
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ނ. ހޮޅުދޫ މޭނާ ސްކޫލްގެ 4 ބުރީގެ އައު އިމާރާތުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްފިއެވެ. ހޮޅުދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައްދަލުކުރެއްވުމަށް ބޭއްވި މި ރަސްމިއްޔާތުގައި، އިމާރާތް އެޅުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ތަޢުލީމީ ވަޒީރު އިސްމާޢީލް ޝަފީއުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އަޙުމަދު ސައުދީއެވެ.
17 ކްލާސްރޫމާއެކު ތަރައްޤީކުރާ މި އިމާރާތްވެގެންދާނީ، ސްކޫލުގެ ކިޔެވުން އެއް ކެމްޕަހަކަށް ބަދަލުވުމަށް ބޭނުންވާ ވަސީލަތްތައް ހަމަކޮށް ތަރައްޤީކުރާ އިމާރާތަކަށްކަމަށް ތަޢުލީމީ ވުޒާރާއިން ވިދާޅުވެއެވެ. ހޮޅުދޫގައި މިވަގުތު ޕްރައިމަރީ އަދި ސެކްނަޑްރީ ގްރޭޑްތަކަށް ކިޔަވައިދެނީ، ރަށުގެ ދެކޮޅުގައި ވަކިން އިންނަ ދެ ސްކޫލެއްގައެވެ. އެރަށުގައި ގްރޭޑް 1-5އަށް އެއް ސްކޫލްގައި ކިޔަވައިދެމުންދާއިރު ދެން ހިމެނޭ ގްރޭށްތަކަށް ކިޔަވައިދެނީ އަނެއް ސްކޫލްގައެވެ. މިކަމުގެ ދަތިކަން ދަރިވަރުންނާ މުދައްރިސުން އަދި ބެލެނިވެރިންނާ ދަރިވަރުންނަށްވެސް ކުރިމަތިވެއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
އާ އިމާރާތުގައި ކްލާސްރޫމްތަކުގެ އިތުރުން، އޮފީސް، އިދާރީ މަސައްކަތަށް ބޭނުންވާ ޖާގައާއި ލައިބްރަރީ، ކޮމްޕިއުޓަރ ލެބް، އޭ-ވީ ރޫމް، ލެބޯޓްރީ އަދި ނަމާދު ކޮޓަރިވެސް ހިމެނޭނެއެވެ. މީގެއިތުރުން ކުޅިވަރުކުރުމަށް ފުޓްބޯލް ޕިޗެއްވެސް ހިމެނޭނެކަމަށް ތަޢުލީމީ ވުޒާރާއިން މަޢުލޫމާތުދެއެވެ. އާ އިމާރާތާއެކު ހުރިހާ ގްރޭޑްތަކުގެ ކިޔެވުން އެއް އިމާރާތަކަށް ބަދަލުކޮށް، މިހާރު ކުރިމަރިވެފައިވާ ޖާގައިގެ ދަތިކަން ޙައްލުވާނެކަމަށް އެ ސްކޫލުން ހާމަކުރެއެވެ.
މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 470 ދުވަހުން ނިންމާގޮތަށް، 33.7 މިލިޔަން ރުފިޔާއަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
