
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ބަންގްލަދޭޝްގެ ވެރިރަށް ދާކާގެ މަދަރުސާއަކަށް އަސްކަރީ މަތިންދާބޯޓެއް ވެއްޓި، 31 މީހުން މަރުވުމާ ގުޅިގެން އެ މީހުންނަށް އިންސާފު ހޯދައިދިނުމަށް ގޮވައިލުމަށް ކުރަމުންދާ މުޒާހަރާތައް ހުއްޓުވުމުގެ ގޮތުން ފުލުހުން ބާރުގެ ބޭނުން ކުރަން ފަށައިފިއެވެ. ދާކާގައި ހުންނަ މައިލްސްޓޯން ސްކޫލް އެންޑް ކޮލެޖަށް އަސްކަރީ މަތިންދާބޯޓެއް ވެއްޓުމާ ގުޅިގެން މަރުވި މީހުންގެ ތެރޭގައި 25އެއްހާ ކުޑަކުދިން ހިމެނެއެވެ. އޭގެ ތެރޭގައި ގިނައީ 12 އަހަރުން ދަށުގެ ކުދިންނެވެ. މަދަރުސާއަށް ވެއްޓިފައި ވަނީ ބަންގްލަދޭޝްގެ އަސްކަރިއްޔާއިން ތަމްރީނުތަކުގައި ބޭނުން ކުރާ އެފް-7 ބީޖީއައި މަރުކާގެ މަތިންދާބޯޓެކެވެ. އެއީ، ޗައިނާގައި އުފައްދާފައިވާ އުޅަނދެކެވެ. މަދަރުސާއަށް މަތިންދާބޯޓު ވެއްޓި، އެ ތަނުގައި ބޮޑު އަލިފާންގަނޑެއް ރޯވިއެވެ. މަޞްދަރުތަކުން ބުނީ، ގިނަ އަދަދެއްގެ ކުޑަކުދިން މަރުވެފައި ވަނީ ރޯވި އަލިފާންގަނޑާއި، މަދަރުސާގެ އިމާރާތުގެ ބައިތަކުގެ ދަށުގައި ތާށިވެގެން ކަމުގައެވެ. އަސްކަރިއްޔާއިން ބުނީ، މަތިންދާބޯޓު ވެއްޓުނީ ޓެކްނިކަލް މައްސަލައެއް ކުރިމަތިވުމުގެ ސަބަބުން ކަމުގައެވެ.
މި ހާދިސާގައި މަރުވި ކުދިންނަށް އިންސާފު ހޯދައިދިނުމަށް ގޮވައިލައި އެ މަދަރުސާގެ އިތުރުން ކައިރީގައި ހުރި އެހެން ކޮލެޖުތަކުގެ ގިނަ އަދަދެއްގެ ދަރިވަރުން ވަނީ މުޒާހަރާ ކުރަން ފަށާފައެވެ. މީގެ އިތުރުން، ދާކާގައި ހުރި ސަރުކާރު އޮފީސްތައް ކައިރިއަށް ވެސް ގިނަ އަދަދެއްގެ ބަޔަކު ވަނީ ޖަމާވެ، ސަރުކާރާ ދެކޮޅަށް އަޑު އުފުލަން ފަށާފައެވެ. އަދި، މަރުވި ކުދިންނަށް އިންސާފު ހޯދައިދިނުމަށް ގޮވައިލާފައެވެ. މުޒާހަރާގެ ބައިވެރިން ސަރުކާރު އޮފީސްތައް ހިންގާ އިމާރާތްކަށް ގެއްލުންދީ، ވެރިކަން ކުރާ ވަގުތީ ސަރުކާރުގެ ތަޢުލީމާ ބެހޭ މުޝީރުގެ އިސްތިޢުފާއަށް ގޮވައިލާފައިވެއެވެ.
މުޒާހަރާތައް ރޫޅައިލުމަށް ފުލުހުން މިހާރު ދަނީ ބާރުގެ ބޭނުން ކުރަމުންނެވެ. އަދި، ކަރުނަ ގޭހާއި މުގުރު ފަދަ ތަކެތި ބޭނުންކޮށް، މުޒާހަރާގެ ބައިވެރިން ފަހަތަށް ޖެއްސުމަށް މަސައްކަތް ކުރަމުންނެވެ. ދާކާގެ ފުލުހުންގެ އިދާރާގެ ޑެޕިޔުޓީ ކޮމިޝަނަރު ޠާލިބް އަލް-ރަޙްމާން ވަނީ މުޒާހަރާތައް ރޫޅައިލުމުގެ ގޮތުން ފުލުހުން ބާރުގެ ބޭނުން ކުރަމުންދާ ކަން ކަށަވަރު ކޮށްދެއްވާފައެވެ. ފުލުުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކުގައި ގިނަ އަދަދެއްގެ ބަޔަކަށް އަނިޔާވެފައިވާއިރު، އަނިޔާވި މީހުންގެ އަދަދު ސާފެއް ނޫނެވެ. މައިލްސްޓޯން ކޮލެޖަށް ވެއްޓިފައި ވަނީ، އެ ސަރަޙައްދުގައި އޮތް އަސްކަރީ ވައިގެ ބަނދަރަކުން ފުރި މަތިންދާބޯޓެކެވެ. ބަންގްލަދޭޝްގެ އަސްކަރިއްޔާއިން ބުނީ، އެ އުޅަނދަށް ޓެކްނިކަލް މައްސަލަތަކެއް ކުރިމަތިވުމާ އެކު، ޢާންމު ރައްޔިތުން ދިރިއުޅޭ ސަރަޙައްދުން ދުރަށް ދަތުރު ކުރުމަށް އޭގައި އިން ޕައިލެޓު މަސައްކަތް ކޮށްފައިވާ ކަމުގައެވެ. އެ މަތިންދާބޯޓު ވެއްޓުނު ހާދިސާގައި އޭގައި އިން ޕައިލެޓު ވެސް ވަނީ މަރުވެފައެވެ.
މަތިންދާބޯޓު ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 31އަށް އުފުލިފައިވާއިރު، އިތުރު 165 މީހަކަށް އަނިޔާވެގެން ހަސްފަތާލުގައި އެޑްމިޓު ކޮށްގެން ފަރުވާ ދޭން ޖެހުނެވެ. ބަންގްލަދޭޝްގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ، އޭގެ ތެރެއިން 68 މީހަކަށް އަދިވެސް ހަސްފަތާލުގައި ފަރުވާ ދެމުންދާ ކަމުގައެވެ. އަދި، އޭގެ ތެރެއިން 10 މީހެއްގެ ހާލު ސީރިޔަސް ކަމުގައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
