
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ހަނގުރާމަތީ މަތިންދާބޯޓެއް ބޭނުންކޮށްގެން ކެމްބޯޑިޔާގެ ސަރަޙައްދަކަށް ބޮން އަޅައި، ދެ ޤައުމުގެ ސަރަޙައްދީ ރޮނގު ކައިރީގައި މިލްކުވެރިކަމާ މެދު ސުވާލު އުފެދި، ނުތަނަވަސްކަމުގެ ތެރޭގައި އެތައް ހަފްތާއެއްވެފައިވާ މައްސަލަ ބޮޑު ކުރިމަތިލުމަކަށް ބަދަލުވެއްޖެއެވެ. ތައިލެންޑުގެ ހަނގުރާމަމަތީ ހަ މަތިންދާބޯޓެއް، ކެމްބޯޑިޔާ އާ ގުޅޭ ސަރަޙައްދީ ރޮނގު ކައިރިއަށް ފޮނުވާފައިވަނިކޮށް، އޭގެ ތެރެއިން އެއް މަތިންދާބޯޓު ވަނީ ކެމްބޯޑިޔާގެ އަސްކަރީ މަރުކަޒަަކަށް ބޮން އަޅައިފައެވެ. އެ ހާދިސާގައި 12 މީހުން މަރުވެފައިވާއިރު، އޭގެތެރެއިން 11 މީހުންނަކީ އާންމުން ކަމަށް ކެމްބޯޑިޔާއިން ވަނީ ބުނެފައެވެ.
ތައިލެންޑުގެ އަސްކަރިއްޔާގެ ތަރުޖަމާނުގެ ނައިބު ރިޗާ ސުކްސުވަނަން ވިދާޅުވީ، ކުރިންވެސް ރާވާފައިވާ ގޮތަށް، ވައިގެ މަގުން ކެމްބޯޑިޔާގެ އަސްކަރީ މަރުކަޒުތަކަށް ޙަމަލާތައް އަމާޒުކޮށްފައިވާ ކަމަށެވެ. ނަމަވެސް، ކެމްބޯޑިޔާގެ ދިފާޢީ ވުޒާރާއިން ބުނީ، ތައިލެންޑުން ދިން ވައިގެ ޙަމަލާއެއް، އާންމުން ބޭނުންކުރާ މަގަކަށް އަމާޒުކޮށްފައިވާ ކަމަށާއި، މިއީ ކެމްބޯޑިޔާގެ މިނިވަންކަމާއި އިސްތިޤުލާލަށް ދިން ޙަމަލާއެއް ކަމަށެވެ. މި ޙަމަލާއާ ގުޅިގެން ދެ ޤައުމުން ވަނީ ސަރަޙައްދީ ރޮނގު ބަންދުކޮށްފައެވެ. ސަރަޙައްދީ ރޮނގުގެ މިލްކުވެރިކަމާ މެދު ދެ ޤައުމުގެ ދެމެދުގައި އޮތް ދެބަސްވުންތަކާ ގުޅިގެން މަސްރަޙު ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ. ދެެ ޤައުމުގެ ސަރަޙައްދީ ރޮނގު ބަލަހައްޓާ ސިފައިންގެ މެދުގައި ހުސްވި މޭ މަހުގެ 28ވަނަ ދުވަހު ކުރިމަތިލުންތަކެއް ހިނގައި، ޙަމަލާ ބަދަލު ކޮށްފައިވެއެވެ. އެ ހާދިސާގައި ކެމްބޯޑިޔާ ސިފައިންގެ މީހަކު ވަނީ މަރުވެފައެވެ.
މި ހަމަނުޖެހުންތައް ފެށިގެން އައީ މިއަދުގެ ވަގުތެއްގައި ތައިލެންޑްގެ ވެރިރަށް ބެންކޮކްގެ އިރުމަތިން ގާތްގަނޑަކަށް 360 ކިލޯމީޓަރު ދުރުގައި އޮންނަ ކެމްބޯޑިޔާ އާއި ތައިލެންޑްގެ ސަރަޙައްދީ ރޮނގު ކައިރީގައި ހުންނަޓާ މޯއަން ތޮމް ފައްޅި ކައިރީގައެވެ. ތައިލެންޑްގެ ސިއްޙަތާބެހޭ ވަޒީރު ސޮމްސާކް ތެޕްސުތީން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ސަރަޙައްދީ ރޮނގު ކައިރީގައި އޮންނަ ތިން ސަރަޙައްދެއްގައި މީހުން މަރުވެފައިވާ ކަމަށާއި އޭގެ ތެރޭގައި ސޫރިންގައި އަށް އަހަރުގެ ކުއްޖަކު ވެސް ހިމެނޭ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ ކެމްބޯޑިޔާއިން ސޫރިންގައި ހުންނަ ހޮސްޕިޓަލަކަށް ވެސް ޙަމަލާދީފައިވާ ކަމަށާއި މިއީ ހަނގުރާމައިގެ ތެރެއިން ހިންގާފައިވާ ޖަރީމާއެއްގެ ގޮތުގައި ބަލަން ޖެހޭ ކަމަށެވެ.
ތައިލެންޑުގެ އަސްކަރިއްޔާއިން ބުނީ، ކެމްބޯޑިޔާއިން ޓާ މޯއަން ތޮމް ފައްޅި ކައިރީގައި އޮންނަ ސަރަޙައްދަކަށް ރޮކެޓް ހިމެނޭ ގޮތަށް ބަރު ހަތިޔާރާއެކު ސިފައިން ފޮނުވުމުގެ ކުރިން ޑްރޯން ބޭނުންކޮށްގެން، އެ ސަރަޙައްދުގައި ޖާސޫސީ ހަރަކާތްތައް ހިންގާފައިވާ ކަމަށެވެ. ނަމަވެސް ކެމްބޯޑިޔާގެ ދިފާޢީ ވުޒާރާގެ ތަރުޖަމާނަކު ވިދާޅުވީ ކެމްބޯޑިޔާގެ ސިފައިން އަމިއްލަ ދިފާޢުގައި ރައްދު ޙަމަލާތައް ދޭންޖެހުނީ، ތައިލެންޑުގެ ސިފައިން، ކެމްބޯޑިޔާގެ ސަރަޙައްދަށް ވަދެގަތުމުން ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
