
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
މެލޭޝިޔާގައި ދިރިއުޅުމުގެ ޚަރަދު ބޮޑުވަމުންދާތީ، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން އެ ޤައުމުން ފިޔަވަޅުތަކެއް އިޢުލާނުކޮށްފިއެވެ. ދިރިއުޅުމުގެ ޚަރަދު ބޮޑުވާތީ އެ ކަމާމެދު ހިތްހަމަނުޖެހި މެލޭޝިޔާގެ ރައްޔިތުން މުޒާހަރާ ކުރުމަށް ތައްޔާރުވަމުން ދަނިކޮށް، މެލޭޝިޔާގެ ބޮޑުވަޒީރު، އަންވަރު އިބްރާޙިމް ވަނީ ޓީވީ މެދުވެރިކޮށް ޤައުމާ މުހާތަބުކުރައްވައިފައެވެ. އަންވަރު ވަނީ އެ ޤައުމުގެ 18 އަހަރު ފުރިފައިވާ ކޮންމެ ރައްޔިތަކަށް ފައިސާގެ އިނާޔަތެއް ދިނުމަށް ނިންމަވާފައިވާކަން އިޢުލާނުކުރައްވައިފައެވެ. އެ ގޮތުން ކޮންމެ ރައްޔިތަކަށް 100 ރިންގިޓު (23.47 އެމެރިކާ ޑޮލަރު)ގެ މަގުން އޮގަސްޓު މަހުގެ 31ވަނަ ދުވަހު ފައިސާ ބަހަން ފަށާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެއާއެކު ރައްޔިތުންނަށް މި އިނާޔަތް ދިނުމަށް މެލޭޝިޔާގެ ސަރުކާރުން 15 ބިލިޔަން ރިންގިޓް ނުވަތަ 3.55 ބިލިޔަން އެމެރިކާ ޑޮލަރު ޚަރަދުކުރާނެއެވެ. އެއީ މި އަހަރަށް ކަނޑައަޅާފައިވާ 13 ބިލިޔަން ރިންގިޓަށްވުރެ ދެ ބިލިޔަން ރިންގިޓު އިތުރު ޢަދަދެކެވެ. މި ފައިސާއަކީ ޤަވާއިދުން ދިނުމަށް ހަމަޖެހިފައިވާ ފައިސާއެއް ނޫނެވެ.
އޭގެ އިތުރުން މެލޭޝިޔާގައި ތެލުގެ އަގު ދަށް ކުރުމަށް މަސައްކަތްކުރައްވާނެ ކަމަށް ވެސް އަންވަރު ވަނީ ވަޢުދުވެވަޑައިގެންފައެވެ. މެލޭޝިޔާގައި އާއްމު ދަތުރުފަތުރަށް ބޭނުންކޮށްއުޅޭ އާރުއޯއެން95 ތެލަކީ ސަރުކާރުން ސަބްސިޑީ ދޭ ތެލެކެވެ. ނަމަވެސް ތެލަށް ސަބްސިޑީ ދޭ އުސޫލަށް މި އަހަރުގެ ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން ބަދަލުގެންނަވާނެ ކަމަށް އަންވަރު ވަނީ ވިދާޅުވެފައެވެ. މި އުސޫލަށް ބަދަލުގެނައުމާއެކު މިހާރު 2.05 ރިންގިޓަށް ލިޓަރެއް ވިއްކަމުންދާ މި ތެލުގެ އަގު، ލިޓަރެއް 1.99 ރިންގިޓަށް ދަށްވާނެ ކަމަށް އަންވަރު ވިދާޅުވިއެވެ. އުސޫލަށް ގެންނަ ބަދަލުގެ ދަށުން މެލޭޝިޔާގައި ދިރިއުޅޭ ބޭރު ޤައުމުތަކަށް ނިޞްބަތްވާ މީހުން ތެޔޮ ގަންނަން ޖެހޭނީ ތެލުގެ އަސްލު އަގުގައި ކަމަށާއި އެ އަގުގައި ސަބްސިޑީ ނުހިމެނޭނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެ ގޮތަށް އުސޫލު ތަންފީޒު ކުރައްވާނީ ކިހިނެތް ކަމެއް އަންވަރު ވިދާޅުވެފައެއް ނުވެއެވެ.
ޤައުމަށް ލިބޭ އާމްދަނީ އިތުރުކޮށް އުފެއްދުންތެރިކަމުގެ ނިޞްބަތް އިތުރުކުރުމަށް އަންވަރުގެ ސަރުކާރުން މި އަހަރުގެ ތެރޭގައި ގިނަ ފިޔަވަޅުތަކެއް އަޅާފައިވެއެވެ. އެ ގޮތުން މަސައްކަތްތެރިންނަށްދޭ އެންމެ ކުޑަ މުސާރައިގެ ޢަދަދު މަތިކުރުމާއި ގިނައިން ކަރަންޓު ބޭނުންކުރާ މީހުންގެ އަތުން ޓެކްސް ނަގައި މިންވަރު އިތުރުކުރުމާއި މުދަލާއި ޚިދުމަތްތަކުން ޓެކްސް ނަގާ މިންވަރަށް ވަނީ ބަދަލުގެނެސްފައެވެ. އަންވަރު ވިދާޅުވީ އެ ފިޔަވަޅުތައް އަމާޒު ވަނީ ބޮޑެތި ވިޔަފާރިތަކަށާއި ޤައުމުގެ މުއްސަނދިންނަށް ކަމަށެވެ. ނަމަވެސް ވަކި ބަޔަކަށް އަމާޒުކޮށް ތަކައްޗާއި ޚިދުމަތްތަކުގެ އަގު ބޮޑުކުރުމުން، އާއްމުންނަށް ދޭ އެހެން ޚިދުމަތްތަކަށް އޭގެ އަސަރު ފޯރުމަކީ އެކަށީގެންވާ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
