
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ 4000 ހައުސިން ޔުނިޓްގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. ފްލެޓްތައް އިމާރާތްކުރުމުގެ މަސައްކަތަށް ބަލާއިރު، މަޝްރޫޢުގައި ހިމެނޭ 16 ޓަވަރުގެވެސް ސްޓްރަކްޗަރަލް ހުރިހާ މަސައްކަތްތައް މިހާރު ވަނީ ނިންމާފައެވެ. ހުރިހާ ޓަވަރުތަކުގައިވެސް މިހާރު ކުރަމުންދަނީ ފްލެޓްތަކުގެ އެތެރޭގެ ފިނިޝިން މަސައްކަތްތަކެވެ.
މީގެކުރީގެ ހިންގި އިޖުތިމާޢީ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫޢު، ހިޔާ މަޝްރޫޢުއަށް ބަލާއިރު، ފްލެޓްތައް ހަވާލުކޮށްފައިވަނީ އެތާނގައި މީހުން ދިރިއުޅެން ފެށުމުގެ ކުރިން އަމިއްލައަށް އެތައް މަސައްކަތެއް ކުރަންޖެހޭގޮތަށެވެ. ފްލެޓް ދޫކުރިއިރު އެތަނުގައި ނިންމާފައި ހުރީ ހަތަރު ފާރާއި ފާހަނައިގެ ބައެއް މަސައްކަތެވެ. ފިނިޝިން މަސައްކަތް ހުރީ ނުނިންމައެވެ. އާއްމުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ފްލެޓް ލިބުމަށްފަހުވެސް، އެތަނަށް ވަނުމުގެ ކުރިން ގިނަ މަސައްކަތްތައް ކުރަން ޖެހުމެވެ. ފްލެޓްތަކުގައި މުށިޖެހުމާ ކުލަލުމާއި، ބަދިގެ ކަބަޑުސެޓު ޖެހުމާއި ފަންކާއާއި ބޮކިވެސް ހަރުކުރަންޖެހުނީ ފްލެޓްތަކުގެ ވެރިން އަމިއްލަ ޖީބުން އެތައް ޚަރަދެއް ކޮށްގެނެނެވެ. މިހާރު ދޫކުރުމަށް ތައްޔާރުވާ ފްލެޓްތަކާ ގުޅިގެންވެސް އާއްމުންގެ މި ކަންބޮޑުވުން އެބައޮތެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ގެދޮރުވެރިޔާ ސްކީމްގެ ފްލެޓްތައް ހުންނާނީ ކިހިނެއް؟
މީގެ ކުރީގެ ތަޖުރިބާއަށް ބަލާފައި، ސަރުކާރުން މިފަހަރު ރައްޔިތުންނަށް ދީފައިވާ ޔަގީންކަމަކީ، ފްލެޓްތައް ހަވާލުކުރާނީ ފިނިޝިން ހުރިހާ މަސައްކަތްތައް ނިންމާނެކަމުގެ ޔަގީންކަމެވެ،
އެގޮތުން މި ޔުނިޓްތައް ހަވާލުކުރާއިރު، އެޕަރޓްމަންޓްތަކުގެ ހުރިހާ ދޮރުތައް ހުންނާނީ ހަރުކޮށްފައެވެ. އަދި މުޅި އެޕަރޓްމަންޓްގައި ހުންނާނީ މުށި ޖަހާ ނިންމާފައެވެ. އެޕަރޓްމަންޓްގައި ކުލަލާފައިވާއިރު، ފާޚަނައިގެ ފިޓިންތައްވެސް ހުންނާނީ ގުޅާފައެވެ. އެގޮތުން ފާޚަނައި މުށި ޖެހުމާއި ފާހަނަ ތަށި ބެހެއްޓުމާއި މޫނު ދޮންނަ ތަށި އަދި ޝަވަރާ އެހެނިގެން ފިޓިންގްސްތައްވެސް ހުންނާނީ ހަރުކޮށްފައެވެ. ފާހަނައިގެ ފާރުތަކުގައިވެސް މައްޗާއި ހަމައަށް ހުންނާނީ މުށި ޖަހާފައެވެ. ހުރިހާ ކޮޓަރިތަކުގައިވެސް ފާޚަނަ ހުންނާނެއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ކަރަންޓު މަސައްކަތަށް ބަލާއިރު، ވަޔަރިންގެ ހުރިހާ މަސައްކަތްތައް ހުންނާނީ ނިންމާފައެވެ. އަދި ލައިޓާއި ފަންކާ ހަރުކުރުން އަދި ކަރަންޓު ސްވިޗް ބޯޑުތައްވެސް ހުންނާނީ ހަރުކޮށްފައެވެ.
އެޕަރޓްމަންޓްތަކުގައި ބެލްކަނި ހިމެނޭއިރު، އޭގެ އިތުރުން ލޯންޑްރީ ސްޕޭސްއެއްވެސް ވަކިން ހިމެނެއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
އެޕަރޓްމަންޓްތައް ދޫކުރާއިރު ބަދިގެ ސެޓެއް ނުހުންނާނެއެވެ. އެފްޑީސީން ވިދާޅުވީ ބަދިގެ ސެޓް ނުބެހެއްޓުމަށް ނިންމީ ކަސްޓަމަރުން ބޭނުންވާ އިންޓީރިއާއަށް ބަދިގެ ސެޓް ހެދުމަށް ފުރުޞަތު ދިނުމަށްކަމަށެވެ. ނަމަވެސް ބަދިގޭގެވެސް ފެނާ ކަރަންޓު ވަޔަރިންގެ މަސައްކަތް ހުންނާނީ ނިންމާފައެވެ. ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަންއިން މިހާރު ވަނީ ފަށާފައެވެ. ސޮއިކުރުމަށްފަހު، ޔުޓިލިޓީ މަސައްކަތްތައް ނިމުމުން ގެތަކަށް މީހުންނަށް ދިރިއުޅެން ފަށޭނެއެވެ.
About Post Author
މާދަމާ ނިއުސް
“ޢާއްމު ޞިއްޙަތުގެ ރައްކާތެރިކަމަށް ލޭ ހަދިޔާ ކުރުން މުހިއްމު”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، އަމިއްލައަށް އިސްނަގައިގެން...
އަތޮޅުތަކުގެ ސިއްޙީ ޚިދުމަތް ހަރުދަނާކުރުމުގެ ނަތީޖާ: ތިނަދޫގައި ފުރަތަމަ ފަހަރަށް ރަހިމުގެ ބޮޑު އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ނިންމާލައިފި
(ފޮޓޯ ކްރެޑިޓްސް: ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލް) ގދ. ތިނަދޫ ސިޓީގެ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ކާމިޔާބު ލެޕަރޮސްކޯޕިކް...
ކަނޑުމަގުން މުދާ ފޮނުވަން ކްލިއަރެންސަށް 10 ދުވަސް
ކަނޑުމަގުން ރާއްޖެއިން ބޭރަށް މުދާ ފޮނުވުމުގެ ކްލިއަރެންސް މަރުހަލާތަކަށް އެވްރެޖްކޮށް 10 ދުވަހަށްވުރެ ގިނަ ވަގުތު ހޭދަވާކަން މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ "ޓައިމް ރިލީޒް...
އެއާޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗަރ ޓެކްސް %21 އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މި އަހަރުގެ ފުރަތަމަ ފަސް މަސްދުވަހު އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އާއި ޑިޕާޗާ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ، މިދިޔަ...
ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަކަށް އީލޯން މަސްކް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ސްޕޭސްއެކްސް ކުންފުނީގެ ޙިއްޞާގެ އަގު ބޮޑުތަނުން އުފުލުމާ ގުޅިގެން، ދުނިޔޭގެ އެންމެ ފުރަތަމަ ޓްރިލިއަނަރުގެ މަޤާމު އެ ކުންފުނީގެ ބާނީ...
ކެނެޑާއިން އިތުރު 100 މިލިޔަން ޑޮލަރު ފަލަސްޠީނަށް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ޔަހޫދީންގެ އިސްތިޢުމާރުގެ ދަށުގައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމަށް ކެނެޑާއިން އިތުރު 100 މިލިޔަން އެމެރިކާ ޑޮލަރު...
