
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ދުނިޔޭގެ ޞިއްޙާތު ޖަމްޢިއްޔާ، ޑަބްލިޔުއެޗްއޯގެ މުވައްޒަފުންނަށް އަމާޒުކޮށް ޔަހޫދީން ޙަމަލާ ދެމުންދާ ކަމަށް އެ ޖަމްޢިއްޔާއިން ބުނެފިއެވެ. ޑަބްލިޔުއެޗްއޯއިން ބުނީ ފަލަސްޠީނުގެ ޣައްޒާގައި އެ ޖަމްޢިއްޔާގެ މުވައްޒަފުން ދިރިއުޅޭ މައި އިމާރާތަށް ޔަހޫދީން ތިން ފަހަރެއްގެ މަތިން ޙަމަލާ ދީފައިވާ ކަމަށެވެ. ޣައްޒާގެ މެދުތެރޭގައި އޮންނަ ދީރުލް ބަލާޙްގައި ހުންނަ ޑަބްލިޔުއެޗްްއޯގެ އިމާރާރަކީ އެ ޖަމްޢިއްޔާގެ މައި ގުދަން ވެސް ޤާއިމުކޮށްފައި ހުންނަ އިމާާރާތެވެ. އެ އިމާރާތަށް ދީފައިވާ ވައިގެ ޙަމަލާތަކުގެ ސަބަބުން އެ އިމާރާތުގައި އަލިފާން ރޯވެ، އިތުރު ގެއްލުންތައް ލިބިފައިވާ ވެއެވެ. އެ ޙަމަލާތަކުގެ ސަބަބުން އެ އިމާރާތުގައި ދިރިއުޅޭ ޑަބްލިޔުއެޗްއޯގެ މުޒައްޒަފުންނާއި އެ މީހުންގެ ޢާއިލާ ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށް އެ ޖަމްޢިއްޔާއިން ބުނެއެވެ. އޭގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނެއެވެ.
ޔަހޫދީ ފައުޖުން ވަނީ ޖުލައި މަހުގެ 21ވަނަ ދުވަހު ދީރުލް ބަލާޙްގެ އުތުރާއި ދެކުނުގެ ސަރަޙައްދުތަކަށް ފުރަތަމަ ފަހަރަށް ވަދެގަނެގަފައެވެ. 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާއަށް ދެމުންދާ ޢުދުވާނީ ޙަމަލާތަކުގައި އެ ސަހަރު އެއްކޮށްހެން ސުންނާފަތިކޮށްލާފައިވާއިރު، މީގެ ކުރިން ދީރުލް ބަލާޙަށް ޙަމަލާ ދީފައި ނުވަނީ ޣައްޒާގެ ވެރިކަންކުރާ ޙަމާސް ޖަމާޢަތުގެ ބެލުމުގައި ތިބި ޔަހޫދީ އަސީރުން އެ ސަރަޙައްދުގައި ތިބި ކަމަށް ބެލެވޭތީއެވެ. ފާއިތުވި 21 މަސް ދުވަހުގެ ތެރޭގައި، ޣައްޒާގެ ހުޅަނގާއި ދެކުނުގެ ސަރަޙައްދުތައް ދޫކޮށް ދިޔުމަށް މަޖުބޫރުވި ޣައްޒާގެ އެތައް ހާސް ރައްޔިތުންނެއް ވަނީ ދީރުން ބަލާޙަށް ޖަމާވެފައެވެ. ދީރުލް ބަލާޙަަށް މިހާރު ދެމުންދާ ޙަމަލާތައް އަމާޒުކުރަމުން ދަނީ އެ ސަރަޙައްދުގެ ގޭގެއާއި މިސްކިތްތައް ފަދަ ތަންތަނަށެވެ. އެ ޙަމަލާތަކުކައި މިހާތަނަށް ތިން މީހުން ޝަހީދުވެ، ގިނަ ޢަދަދެއްގެ މީހުންނަށް ވަނީ ޒަޅަމްވެފައެވެ.
ޑަބްލިޔުއެޗްއޯއިން ބުނީ އެ ޖަމްޢިއްޔާގެ މުވައްޒަފުން ދިރިއުޅޭ އިމާރާތަށް ޔަހޫދީ ސިފައިން ވަދެ، އެ އިމާރާތުގައި ތިބި އަންހެނުންނާއި ކުޑަކުދިން އެ ސަރަޙައްދު ދޫކޮށް ދިޔުމަށް މަޖުބޫރު ކުުރި ކަމަށެވެ. އެ މީހުންނަށް އެންގީ ފައިމަގުގައި އަލް-މަވާސީއާ ދިމާލަށް މިސްރާބު ޖެހުމަށެވެ. އެއީ އެ ސަރަޙައްދުގައި ޙަމަލާ ބަދަލުކުރަމުންދިޔަ ވަގުތެއްގައެވެ. އެ ޖަމްޢިއްޔާއިން އިތުރަށް ބުނީ ޑަބްލިޔުއެޗްއޯގެ ފިރިހެން މުވައްޒަފުންނާއި އެ މީހުންގެ ޢާއިލީ މެންބަރުންގެ އަތުގައި ބިޑި އަޅުވައި، އެ މީހުން ލައިގެން ތިބި ހެދުން ބާލުވައި، އެ ތަނުގައި ބައިތިއްބައިގެން ސުވާލުކޮށް، ބަޑި ޖައްސައިގެން ސްކްރީން ކޮށްފައިވާ ކަމަށެވެ. ޑަބްލިޔުއެޗްއޯގެ ދެ މުޒައްޒަފުންނާއި ދެ ޢާއިލީ މެންބަރުން ހައްޔަރުކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން ތިން މީހުން ފަހުން ދޫކޮށްލާފައިވާ ކަމަށް ވެސް ޑަބްލިޔުއެޗްއޯއިން ބުނެފައިވެއެވެ. ނަމަވެސް އޭގެ ތެރެއިން އެކަކު އަދިވެސް ހުރީ ޔަހޫދީންގެ ބެލުމުގެ ދަށުގައެވެ.
ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް، ޓެޑްރޮސް އަދަނޮމް ގެބްރިޔޭސުސް ވަނީ ޔަހޫދީން ހައްޔަރުކޮށްފައިވާ ޑަބްލިޔުއެޗްއޯގެ މުވައްޒަފު މިހާރުން މިހާރަށް ދޫކޮށްލައި، އެ ޖަމްޢިއްޔާގެ އެންމެހާ މުޒައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގޮވާލައްވައިފައެވެ. ޑަބްލިޔުއެޗްއޯއިން ބުނީ އެ ޖަމްޢިއްޔާއާ ދެކޮޅަށް ޔަހޫދީން ޙަމަލާ ދިން ނަމަވެސް އެ ޖަމްޢިއްޔާއިން ދީރުލް ބަލާޙުގައި ދެމިތިބޭނެ ކަމަށާއި އެ ޖަމްޢިއްޔާގެ މަސައްކަތްތައް ފުޅާ ކުރާނެ ކަމަށެވެ. ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް ޔަހޫދީން ޣައްޒާއަށް ދެމުންދާ ޙަމަލާތަކުގައި މިހާތަނަށް 59،000އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި ގިނައީ ކުށެއްނެތް އަންހެނުންނާއި މައުސޫމް ކުޑަކުދިންނެވެ. ޣައްޒާއަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު ވެއްދުމަށް ޔަހޫދީން ވަރަށް ބޮޑަށް ދަތިކޮށްފައިވާއިރު، ޣައްޒާގެ ރައްޔިތުން ދަނީ އިންތިހާ ދަރަޖައަށް ބަނޑުހައިހޫނުކަން ތަޙައްމަލްކުރަމުންނެވެ. ޣައްޒާގެ ރައްޔިތުން ބަނޑުހައިހޫނުކަމުގައި މަރުވަމުންދާއިރު ޖޫން މަހުގެ 21ވަނަ ދުވަހު އިނގިރޭސިވިލާތް ހިމެނޭގޮތަށް 20 ޤައުމަކުން ވަނީ ޣައްޒާގެ ހަނގުރާމަ މިހާރުން މިހާރަށް ނިމުމަކަށް ގެނައުމަށް ގޮވާލައިފައެވެ. ޣައްޒާގައި އެހީގެ ސާމާނު ބަހާ މަރުކަޒުތައް ކައިރިން ގިނަ ޢަދަދެއްގެ އާއްމުން ޝަހީދު ކުރަމުންދާއިރު، އެ ޤައުމުތަކުން ވަނީ ޣައްޒާގައި އެހީގެ ސާމާނު ބެހުމަށް ބޭނުންކުރަމުންދާ ނިޒާމު ބަދަލުކުރުމަށް ވެސް ގޮވާލައިފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
