
ދިވެހި މީޑިއާގެ އިސް ސަފުގައި އަންހެނުން ހަރަކާތްތެރިވާ މިންވަރު އިތުރުވެ، އަންހެނުންގެ އިސްނެގުމާއެކު ދިވެހި މީޑިއާއަށް އިތުރު ކުރިއެރުން ލިބެމިންދާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. ތަރުޖަމާނު މިހެން ވިދާޅުވެފައިވަނީ، ސަރަޙައްދީ މީޑިއާގެ އެންމެ ބޮޑު ބައްދަލުވުން، 20 ވަނަ އޭޝިއާ މީޑިއާ ސަމިޓުގައި، އޭޝިޔާ ސަރަހައްދުގެ މީޑިއާ ތަޖުރިބާކާރުންނާއެކު ކުރިއަށްގެންދިޔަ ޕްލިނަރީ ސެޝަނެއްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުންނެވެ.
މީޑިއާގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ޕެނަލްގެ މޮޑަރޭޓަރ ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ހީނާ ވިދާޅުވީ، ރާއްޖޭގެ ނޫސްވެރިކަމާއި ބްރޯޑްކާސްޓިން ދާއިރާގައި އަންހެނުންގެ ދައުރު ބޮޑުކަމަށާއި، މީޑިއާ ހިންގުމާއި ވިލަރެސްކުރުމުގެ ދާއިރާގައި ނިސްބަތުން އަންހެނުން ގިނަކަމަށެވެ. އެގޮތުން ޕީއެސްއެމްގެ ޗެއަރޕާސަން އާއި ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސަކީ އަންހެން ބޭފުޅުންކަމަށާއި، ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލްގައިވެސް އަންހެނުންގެ ހިއްސާ ބޮޑުކަން އެ ކަމަނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ސިވިލް ސަރވިސްގެ މަތީ ފަންތީގެ މާޤާމުތަކުގައި އަންހެނުންގެ ހިއްސާ ބޮޑުކަން ފާހަގަކުރައްވާ ހީނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހާއި ވަޒީރުންގެ މަޖިލީހުގައިވެސް އަންހެނުންގެ ދަނީ މުހިއްމު ދައުރެއް އަދާ ކުރަމުންކަން ހީނާ ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ޚާރިޖީ މިޝަންތަކަށް ބަލާލާއިރު، 7 އަންހެން ސަފީރުން ތިބިކަމާއި ލޯކަލް ކައުންސިލްތަކުގައި ވެސް މިންތީގެ ހަމަހަމަކަން ކަށަވަރުކުރެވޭނޭ ފަދައިން އިންތިޒާމުކުރެވިފައިވާކަމަށްވެސް އެ ކަމަނާ ވިދާޅުވިއެވެ. ހައްސާސް ދަނޑިވަޅުތަކުގައި ރައްޔިތުންނަށް ތެދު މައުލޫމާތު ފޯރުކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށްވެސް އެކަމަނާ އަލިއަޅުއްވާލެއްވިއެވެ. އެ ގޮތުން، 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގެ އުނދަގޫ އަދި ހިތާމަވެރި ދަނޑިވަޅުގައި ރައްޔިތުންނާއި ހަމައަށް ލަސްނުކޮށް، ތެދު މަޢުލޫމާތު ފޯރުކޮށްދިނުމަށް ދިވެހި މީޑިއާއިން ކުރި މަސައްކަތްތައް ހީނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ދޮގު ޚަބަރާއި މަޢުލޫމާތާ ދެކޮޅަށް މަސައްކަތްކުރުމުގައި ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވެފައިވާ ތަފާތު ގޮންޖެހުންތަކާ ބެހޭގޮތުންވެސް މި ސެޝަންގައި ތަރުޖަމާނު ވަނީ ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން، ރާއްޖެއަކީ ކުޑަ ޤައުމެއްކަމަށްވުމާއެކު، ހަލުވި ދުވެއްޔެއްގައި ދޮގު ޚަބަރާއި މައުލޫމާތު ފެތުރިގެންދާކަން ހީނާ ފާހަގަކުރެއްވިއެވެ. އަދި ދޮގު ޚަބަރާއި މަޢުލޫމަތު އަދި މީޑިއާގެ އަޙްލާޤީ މިންގަޑާއި ހިލާފް ކޮންޓެންޓު މޮނީޓަރކޮށް ބެހެލެހެއްޓުމުގައި މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިންގ ކޮމިޝަނުން އަދާކުރާ ދައުރު، ތަރުޖަމާނުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.
މި ބައްދަލުވުމުގައި އެ ކަމަނާ ވަނީ، ހާމަކަން ބޮޑު، ދެފުށް ފެންނަ ގޮތެއްގައި ވެރިކަން ހިންގުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، 23 ފެބުރުއަރީ 2024 ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އިފްތިތާހުކުރެއްވި ސިޓިޒަންސް ވޮއިސް ޕޯޓަލް އާއި ސަރުކާރުގެ އިސްވެރިންނާ ސުވާލުކުރެވޭ ގޮތައް ސިލްސިލާކޮށް ކުރިއަށް ގެންދާ “އަހާ” ފޯރަމް، އެކަމަނާ ފާހަގަކުރެއްވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
