
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތުގައި މީޑިއާގެ ދައުރު މުހިންމު ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް ޞަފާ ޝަފީގު ވިދާޅުވެއްޖެއެވެ. ޞަފާ މިހެން ވިދާޅުވީ 20ވަނަ އޭޝިއާ މީޑިއާ ސަމިޓް 2025ގެ ހަތަރުވަނަ ޕްލިނަރީ ސެޝަންގައި ވާހަކަ ދައްކަވަމުންނެވެ. މިސެޝަންގެ މަޢުޟޫއަކީ “މީޑިއާ އެންޑް ކްލައިމެޓް އެކްޝަން، ދި ރޯޑް ޓު ސަސްޓެއިނަބިލިޓީ” އެވެ. އޭޝިއާ މީޑިއާ ސަމިޓްގެ ހަތަރުވަނަ ޕްލިނަރީ ސެޝަންގައި ވާހަކަދައްކަވަމުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް ޞަފާ ޝަފީޤް ވިދާޅުވީ މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ނޭދެވޭ އަސަރު ރާއްޖެފަދަ ޖަޒީރާ ޤައުމުތަކަށް ކުރަމުން އަންނަކަމީ، މިކަމަށް މީޑިއާތައް އިތުރަށް އަހުލުވެރިވާންޖެހޭކަމެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ޞަފާގެ ވާހަކައިގައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން އުދައެރުމާއި، ފެން ތަޣައްޔަރުވުމާއި، ގޮޑުދޮށްތައް ގިރަމުންދިއުމާއި، މުރަކަތައް ހުދުވުން ފަދަ ކަންކަން ކުރިމަތިވަމުން އަންނަކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން މިފަދަކަންކަމަށް ދޭންޖެހޭ ސަމާލުކަން އިތުރުކޮށް އާންމުން ހޭލުންތެރި ކުރުވުމުގެ މަސައްކަތުގައި ނޫސްވެރިންގެ ދައުރު ބޮޑުކަން އޭނާ ފާހަގަކުރެއްވިއެވެ. މޫސުމީ ބަދަލުތަކުގެ ސަބަބުން ދިވާ ކަންކަމުން އަރައިގަތުމަށް ފިޔަވަޅު އެޅުން ލަސްކޮށްފިނަމަ އެކަމުގެ ގެއްލުން އަންނަން އޮތް ޖީލުތަކަށް އިތުރަަށް ކުރާނެކަމަށް ވިދާޅުވިއެވެ.
މޫސުމާއި ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރާ އަސަރު ކުޑަ ކުރުމަށްޓަކައި ސަރުކާރުން އެކިއެކި ކަންކަން ކުރަމުންދާކަންވެސް ޞަފާގެ ވާހަކައިގައި ވަނީ ފާހަގަ ކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
