
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާއިން ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ހުސްވެ، މުވައްޒަފުން ވެސް ހައިހޫނުގައި ޖެހިފައިވާ ކަން ނޯވީޖިިޔަން ރެފިއުޖީ ކައުންސިލް (އެންއާރްސީ)ން ހާމަކޮށްފިއެވެ. އެއީ، ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ބޮޑެތި ޖަމުޢިއްޔާތަކުގެ ތެރޭގައި ހިމެނޭ ޖަމުޢިއްޔާއެކެވެ. އެ ޖަމުޢިއްޔާއިން ބުނީ، ޣައްޒާގައި ނިކަމެތި ކޮށްލާފައިވާ މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް ޔަހޫދީ ފައުޖުން ހުރަސް އަޅައި، އެ ޖަމުޢިއްޔާގެ މަސައްކަތްތައް ހުއްޓުވާފައިވާ ކަމުގައެެވެ. މާރިޗު 2ވަނަ ދުވަހު ޔަހޫދީން ޣައްޒާގެ ފުރަބަންދު ހަރުކަށި ކޮށްފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ހިންގަމުންދާ ޤަތުލުޢާންމުގެ ދަށުންނެވެ. ޣައްޒާގައި ހައިހޫނުގައި ޖައްސާފައިވާ މީހުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެ ސަހަރަށް އެތެރެ ކުރުމަށް ޔަހޫދީން އޮތީ ހުރަސް އަޅާފައެވެ. މި ވަގުތު މަދު އަދަދެއްގެ ކާބޯތަކެތި އެތެރެ ކުރަނީ ޣައްޒާ ހިޔުމެނިޓޭރިޔަން ފައުންޑޭޝަން (ޖީއެޗްއެފު)ން އެކަންޏެވެ. އެއީ، ކާބޯތަކެތި ބެހުމުގެ މަސައްކަތް ޔަހޫދީންގެ އަތްދަށަށް ގެންދިޔުމަށް، އެ މީހުންގެ އެންމެ ބޮޑު މަދަދުގާރު، އެމެރިކާއާ ގުޅިގެން އުފައްދާފައިވާ ޖަމުޢިއްޔާއެކެވެ.
“އަޅުގަނޑުމެންގެ އަތުގައި ހުރި ފޭލިގެތައް ހުސްވެއްޖެ، އެންމެ ފަހު ކާނާ ޕާރުސަލް، އަދި އެހީގެ ސާމާނު ބަހައި ހުސްވެއްޖެ. މިހާރު ބާކީ އެކައްޗެއް ވެސް ނެތް،” އެންއާރްސީގެ ސެކްރެޓަރީ ޖެނެރަލް ޔާން އެގެލަންޑް ވިދާޅުވިއެވެ. ޣައްޒާގައި އެ ޖަމުޢިއްޔާގެ 66 މުވައްޒަފުން ދަނީ ހަރަކާތްތެރިވަމުންނެވެ. އޭގެ ތެރޭގައި 64 ޣައްޒާގެ ރައްޔިތުންނާއި، ބޭރުގެ ދެ މުވައްޒަފުން ހިމެނެއެވެ. އެކުވެރި ދައުލަތްތައް (އދ)ން ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީތެރިވާ އިދާރާ (އުންރްވާ)ން ވެސް ބުނީ، ޣައްޒާއިން ކާބޯތަކެތި ހުސްވެ، އެ އިދާރާގެ މުވައްޒަފުން ވެސް ހައިހޫނުގައި ޖެހިފައިވާ ކަމުގައެވެ. ޣައްޒާގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ބޭނުންވާ ފޭލިގެތަކާއި، ސާފު ބޯފެނާއި، ގައިންތާހިރުވުމަށް ބޭނުންވާ ސާމާނާއި، ކާބޯތަކެތި އެންމެ ފަހުން ލިބިފައި ވަނީ މީގެ 145 ދުވަސް ކުރިން ކަމުގައި އެގެލަންޑް ވިދާޅުވިއެވެ. “އެ ފަދަ ތަކެތި ބަރުކޮށްފައިވާ އެތަކެއް ސަތޭކަ ލޮރީއެއް އޮތީ މިޞްރުގައި ނުވަތަ އެހެން ތަނެއްގައި ތާށި ކޮށްލާފައި، އެއީ އަޅުގަނޑުމެންނަށް އެހީވާ ވިލާތުގެ ފަރާތްތަކުން ބޮޑު ޚަރަދެއް ކޮށްގެން ފޮނުވާފައިވާ ތަކެތި، ނަމަވެސް އެ ތަކެތި [ޣައްޒާއަށް] އެތެރެ ކުރުމަށް އޮތީ ހުރަސް އަޅާފައި. މިއީ އަޅުގަނޑުމެންގެ ރުޅިގަނޑު ފަޅައިގެންދާން ޖެހުނު ސަބަބަކީ. އަޅުގަނޑުންގެ ވަޒީފާއަކީ އެހީވުން،” އޭނާ ވިދާޅުވިއެވެ.
ޣައްޒާއަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު އެތެރެ ކުރުމުގެ ފުރުޞަތު ދިނުމަށް ޔަހޫދީން ބޭނުން ނުވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. އެންއާރްސީގެ ގުދަންތަކުން ސާފު ބޯފެން ހުސްވަމުންދާ ކަމަށާއި، ފެން އުފައްދާ ޕްލާންޓުތައް ހިންގުމަށް ބޭނުންވާ ތެޔޮ ވެސް ހަލުވިކަމާ އެކު ހުސްވަމުންދާ ކަން އެ ޖަމުޢިއްޔާއިން ހާމަކުރިއެވެ. އެގެލަންޑް ވިދާޅުވީ، ޣައްޒާގެ މެދުތެރެއާއި އުތުރުގައި ދިރިއުޅޭ 100,000އަށްވުރެ ގިނަ މީހުންނަށް ބޯފެން ފޯރުކޮށްދިނުމަށް މިހާރު ވެސް މަސައްކަތް ކުރަމުންދާ ކަމުގައެވެ.
About Post Author
މާދަމާ ނިއުސް
“ޢާއްމު ޞިއްޙަތުގެ ރައްކާތެރިކަމަށް ލޭ ހަދިޔާ ކުރުން މުހިއްމު”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، އަމިއްލައަށް އިސްނަގައިގެން...
އަތޮޅުތަކުގެ ސިއްޙީ ޚިދުމަތް ހަރުދަނާކުރުމުގެ ނަތީޖާ: ތިނަދޫގައި ފުރަތަމަ ފަހަރަށް ރަހިމުގެ ބޮޑު އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ނިންމާލައިފި
(ފޮޓޯ ކްރެޑިޓްސް: ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލް) ގދ. ތިނަދޫ ސިޓީގެ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ކާމިޔާބު ލެޕަރޮސްކޯޕިކް...
ކަނޑުމަގުން މުދާ ފޮނުވަން ކްލިއަރެންސަށް 10 ދުވަސް
ކަނޑުމަގުން ރާއްޖެއިން ބޭރަށް މުދާ ފޮނުވުމުގެ ކްލިއަރެންސް މަރުހަލާތަކަށް އެވްރެޖްކޮށް 10 ދުވަހަށްވުރެ ގިނަ ވަގުތު ހޭދަވާކަން މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ "ޓައިމް ރިލީޒް...
އެއާޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗަރ ޓެކްސް %21 އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މި އަހަރުގެ ފުރަތަމަ ފަސް މަސްދުވަހު އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އާއި ޑިޕާޗާ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ، މިދިޔަ...
ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަކަށް އީލޯން މަސްކް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ސްޕޭސްއެކްސް ކުންފުނީގެ ޙިއްޞާގެ އަގު ބޮޑުތަނުން އުފުލުމާ ގުޅިގެން، ދުނިޔޭގެ އެންމެ ފުރަތަމަ ޓްރިލިއަނަރުގެ މަޤާމު އެ ކުންފުނީގެ ބާނީ...
ކެނެޑާއިން އިތުރު 100 މިލިޔަން ޑޮލަރު ފަލަސްޠީނަށް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ޔަހޫދީންގެ އިސްތިޢުމާރުގެ ދަށުގައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމަށް ކެނެޑާއިން އިތުރު 100 މިލިޔަން އެމެރިކާ ޑޮލަރު...
