
ދެން ފެންނާނީ މިދިޔަ ދުވަސްތަކަށްވުރެ ގިނަ މަޝްރޫޢުތައް އަމަލީގޮތުން ބާރު ސްޕީޑުގައި ކުރިއަށްދާތަންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފނު މިހެން ވިދާޅުވީ ނ. ހޮޅުދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވާހަކަފުޅުގައި ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ހޮޅުދޫގެ ތަރައްޤީއަށް ގިނަ ވަޢުދުތަކެއް ވެވަޑައިގެންނެވިކަން ފާހަގަކުރައްވައި، އެކަންކަން ފުރިހަމަކޮށްދެއްވާނެކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ. ރައީސް ވިދާޅުވީދެން ފެންނާނީ ފާއިތުވިތަނަށްވުރެ ގިނަ މަޝްރޫޢުތައް އެއަށްވުރެ ބާރު މިނުގައި ކުރިއަށްދާތަންކަަމަށެވެ.
ސަރުކާރުން މަސައްކަތް ކުރައްވާނީ ރައްޔިތުން އެދޭގޮތަށްކަމަށާއި، އެގޮތުން ހޮޅުމީދޫ އެރަށުގެ ބައެއްގެ ގޮތުގައި ހަމަޖައްސައި ލޭންޑްޔޫސް ޕްލޭން ހެދިފައިވާއިރު، ހޮޅުދޫގެ ބައެއްގެ ގޮތުގައި އެރަށް ތަރައްޤީކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. ހޮޅުމީދޫ ހޮޅުދޫގެ އިޚްޞާސްގެ ތެރޭގައި ސަރުކާރުން ވަނީ ހިމަނުއްވާދެއްވާފައެވެ. ރައީސް ވިދާޅުވީ އެރަށް ބޭނުންކުރުމަށް ވަސީލަތްތަކެއް ޤާއިމްކުރެވެންޖެހޭކަމަށާއި، އެގޮތުން ޢުމްރާނީ ބައެއް ވަސީލަތައް ޤާއިމްވެގެން މެނުވީ އެރަށް އަބާދު ނުކުރެވޭނެކަމަށެވެ. އެގޮތުން ފެނާއި ނަރުދަމާއާއި އެނޫންވެސް ވަސީލަތްތައް އެތަނަށް ބޭނުންވާކަމަށާއި، އެއީ ބޮޑު ޚަރަދެއް ހިނގާނެ ކަމަކަށްވާތީ، އަންނަ އަހަރުގެ ބަޖެޓުގައި އަލަށް ފަށާ ބޮޑު މަޝްރޫއުއެއްގެ ގޮތުގައި ހޮޅުމީދުގެ ލޭންޑު ޔޫސްޕްލޭންގައި ހިމެނޭ ފެނާއި، ނަރުދަމާ ހިމެނޭހެން ވަސީލަތްތައް ޤާއިމްކުރުން ހިމަނައި އަމަލީ މަސައްކަތް ފައްޓަވާނެކަމަށް ރައީސް ވިދާޅުވިއެވެ.
“އެއާއެކު ގެދޮރުވެރިކަމާ އިޤްތިޞާދީ އެހެން ކަންކަމަށް މަގުފަހިވެގެންދާނެ. އެކަން އަންނަ އަހަރު ކުރިއަށް ގެންދިއުމަށް ވާނީ ނިންމާފައި.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ހޮޅުދޫގެ ފެނުގެ ނިޒާމު ޤާއިމްކުރުމުގައި ދިމާވެފައިވާ ދަތިތައް ހަލުކޮށްފައިވާކަމަށާއި، އެހެންކަމުން ދެމަހެއްހާ ދުވަހުގެ ތެރޭގައި އެ މަޝްރޫޢު ނިންމުމަށް ކޮންޓްރެކްޓަރަށް ބާރުއަޅުއްވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ. ހަމައެއާއެކު މަގުހެދުންވެސް ބާރަށް ކުރިއަށްގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.
“ވަށައިގެން ރިންގު ރޯޑެއް ހަދަން ރައްޔިތުން ބޭނުންވޭ. އެއީ ވަރަށް މުހިންމުކަމެއް. މިހާރުގެ ސްކޯޕްގައި ނުހިމެނޭ. އެ ސްކޯޕަށް ލާއިރު ބޮޑު ޚަރަދެއް ހިނގާނެ. އެހެންވީމަ ދެވަނަ ފިޔަވަހީގެ މަޝްރޫޢުއެއްގެ ގޮތުގައި އެކަން ކުރިއަށްގެންދާނަން. އެހެންވީމަ މަގު ހެދުން ނިމޭއިރު ވަށާ ރިންގު ރޯޑެއް ނިންމައިދޭނަން” ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ބަނދަރު ބޭނުންކުރުމުގައި ހުރި ދަތިތަކަށްވެސް ޙައްލެއް ގެނައުމަށް އިސްކަންދެއްވައިގެން، ރަށުން ހިއްކެއް އޮތް އެންމެ ބޮޑު ޖާގައެއް ހިއްކައިދޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެކަމަށް ފަންނީ މަސައްކަތްތައް ހުރުމާއެކު އެކަންނިންމައި މިއަހަރު އަމަލީ މަސައްކަތް ފަށްޓަވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. ތަޢުލީމީ ދާއިރާއަށް އަލިއަޅުއްވާލައްވަމުން ރައީސް ވަނީ ހޮޅުދޫ މޭނާ ސްކޫލުގެ އައު އިމާރާތުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ދެތިން މަސްތެރޭ ށޭނެކަމަށް ވިދާޅުވެފައެވެ. އަދި ސިއްޙީ ދާއިރާއިން ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން، ސިއްޙީ މަރުކަޒުގެ ޖާގަ އިތުރުކޮށްދެއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އެއީ ކޮންމެހެން ކުރަންޖެހިފައިވާ މަސައްކަތެއްކަމަށާއި، އެ މަސައްކަތްވެސް މިއަހަރު ފަށްޓަވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ ހޮޅުދޫގައި އަންނަ އަހަރު އިސްލާމީ މަރުކަޒެއް ބިނާކޮށްދެއްވާނެކަމަށްވެސް ވިދާޅުވެފައެވެ. އަދި ފުލުހުންގެ އައު ޢިމާރާތެއް ބިނާކުރުމުގެ މަސައްކަތްވެސް ފެށުމަށް ތައްޔާރުވެފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ކުޅިވަރުގެ ވަސީލަތްތައްވެސް ހޮޅުދޫގައި ޤާއިމްކޮށްދެއްވާނެކަމަށެވެ. އޭގެތެރޭގައި ފުޓްސަލް އަދި ހޭންޑްބޯލް ކޯޓު ހިމެނޭނެކަން ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ދެއްވި ޔަޤީންކަމަކީ ހޮޅުދޫގެ ރައްޔިތުން އެދޭގޮތަށް މަޝްރޫޢުތައް ކުރިއަށް ގެންދަވާނެކަމެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
