
ސިޔާސީ ގޮތުން ޚިޔާލުތަފާތުވުން ދޫކޮށްލައި އަދުގެ ސަރުކާރުން ކުރިއަށްދާނީ ތަރައްޤީގެ ސިޔާސަތާއިގެންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ނ. ކުޑަފަރީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާޤހަކަފުޅުގައެވެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވާހަކަފުޅުގައި ސަރުކާރުގެ ތަރައްްގީގެ ސިޔާސަތަކީ ހުރިހާ ރަށަކަށްވެސް ހަމަހަމަކަމާއެކު ތަރައްޤީ ޔަޤީންކޮށްދިނުންކަން ފާހަގަކުރައްވަމުން ވިދާޅުވީ، އެއީ ވަޢުދުތުތައް ފުއްދުމާއެކު ރައްޔިތުން އެެދޭގޮތަށް ކަންކަން ފުރިހަމަކޮށްދިނުންކަމަށާއި ރައްޔިތުންގެ ގާތަށް ދަތުރުކުރައްވަނީވެސް ރައްޔިތުންނާ ގާތުން މަސައްކަތްކުރެއްވުމަށްކަމަށެވެ. ކުޑަފަރިއަށް އެންމެ މުހިންމުވެފައިވާ ގޮނޑުދޮށް ހިމާޔަތްކޮށް ރަށްގިރުމުގެ މައްސަލައަށް ހައްލެއް ގެނައުމުގެ މަސައްކަތް ރައްޔިތުން އެދޭގޮތަށް ކުރިއަށްގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ސިއްޙީ ދާއިރާއިން ކުރިއަށް ގެންދާނެ މަސައްކަތްތަކުގެ ތެރޭގައި ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ހިމެނޭކަމަށާއި، އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވާއިރު، ދާދީ އަވަހަށް ކުރިއަށްދަން ހަމަޖެހިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވަނީ އާބާދީއާއި އެއްވަރަށް ނިސްބަތުން ރަނގަޅު ސިއްޙީ ޚިދުމަތެއް ފޯރުކޮށްދެވޭނެކަމަށް ވިދާޅުވެފައެވެ. “ޒުވާނުންނާއި ކުޅިވަރު ކުޅޭ ފަރާތްތަކަށް ރަށްރަށުގައި އުމްރާނީ ގޮތުން ވަސީލަތް ޤާއިމްކޮށްދޭނެކަމަށް ވާނީ ވައުދުވެފައި. މިރަށުގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ފެށޭވަރަށް ފަހި ނުވިނަމަވެސް އުންމީދުކުރަނީ އެސެންޓަރު އެޅުމަށް ބޭނުންވާނެ ބިން ކައުންސިލުން ހަމަޖައްސާދޭނެކަމަށް. އުންމީދުކުރަން ކައުންސިލުން އެކަން ފަހިކޮށްދޭނެކަމަށް ރައްޔިތުންނަށްޓަކައި، ސަރުކާރުން ކުރާ މަސައްކަތަށް މަގުފަހިކޮށްދޭނެކަމަށް.”
ރައީސްގެ ވާހަކަފުުޅުގައި އެމަނިކުފާނު ބޭނުންފުޅުވަނީ ރައްޔިތުންގެ ކުރިއެރުމާއި ތަރައްޤީއަށްހުރި ހުރިހާ މަގަކުން މަސައްކަތްކޮށްދިނުންކަން ފާހަގަކުރެއްވިއެވެ. ރަށުގެ ތަރައްޤީގެ އިތުރު މަޝްރޫޢުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ ކުޑަފަރީއަށް ބޭނުންވާ ކަންކަން އެއްވެސް ތަފާތުކުރުމެއްނެތި ކޮށށްދެއްވާނެކަމަށާއި، އެގޮތުން މިހާރު ހުރި އިންޖީނުގޭގެ ހާލަތު ދަށްވެފައިވުމާއެކު އެތަނުގައި އެންމެ ޒަމާނީ ފެންވަރުގެ އައު އިންޖީނުގެއެއް އެޅުމަށް ނިންމާފައިވާކަމަށްވެސް ވިދާޅުވިއެވެ. އެކަން ކުރުމަށް ފެނަކައަށް ދަންނަވާފައިވާކަމަށާއި، އެފަދަ ކަނމުގައި ކުޑަފަރީގެ ތަރައްޤީއަށް އިސްކަންދީގެން ރައްޔިތުންގެ ހައްހުގައި މަސައްކަތް ކުރައްވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެމަނިކުފާނުގެ ސިޔާސަތަކީ ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ޚިޔާލު ތަފާތުވުން ހުރަހަކަށް ނުވާނެގޮތަށް މަސައްކަތްކުރެއްވުންކަމަށް ވިދާޅުވިއެވެ. “އެއްވެސް ރަށެއްގެ ކައުންސިލުން ޚިޔާލު ތަފާތުވެގެން ސަރުކާރަށް އެއްވެސް ކަމެއްގައި އެއްބާރުލުން ނުދިނުމަކީ ނުވަތަ ލަސްތައް ނޫނީ ހުރަސްތައްކުރިމަތިކުރުވުމަކީ އަޅުގަނޑުމެން ކަންބޮޑުވާކަމަކަށް ނުވާނެ. އަޅުގަނޑުމެންނަށް މުހިންމީ ރައްޔިތުންނާ ގާތަށް އައިސް އަޑުއަހައިގެން ކަންކަން ކޮށްދިނުން. އެހެންވެ ރައްޔިތުން ގާތަށް މިއަންނަނީވެސް ރައްޔިތުންގެ އަޑު އަހައިގެން ކަންކަން ކުރުމަށް.” ސިޔާސީ ގޮތުން ޚިޔާލުތަފާތުވުން އޮތްބަޔަކަށް އެކަން ދޫކޮށްލާފައި އެމަނިކުފާނު ކުރިއަށްދާނީ ސަރުކާރުގެ ސިޔާސަތާއިގެންކަމަށާއި، އެހެންކަމުން ރަށުގެ ތަރައްޤީއަށް ކުރަންހުރި ހުރިހާކަމެއް ކުރިއަށްދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ތަޢުލީމީ ދާއިރާއިން ސްކޫލް ކްލާސްރޫމްގެ އިތުރުން އޭލެވެލް ކިއޔުމަށް ސައިންސް ލެބަކާއެކީ އިތުރު 6 ކްލާސް ރޫމް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
