
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔަމަންގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތް، ޙޫޘީންނާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތައް އިތުރަށް ހަރުކަށިކޮށް، އިތުރު ފިޔަވަޅުތަކެއް އަޅައިފިއެވެ. އެމެރިކާއިން މި ފަހަރު ފިޔަވަޅުތައް އަޅާފައި ވަނީ ތެލުގެ ވިޔަފާރި ކުރާ ކުންފުނިތަކާއި، އެމެރިކާގެ ފިޔަވަޅުތަކުން ރެކުމަށް ޙޫޘީންނަށް ވާގިވެރިވާ ކުންފުނިތަކަށެވެ. އޭގެ ތެރޭގައި ޔަމަންގެ އިތުރުން އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ)ގެ ކުންފުނިތައް ވެސް ހިމެނެއެވެ. އެމެރިކާގެ މާލީ ވުޒާރާއިން ބުނީ ދެ މީހަކާއި ފަސް ކުންފުންޏަކާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅުތައް އަޅާފައިވާނެ ކަމުގައެވެ. އޭގެ ތެރޭގައި ޔަމަނަށް ތެޔޮ އެތެރެ ކުރާ ކުންފުނިތަކާއި، ފައިސާގެ މުޢާމަލާތުތައް ހިންގުމާއި މަނީ ލޯންޑްރިންގްގެ ކުށުގައި ޙޫޘީންނަށް ވާގިވެރިވާ މީހުންނާއި ކުންފުނިތައް ހިމެނޭ ކަމުގައި ވެސް އެ ވުޒާރާއިން ބުންޏެވެ.
“ފުރުޞަތުގެ ބޭނުން ހިފަން ބޭނުންވާ ވިޔަފާރިވެރިންނާ ގުޅިގެން ޙޫޘީން ދަނީ [ޔަމަނަށް] ތެޔޮ އެތެރެކޮށް ބޮޑެތި މާލީ މަންފާތަކެއް ހޯދަމުން، އަދި ބައިނަލްއަޤްވާމީ މާލީ ނިޒާމުގެ ތެރޭގައި ހަރަކާތްތެރިވެ މުޢާމަލާތު ހިންގަމުން،” އެމެރިކާގެ މާލީ ވަޒީރުގެ ނައިބު މައިކަލް ފޯކްލެންޑަރ ވިދާޅުވިއެވެ. “އެ ވިޔަފާރިތަކުން ޙޫޘީންގެ ނިރުބަވެރި ނިޒާމަށް ވާގިވެރިވޭ، އަދި [އެމެރިކާގެ] މާލީ ވުޒާރާއިން އެ ފަރާތްތަކާ ދެކޮޅަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅަމުންދާނެ.” އެމެރިކާއިން ފިޔަވަޅު އަޅާފައިވާ މީހުންގެ ތެރޭގައި މުޙައްމަދު އަލް-ސުނަޔިދިރް ހިމެނެއެވެ. އެމެރިކާގެ މާލީ ވުޒާރާއިން ބުނީ، އޭނާއަކީ ޔަމަނަށް ތެޔޮ އެތެރެ ކުރުމުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ހިންގަމުންދާ މީހެއް ކަމުގައެވެ. އަދި، އޭނާގެ ކުންފުނިތަކުން ޔަމަންގެ އިތުރުން ޔޫއޭއީގައި ހަރަކާތްތެރިވަމުންދާ ކަމުގައި ވެސް އެ ވުޒާރާއިން ތުހުމަތު ކުރިއެވެ.
އޭނާގެ ބެލުމުގެ ދަށުގައި ހުރި ތިން ކުންފުންޏަކުން 12 މިލިޔަން އެމެރިކާ ޑޮލަރުގެ ތެޔޮ ޔަމަނަށް އެތެރެ ކޮށްފައިވާ ކަމުގައި ވެސް އެމެރިކާއިން ބުންޏެވެ. އަދި، އެެއީ އީރާނުން ބޭރު ކޮށްފައިވާ ތެޔޮ ކަމުގައި ވެސް އެމެރިކާގެ މާލީ ވުޒާރާއިން ތުހުމަތު ކުރެއެވެ. ޙޫޘީންނާ ދެކޮޅަށް އެމެރިކާއިން ފިޔަވަޅުތައް އަޅަމުން މި ދަނީ، ޔަހޫދީންނާ ދެކޮޅަށް އެ ޖަމާޢަތުން ތެދުވުމާ ގުޅިގެންނެވެ. ޒަޔަނިސްޓު އިސްރާއީލުގެ ރަށްތަކާއި، އެ ޤައުމަށް މުދާ އުފުލާ އާގުބޯޓުފަހަރަށް ޙޫޘީން ދަނީ ވަރުގަދަ ޙަމަލާތަކެއް އަމާޒު ކުރަމުންނެވެ. އެއީ، ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމުގެ ބަދަލު ހިފުމުގެ ގޮތުން ދެމުންދާ ޙަމަލާތަކެކެވެ. ރަތް ކަނޑު ހުރަސްކޮށް އިސްރާއީލަށް މުދާ ގެންދިޔުމުގެ ތުހުމަތުގައި ޙޫޘީން ވަނީ 100އަށްވުރެ ގިނަ އާގުބޯޓަށް ޙަމަލާ ދީފައެވެ. އަދި، އޭގެ ތެރެއިން ހަތަރު އުޅަނދު ފައްތައިލާފައެވެ.
ޔަހޫދީންނަށް ޙަމަލާ ދިނުމުން އެ ކަމާ ނުރުހުންވެ އެމެރިކާއިން ވެސް ޔަމަނަށް ނިރުބަވެރި ޙަމަލާތަކެއް ދީފައިވެއެވެ. ނަމަވެސް، ޙޫޘީންނާ އެކު އެމެރިކާގެ ސަރުކާރުން ދާދި ފަހުން ވަނީ އެއްބަސްވުމެއް އެކުލަވައިލާފައެވެ. އަދި، ޔަމަނަށް ބޮން އެޅުން ހުއްޓައިލާފައެވެ. މޭ މަހުގެ ތެރޭގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވި މި ނިންމުމަކީ ޔަހޫދީން ގަޔާވި ނިންމުމެއް ނޫނެވެ. އެ އެއްބަސްވުމުގެ ދަށުން ޙޫޘީން ވަނީ އެމެރިކާގެ ކުންފުނިތަކުގެ އުޅަނދުފަހަރާއި އަސްކަރީ މަނަވަރުތަކަށް ޙަމަލާ ދިނުން މެދުކަނޑައިލާފައެވެ. ނަމަވެސް، ޒަޔަނިސްޓުންނަށް އަމާޒުކޮށް ޙަމަލާ ދިނުން މެދުކަނޑައިލާފައެއް ނެތެވެ. ޙޫޘީންގެ ޙަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ޔަހޫދީ ފައުޖުން ވެސް ދަނީ ޔަމަންގެ ރަށްތަކަށް ނިރުބަވެރި ޙަމަލާތައް އަމާޒުކޮށް، ކުށެއް ނެތް އަންހެނުންނާއި މައުސޫމު ކުޑަކުދިން ޝަހީދު ކުރަމުންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
