
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
މާޅެންދޫގެ ގިރާ ސަރަހައްދު ހިމާޔަތްކޮށް، ޖެޓީއެއް ތަރައްޤީކުރުމާއި ބިން ހިއްކުމުގެ މަޝްރޫޢު ރައްޔިތުން އެދޭގޮތަށް ކުރިއަށް ގެންދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މާޅެންދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވާހަކަފުޅުގައި މާޅެންދޫގެ ތަރައްޤީއަށް ހުރި ގިނަ ކަންކަން ކޮށްދިނުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށާއި، ރިޔާސީ ވަޢުދުތައް ފުރިހަމަކުރުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވާކަމަށް ވިދާޅުވިއެވެ.
މުޅި ރާއްޖޭގައި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ދަތިތަކެއް ކުރިން ހުރިނަމަވެސް އެކަންކަން ހައްލުކޮށް، މަޝްރޫޢުތައް ފަށައިގެން މިހާރު ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ. މާޅެންދޫއަށް އެންމެ މުހިންމު ކަމަކީ ރަށްގިރުގެ މައްސަލައަށް ޙައްލެއް ގެނައުންކަމަށާއި، އެހެންކަމުން ރައްޔިތުން އެދޭގޮތަށް ރަށުގެ ހުޅަނގު ފަރާތުގައި ޖެޓީއެއް ތަރައްޤީކުރުމާއެކު ގިރުމުގެ މައްސަލަ ޙައްލުކުރުމުގެ ޢަމަލީ މަސައްކަތް އަންނަ އޮގަސްޓުމަހު ފެށޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި އެ މަޝްރޫޢު ހުއްޓުމެއްނެތި ކުރިއަށްދާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.
މީގެ އިތުރުން ރަށަށް ބިން އިތުރުކުރުމަކީ ރައްޔިތުން ވަރަށް ބޮޑަށް އެދޭކަމެއްކަމަށާއި، ގެދޮރުވެރިކަމާއި އިޤްތިޞާދީ މަސައްކަތްތަކަށް ބިން ރަށަށް މުހިންމުކަމަށްވެސް ރައީސް ވިދާޅުވިއެވެ. މާޅެންދޫގައި ގުދުރަތީ ރީތި ސަރަހައްދެއް އޮތުމާއެކު އެތަން ނުގެއްލި ރަށަށް އާމްދަނީ ވަންނާނެގޮތަށް ހިމާޔަތްކުރުމާއެކު ބިން ހިއްކުމުގެ މަޝްރޫޢު ކުރިއަށްގެންދިއުމަށް ޕްލޭންކުރައްވާފައިވާކަމުގައިވެސް ރައީސް ވަނީ ވިދާޅުވެފައެވެ. ރައީސްގެ ވާހަކަފުޅުގައި މާޅެންދޫގެ ބިން ހިއްކުމުގެ މަޝްރޫޢު އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިއަށް ގެންދަވާނެކަމަށާއި، ރައްޔިތުން އެދޭގޮތަށް ޑިޒައިން ކުރިއަށް ގެންދަވާނެކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން އެރަށުގެ އިޚްތިޞާސްގައި ތޮޅެންދޫ ހިމެނުމަށް ރައްޔިތުން އެދުނުނަމަވެސް އެކަަށް ހުރަސް އަޅަމުންދަނީ އަތޮޅު ކައުންސިލުންކަމަށް ރައީސް ވިދާޅުވިއެވެ. އެއީ ކޯޓު މަރުހަލާގައި އަތޮޅު ކައުންސިލުން ހުށައަޅާފައިވާ މައްސަލައެއް އޮތުމުންކަން ރައީސް ފާހަގަކުރެއްވިއެވެ.
“މީގެދެތިން މަސް ކުރިންވެސް އަދި މި ދަތުރުގެ ކުރިން ބެލިއިރުވެސް ކޯޓުގައި މައްސަލައެއް އެބައޮތް. މިއަތޮޅުގެ އަތޮޅު ކައުންސިލުން މައްސަލައެއް ހުށައަޅައިގެން އެ މައްސަލަ އޮތީ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވާތީ މައްސަލަ ކުރިއަށްނުގޮސް އޮތީ. އެހެންކަމުން އެޓާނީ ޖެނެރަލަށް ދަންނަވައިފިން ޤާނޫނީ ގޮތުން މަގެއް ހޯދުމަށް. ރައްޔިތުންނަށް މި ރަށް ހަވާލުކުރެވޭނެ ގޮތެއް ހޯދުމަށް. އަތޮޅު ކައުންސިލުން މިކަމަށް ހުރަސް އަޅަމުންދަނީ.” ރައީސް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
މިހާރު މާޅެންދޫގައި ހިނގަމުންދާ ސްކޫލް މަޝްރޫއާއި، ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތްވެސް ހުއްޓުމެއްނެތި ކުރިއަށްދާނެކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ސިއްޙީ ދާއިރާ ވަރުގަދަކުރުމަށް ވަސީލަތްތައް މިހާރު މާޅެންދޫއަށް ގެންގޮސްފައިވާތީ، ޚިދުމަތް އިތުރަށް ރަނގަޅުކުރުމުގެ މަސައްކަތްތަކެއް ކުރެވެމުންދާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މަގު ހެދުމުގެ މަޝްރޫޢުވެސް އަންނަ އަހަރު ކުރިއަށް ގެންދިއުމަށް ޕްލޭންކޮށްފައިވާކަމަށާއި، އޭގެތެރޭގައި މާޅެންދޫވެސް ހިމެނޭކަމަށް ރައީސް ވިދާޅުވިއެވެ. ރަށުގެ ތަރައްޤީއަށް އިސްކަންދެއްވާކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
