންނަވައިގެން ސަޢޫދީގެ ސަރުކާރު އަދި އަމިއްލަ ވިޔަފާރިތަކުގެ 150 އެއްހާ އިންވެސްޓަރުންނާއި މަންދޫބުންގެ ވަފުދު ވަނީ ދިމިޝްޤުގައި ބޭއްވި ފޯރަމެއްގައި ބައިވެރިވެވަޑައިގެންފައެވެ. މި ފޯރަމްގެ ތެރެއިން އިޢުލާނުކުރި 19 ބިލިއަން ސަޢޫދީ ރިޔާލް (ގާތްގަނޑަކަށް ފަސް ބިލިއަން ޑޮލަރު) އިންވެސްޓްމަންޓްތަކުގެ ދާއިރާތަކުގެ ތެރޭގައި ރިއަލް އެސްޓޭޓް، އުމްރާނީ ތަރައްޤީ، މުވާސަލާތީ އަދި އައިޓީ، ދަތުރުފަތުރު، ފަތުރުވެރިކަން، ހަކަތަ، އަދި ވިޔަފާރިފަދަ މުހިންމު ދާއިރާތަކެއް ހިމެނޭކަމަށް އިންވެސްޓްމަންޓާބެހޭ ވުޒާރާގެ ބަޔާނަކާ ޙަވާލާދީ އޭއެފްޕީން ރިޕޯޓްކޮށްފައިވެއެވެ.
މި ފޯރަމްގެ މަޤުޞަދަކީ، އެއްބާރުލުން އިތުރުކޮށް، ފުރުޞަތުތައް ފަހިކޮށްދީ، ދެމެހެއްޓެނިވި ތަރައްޤީ ގެނައުމުގައި ދެ ޤާއުމުގެ މަސްލަޙަތު ހިމާޔަތްކޮށް، ކުރިއެރުވޭ އެއްބަސްވުންތަކެއްގައި ސޮއިކުރުން ކަމަށް އެ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުންޏެވެ. ސަޢޫދީގެ ވަފުދުގެ މި ދަތުރުފުޅުގައި ސޫރިޔާގެ އިޤްތިޞާދީ ކުރިއެރުމާއި އެ ޤައުމު އަލުން ބިނާކުރުމުގެ މަސައްކަތްތަކަށް ސަޢޫދީގެ އެހީތެރިކަން ފުޅާކުރަން ބޭނުންވާކަން ހާމަވެގެން ގޮސްފައިވެއެވެ. މި ދަތުރުގެ ތެރެއިން އަލް-ފާލިޙާއި ސޫރިޔާގެ އިޤްތިޞާދީ ވަޒީރު މުޙައްމަދު ނިދާލް އަލްޝަޢުރު ވަނީ ސޫރިޔާގައި ފުރަތަމަ ފައިހާ ހުދު ސިމެންތި އުފައްދާ ކާރުޚާނާ އިފްތިތާޙުކޮށްފައެވެ. ސަޢޫދީ އަރަބިއްޔާގެ ނޯދަން ރީޖަން ސިމެންތި ކުންފުނިން 20 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއްގެ އެހީގައި އުފައްދާފައިވާ މި ކާރުޚާނާގައި 1،000 އަށް ވުރެ ގިނަ ވަޒީފާގެ ފުރުޞަތު ފަހިކޮށްދިނުމުގެ އިތުރުން އެންމެ މަތީ ފަންތީގެ ހުދު ސިމެންތި އުފެއްދުމަށް ވަނީ ހަމަޖެހިފައެވެ.
އަދި ސޫރިޔާގެ ވެރިރަށް ދިމިޝްޤުގެ މެދުތެރޭގައި، 32 ބުރީގެ އުސް އިމާރާތެއް ކަމަށްވާ އަލް ޖައުހާރާ ޓަވަރު އެޅުމަށް ވެސް ސަޢޫދީން ފައިސާ ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. 100 މިލިއަން ޑޮލަރަށް ވުރެ ބޮޑު ޚަރަދެއް ކުރާނެ ކަމަށް ލަފާކުރެވޭ 25،000 އަކަމީޓަރުގެ މި މަޝްރޫއަކީ ސޫރިޔާގައި، ސަޢޫދީން ކުރާ އެންމެ މުހިންމު އެއް އިންވެސްޓްމަންޓެވެ. ސޫރިޔާގައި މި ވަގުތު ވެރިކަން ކުރަމުން ދަނީ ނިރުބަވެރި ޖަމާޢަތް، ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސު)ން ޤާއިމު ކޮށްފައިވާ ސަރުކާރަކުންނެވެ. ސޫރިޔާގެ އިންތިޙާބީ ރައީސް ބައްޝާރް އަލް-އަސަދުގެ ސަރުކާރު ވައްޓައިލާފައި ވަނީ އެޗްޓީއެސުން ކުރި ބަޣާވާތަކުންނެވެ. އެއީ، 2024ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 8ވަނަ ދުވަހުއެވެ. އެޗްޓީއެސްގެ ފައުޖުން ދިމިޝްޤަށް އަރައިގަތުމުން އަސަދު ވަނީ ފިއްލަވައިގެން ރަޝިޔާއަށް ވަޑައިގަންނަވައި، މޮސްކޯއިން ޙިމާޔަތް ހޯއްދަވާފައެވެ. އެއާ އެކު، ސުރިޔާގައި 14 އަހަރަށް ދެމިގެން ދިޔަ އަހުލީހަނގުރާމައަށް ވެސް ވަނީ ނިމުމެއް އައިސްފައެވެ.
އަސަދުގެ ސަރުކާރު ވައްޓައިލުމަށް ފަހު ސޫރިޔާގައި ވެރިކަން ކުރަމުންދާ އެޗްޓީއެސްގެ ސަރުކާރަށް އެންމެ ބޮޑަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދެމުންދާ ގަލްފުގެ ޤައުމުތަކުގެ ތެރޭގައި ސަޢޫދީ ޢަރަބިއްޔާއާއި ޤަޠަރު ހިމެނެއެވެ. އެޗްޓީއެސްގެ ސަރުކާރަށް ސަޢޫދީ ޢަރަބިއްޔާއާއި ޤަޠަރުން ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުންދާ ކަމުގެ އަނެއް ހެއްކަކީ، ވަރލްޑް ބޭންކުގައި އޮތް ސޫރިޔާގެ ދަރަނި އެ ދެ ޤައުމުން ގުޅިގެން ދައްކައި، ޚަލާޞް ކޮށްދިނުމެވެ. ސޫރިޔާގެ ސަރުކާރުން ވަރލްޑް ބޭންކަށް ދައްކަން ޖެހޭ 15 މިލިޔަން އެމެރިކާ ޑޮލަރު ސަޢޫދީ ޢަރަބިއްޔާއާއި ޤަޠަރުން ޚަލާޞް ކޮށްދީފައި ވަނީ ހުސްވި މޭ މަހުގެ މެދުތެރޭގައެވެ. ސޫރިޔާގެ ސަރުކާރުން މި މަހު އެ ޤައުމުގެ އިންވެސްޓްމަންޓް ޤާނޫނަށް ގެނައި އިސްލާޙުގެ ސަބަބުން، އެ ޤައުމުގެ އެތެރޭގެ އަދި ބޭރުގެ އިންވެސްޓްމަންޓަށް އިތުރު އެހީތެރިކަމެއް ލިބޭނެ ކަމަށް ބެލެވެއެވެ.
2011 ވަނަ އަހަރު ސޫރިޔާގެ ދާޚިލީ ހަމަނުޖެހުންތައް ފެށުމުގެ ކުރިން، ސަޢޫދީއާ އެކު ވިޔަފާރީގެ ގޮތުން ވަރުގަދަ ގުޅުމެއް އޮތްއިރު، 2010 ވަނަ އަހަރު ދެ ޤައުމުގެ ވިޔަފާރި ގާތްގަނޑަކަށް 1.3 ބިލިއަން ޑޮލަރަށް އަރާފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
