
ނ. އަތޮޅުގައި އިތުރު އެއަރޕޯޓެއް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފަށްޓަވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާން ކުރައްވައިފިއެވެ. އެމަނިކުފާނު މިކަން އިޢުލާންކުރެއްވީ ނ. ހޮޅުދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ މިހާރު ނ. އަތޮޅުގައ އޮތް ބައިނަލްއަޤްވާމީ އެއަރޕޯޓު އިތުރަށް ތަރައްޤީކުރުމުގެ ޕްލޭނެއް އެބައޮތްކަމަށެވެ. ނ. އަތޮޅަކީ ޓޫރިޒަމް ކާމިޔާބުކަމާއެކު ކުރިއަށްދާ އަތޮޅެއްކަން ފާހަގަކުރައްވަމުން ރައީސް ވަނީ ޓަރމިނަލާއި، އިތުރު ވަސީލަތް ޤާއިމްކޮށް، އަދި ސިޓީ ހޮޓާ ތަރައްޤީކުރުމާއެކު ވަރަށް މަތީ ފެންވަރުގެ އެއަރޕޯޓަކަށް މާފަރު އެ އެއަރޕޯޓް ހަދާނެކަމަށް ވިދާޅުވިއެވެ.
މިއާއެކު ރައީސް ވަނީ ނ. އަތޮޅަށް އިތުރު އެއަރޕޯޓެއް މުހިންމުކަމަށް ވިދާޅުވެފައެވެ. ހޮޅުދޫ، ވެލިދޫ، ފޮއްދޫ ހިމެނޭ ސަރަހައްދަށް ޑޮމެސްޓިކް އެއަރޕޯޓެއް މުހިންމުވާކަން އިއުލާންކުރައްވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ މިންގަޑުތަކުގައިވެސް އެ ސަރަހައްދަށް އެއަރޕޯޓެއް އަންނަން ޖެހޭކަމަށެވެ. ސިޔާސަތަކީ ގާތްގަނޑަކަށް 30 މިނެޓުން ދަތުރުކުރެވޭ ހިސާބުގައި އެއަރޕޯޓުތައް ތަރައްޤީކުރުންކަމަށާއި، އެހެންކަމުން ވެލިދޫ ކައިރީގައިި އޮންނަ ވިހަފަރުގައި އެއަރޕޯޓް ތަރައްޤީކުރުމަށް ނިންމާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
“އެހެންވީމަވެލިދޫ ކައިރީގައި އޮންނަ ވިހަފަރުގަ އެއަރޕޯޓެއް އެޅުމުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށުމަށް އަޅުގަނޑު ނިންމާފައިވާކަން ތިބޭފުޅުންނަށް މި ޖަލްސާގައި އަޅުގަނޑު އިއުލާންކުރަން. އޭގެ ފައިދާ މިރަށާ، ވެލިދޫ، ފޮއްދޫ ދެން މިތާކައިރި ރިސޯޓްތައް ހުރުމާއެކު އިޤްތިޞާދީ ފައިދާކުރާނެ.” ރައީސް ވިދާޅުވިއެވެ.

އެ މަޝްރޫޢަކީ މެދު އަދި ދުރު ރާސްތާގެ ތަރައްޤީއަށް މުހިންމު މަޝްރޫޢުއެއްކަމަށާއި، ނ. އަތޮޅުގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ އިތުރު ތަރައްޤީގެ މަޝްރޫޢުތަކަށްވެސް މުހިންމު ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން އެސްއީޒެޑް ޕާމިޓެއްވެސް ޓައުންޝިޕް މަޝްރޫޢުއަކަށް ދީފައިވާތީ، އިޤްތިޞާދު ސިންދަފާތުވާއިރު އެއަރޕޯޓު ޤާއިމްވާންޖެހޭކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އެއީ މުޅި އަތޮޅަށާއި ރާއްޖެއަށް ފައިދާވާނެ މަޝްރޫޢުއެއްކަން ފާހަގަކުރައްވަމުން، އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް އަންނަ އަހަރު ފަށާއި ގިނަވެގެން 2 އަހަރުތެރޭގައި އެ މަޝްރޫޢު ނިންމަވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
