
ނ. ހޮޅުދޫގައި ޒަޚަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލާގައި އިންސާފު ހޯއްދަވައިދެއްވާނެކަމުގެ ޔަޤީންކަން ދެއްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްްޒު މިހެން ވިދާޅުވީ ނ.އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހޮޅުދޫއަށް ވަޑައިގެން ޒަކިއްޔާގެ މަރުގެ މައްސަލާގައި ކަންބޮޑުވުން ފާޅުކުރި އޭނާގެ އާއިލާއާއި އެ ރަށު ބައެއް މީހުންނާއެކު ބޭއްވި ބައްދަލުވުމެއްގައެވެ. ނ. ހޮޅުދޫ، ނިއުލައިފް، ޒަކިއްޔާ މޫސާ މަނިކު (50އ) ޒަޚަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅުނު ގެއިން މިދިޔަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ. އަދި އޭނާގެ މަރުގެ މައްސަލާގައި މިހާތަނަށް މާބޮޑު ކުރިއެރުންތަކެއް ލިބިފައިނުވާއިރު، އެ މަރުގައި ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް ހުރިކަމަށް ބުނެ ހޮޅުދޫގެ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހޮޅުދޫއަށް ވަޑައިގެންނެވުމުން ޒަކިއްޔާގެ އާއިލާގެ މެމްބަރުންނާއި އެ ރަށު ރައްޔިތުން ވަނީ ޒަކިއްުޔާގެ މަރުގެ މައްސަލާގައި ހުރި ކަންބޮޑުވުންތައް ހިއްސާކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ އާއިލާއާއި ރައްޔިތުންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވުމަށް ފުރުސަތު ދެއްވައި، ކަންބޮޑުވުންތައް ގާތުން އަޑު އައްސަވާފައެވެ. ރައީސުލްޖުމްހޫރިއްޔާއާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި އާއިލާގެ މެމްބަރުން ވަނީ ޒަކިއްޔާ މަރާލާފައިވާކަމަށް ތުހުމަތުކޮށް، އެމައްސަލާގައި އިންސާފު ހޯދައިދެއްވުމަށް އެދިވަޑައިގެންފައެވެ. ޒަކިއްޔާގެ އާއިލާގެ ވާހަކަތައް އަޑު އެއްސެވުމަށްފަހުރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެ މައްސަލާގައި ކަން ހިނގާފައިވާގޮތް ގާތުން ބައްލަަވައި، އެކަމަށް ހާއްސަ އިސްކަމެއް ދެއްވާނެކަމަށެވެ. އަދި އެ މައްސަލާގައި އިންސާފު ހޯއްދަވައިދެއްވާނެކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ދެއްވި ޔަޤީންކަމާއެކު، ޒަކިއްޔާގެ މަރުގެ މައްސާލަގައި ކަންބޮޑުވުންތައް ހިސާކުރި ފަރާތްތަކުން ވަނީ، ރައީސުލްޖުމްހޫރިއްޔާ ދެއްވި ސަމާލުކަމާއި އެކަމުގެ ދެއްވި އުއްމީދީ ޖަވާބުތަކަށް ޝުކުރު އަދާކުރައްވާފައެވެ. ޒަކިއްޔާ މޫސާ މަރުވެފައި އޮތްވާ ފެނުނީ އޭނާ ދިރިއުޅޭ ގޭގެ ގުދަނެއްގެ ތެރޭގައެވެ. އަދި އޭނާގެ ކަރުގައި ޒަޚަމްތަކެއް ފެންނަން ހުރިކަމަށާއި، އޭނާގެ ހަށިގަނޑު ކައިރިން ވަޅިއެއްވެސް ފެނުނު ފުލުހުން ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
