
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންނަށް ޔަހޫދީން ދެމުންދާ ލާއިންސާނީ ޙަމަލާތައް ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު، އެ ޙަމަލާތައް ވަގުތުން ހުއްޓައިލުމަށް ގޮވާލައި ވިލާތުގެ އިއްތިޙާދުގެ ކްރައިސިސް މެނޭޖްމަންޓު ކޮމިޝަނަރާއި ހުޅަނގުގެ 28 ޤައުމަަކުން ސޮއިކޮށް ނެރެފައިވާ ބަޔާނެއްގައި ޖަރުމަނުވިލާތުން ސޮއިކޮށްފައި ނުވާތީ، އެ ޤައުމުގެ ޗާންސެލަރު، ފްރީޑްރިޗް މަރޒްއާމެދު އެ ޤައުމުގެ ރައްޔިތުން ނުރުހުންވެއްޖެއެވެ. ޣައްޒާގެ ރައްޔިތުން ނަސްލުހޭދުކުރުމަށް ޔަހޫދީން ދެމުންދާ ޙަމަލާތަކުގެ ސަބަބުންނާއި އެ މީހުން ބަނޑަށް ޖައްސަމުންދާތީ ފާއިތުވި ދުވަސްތަކުގައި މަރޒް ދިޔައީ ޔަހޫދީންނަށް ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ. ނަމަވެސް ޖުލައި މަހުގެ 21ވަނަ ދުވަހު ހުޅަނގުގެ ގިނަ ޤައުމުތަކަކުން އެކުގައި ނެރުނު ބަޔާނުގައި ޖަރުމަނުވިލާތުން ސޮއިކޮށްފައެއް ނުވެއެވެ. އެ ބަޔާނުގައި، ޤައުމުތަކުން ވަނީ ޣައްޒާއަށް ޔަހޫދީން ފޯރުކޮށްދެމުންދަނީ އެހީގެ ‘ތިއްކެއް’ކަމަށް ސިފަކޮށްފައެވެ. އަދި އެހީގެ ސާމާނު ހޯދުމަށް މަސައްކަތްކުރަމުންދިޔަ ފަލަސްޠީނުގެ 800އަށްވުރެ ގިނަ ރައްޔިތުން ޝަހީދުކޮށްލާފައިވާތީ އެ ކަން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
އެ ބަޔާނުގައި ޖަރުމަނުވިލާތުން ސޮއިކޮށްފައި ނުވާތީ ޗާންސެލަރު މަރޒްގެ އަމިއްލަ އިއްތިޙާދުން ވެސް ވަނީ އޭނާއާމެދު ނުރުހުން ފާޅުކޮށްފައެވެ. މަރޒްގެ ވަޒީރުންގެ މަޖިލީހުގައި ހިމެނޭ ރީމް އަލާބަލީ ރަދުވާން ވިދާޅުވީ ޤައުމުތަކުން ނެރެފައިވާ ބަޔާނުގައި ޖަރުމަނުވިލާތުން ސޮއި ނުކުރުމަށް ޗާންސެލަރު މަރޒް ނިންމަވާފައިވާ ނިންމެވުމާމެދު ހިތާމަކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވީ ވިލާތުގެ އިއްތިޙާދުވެ 29 ބައިވެރިން އެ ބަޔާނުގައި ފާހަގަކޮށްފައިވާ ކަންތައްތަކަކީ އޭނާއަށް ބަލައިގަނެވޭ ކަންކަން ކަމަށެވެ. ޖަރުމަނުވިލާތުން ޤައުމުތަކުން ނެރުނު ބަޔާނުގައި ސޮއި ނުކުރުމަށް ނިންމި ނިންމުމާ ގުޅޭގޮތުން މަރޒް ވިދާޅުވީ އެންމެ ފަހުން ނެރެފައިވާ ބަޔާނާ ގާތްގަނޑަކަށް އެއް ގޮތަކަށް ލިޔެފައިވާ ބަޔާނެއް ޔޫރަޕިއަން ކައުންސިލުން މީގެ ކުރިން ނެރެފައިވާ ކަމަށެވެ.
ޖޫން މަހުގެ ތެރޭގައި ޔޫރަޕިއަން ކައުންސިލުން ނެރުނު ބަޔާނުގައި ޣައްޒާއަށް ކުރިމަތިވެފައިވާ އިންސާނީ ޙާލަތާމެދު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. ނަމަވެސް ފަހުގެ ބަޔާނުގައި އެ ވާހަކަތައް ގެނެސްފައި ވަނީ ވަރަށް އަސަރުގަދަ މޭރުމަކުންނެވެ. އަދި އެ ބަޔާނުގައި ވަރަށް ބޮޑަށް ޔަހޫދީންނަށް ފާޑުކިޔާފައިވެއެވެ. ޔޫރަޕިއަން ކައުންސިލުން ނެރުނު ބަޔާނުގައި އެހާ ހަރުކަށިކޮށް ޔަހޫދީން ކުށްވެރިކޮށްފައެއް ނުވެއެވެ. އަދި ޣައްޒާގެ ޙާލަތު ބަޔާންކޮށްފައި ވަނީ ވަރަށް ތިލަކޮށެވެ. ޖުލައި މަހުގެ 21ވަނަ ދުވަހު މަރޒް ވިދާޅުވީ އޭގެ ތިން ދުވަސް ކުރިން އޭނާ ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ގުޅުއްވައި، ޔަހޫދީން ޣައްޒާއާމެދު ގެންގުޅޭ ސިޔާސަތަަށް ޖަރުމަނުވިލާތުން ތާއީދު ނުކުރާކަމަށް ވަރަށް ސާފު އިބާރާތުން ދަންނަވާފައިވާ ކަމަށެވެ. ނަމަވެސް ޔަހޫދީންނާއެކު ސީދާ ދެކެވޭ ވާހަކަތަކުގައި އެ މީހުންނާމެދު ނުރުހުން ފާޅުކުރި ނަމަވެސް، ޔަހޫދީންނާ ދެކޮޅަށް ފާޅުގައި ބަސްބުނުމަށް ޖަރުމަނުވިލާތުން ފަސްޖެހޭކަމަށް ފާހަގަވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
