
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުން ބަނޑަށް ޖައްސަމުންދާތީ ޔަހޫދީންނާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވިލާތުގެ އިއްތިޙާދުން ދީފިއެވެ. ޔަހޫދީންގެ ޢުދުވާންތަކަށް ކެތް ނުކުރެވިގެން 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން ޔަހޫދީންނަށް އަމާޒު ކޮށް ދިން ޖިހާދީ ޙަމަލާއަކާ ގުޅިގެން، އެ ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޤަތުލުޢާންމެއް ފަށާފައެވެ. ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ޖަނަވަރީ 19ވަނަ ދުވަހު ޢަމަލު ކުރަން ފެށި ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމެއްގެ ދަށުން ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލި ނަމަވެސް، އެ އެއްބަސްވުމާ ޚިލާފުވެ މާރިޗު 18ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ އަލުން ޣައްޒާއަށް ޙަމަލާ ދޭން ފަށާފައެވެ. އެއްބަސްވުމާ ޚިލާފުވުމުގެ ދުވަސްކޮޅެއް ކުރިން، މާރިޗު މަހުގެ 2ވަނަ ދުވަހު ޔަހޫދީން ވަނީ ޣައްޒާގެ ފުރަބަންދު ހަރުކަށިކޮށް، އެ ސަހަރަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު ވެއްދުމަށް ހުރަސް އަޅާފައެވެ.
ތިން މަހެއްހާ ދުވަހު ޣައްޒާއަށް އެއްވެސް މިންވަރަކަށް އެހީގެ ސާމާނު ނުވެއްދި އޮތުމަށްފަހު، މިދިޔަ މެއި މަހުގެ 5ވަނަ ދުވަހު ވަނީ ޣައްޒާއަށް މަދު މިންވަރެއްގެ ކާބޯތަކެއްޗާއި އެހީގެ ސާމާނު ވެއްދުމުގެ ފުރުޞަތު ދީފައެވެ. ނަމަވެސް ފާއިތުވީ މުއްދަތުގައި އެދެވޭ މިންވަރަށް ޣައްޒާއަށް އެހީގެ ސާމާނު ވެއްދުމުގެ ފުރުޞަތު ދީފައެއް ނުވެއެވެ. އެ ސަހަރުން މިހާރު ކާބޯތަކެތި އެއްކޮށްހެން ހުސްވެފައިވާއިރު، ޣައްޒާގެ ރައްޔިތުން ދަނީ އިންތިހާ ދަރަޖައަށް ބަނޑުހައިހޫނުކަން ތަޙައްމަލް ކުރަމުންނެވެ. ބަނޑުހައިހޫނުކަމުގެ ސަބަބުން ޣައްޒާގައި މިހާތަނަށް 101 މީހުން ވަނީ ޝަހީދުވެފައެވެ. މި މަހުގެ ކުރީކޮޅު، ޔަހޫދީންނާއި ވިލާތުގެ އިއްތިޙާދާ ދެމެދު އޮންނަ ގުޅުން މުރާޖަޢާކުރުމަށް ބޭއްވި އެ އިއްތިޙާދުގެ ބައްދަލުވުމަކަށް ފަހު، ވިލާތުގެ އިއްތިޙާދުގެ ޚާރިޖީ ސިޔާސަތުތަކާބެހޭ އިސްވެރިޔާ، ކާޔާ ކަލަސް ވަނީ ޣައްޒާގެ އިންސާނީ ޙާލަތު ރަނގަޅު ކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް ޔަހޫދީން އެއްބަސްވެފައިވާ ކަމަށް ވިދާޅުވެފައެވެ. އެ ގޮތުން އެހީގެ ސާމާނު ހިފައިގެން ޣައްޒާއަށް އެތެރެވާ ލޮރީގެ ޢަދަދު އިތުރުކުރުމާއި ސާމާނު އެތެރެކުރާ ޕޮއިންޓުތައް އިތުރުކުރުމާއި އެހީގެ ސާމާނު ބަހާ ސަރަޙައްދުތަކަށްދާ މަގުތައް އިތުރުކޮށްދިނުން ހިމެނެއެވެ. ނަމަވެސް މި އެއްބަސްވުމާ އެއްގޮތަށް ޔަހޫދީން މިހާތަނަށް އަމަލުކޮށްފައެއް ނުވެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކަލަސް ވިދާޅުވީ ޣައްޒާއަށް އެތެރެކުރާ އިންސާނީ އެހީގެ ސާމާނުގެ ޢަދަދު އިތުރުކޮށްދޭނެ ކަމަށް ޔަހޫދީން ބުނެފައިވާއިރު، އެއްބަސްވެފައިވާ ގޮތަށް ޔަހޫދީން އަމަލުނުކޮށްފި ނަމަ ޔަހޫދީންނާ ދެކޮޅަށް އެޅޭނެ ގިނަ ފިޔަވަޅުތަކެއް ހުރި ކަމަށެވެ. އެހީގެ ސާމާނު ބެހުމަށް ޔަހޫދީން ޤާއިމުކޮށްފައިވާ މަަރުކަޒުތަކަށް ދާ މީހުންނަށް ޙަމަލާދީ ޝަހީދުކުރަމުންދާ ދިޔުމަށް އިޝާރާތްކުރައްވައި ކަލަސް ވިދާޅުވީ އެއީ އެއްވެސް ޙާލަތެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެ ކަމަށް ދެއްކޭނެ އެއްވެސް ޙުއްޖަތެއް ނެތް ކަަމަށެވެ. މީގެ ކުރިން ޔަހޫދީންގެ ޚާރިޖީ ވަޒީރު، ގިޑިއަން ސާރުއާ ވާހަކަދައްކަވައި، ޣައްޒާއަށް އެހީގެ ސާމާނު ވެއްދުމާ ގުޅޭގޮތުން ދެ ފަރާތުގެ ދެމެދުގައި ދެކެވިފައިވާ ވާހަކަތައް ހަނދުމަކޮށްދީފައިވާ ކަމަށާއި، އެ ބައްދަލުވުމުގައި އެހީގެ މަރުކަޒުތަކަށްދާ ޣައްޒާގެ ރައްޔިތުންނަށް ޙަމަލާ ނުދިނުމަށް ސާފުކޮށް އެދިފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް ޔަހޫދީން އެ ސަހަރަށް ދެމުންދާ ޙަމަލާތަކުގައި މިހާތަނަށް 59،000އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި ގިނައީ ކުށެއްނެތް އަންހެނުންނާއި މައުސޫމް ކުޑަކުދިންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
