
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ބަންގްލަދޭޝްގެ ވެރިރަށް ދާކާގެ މަދަރުސާއަކަށް އަސްކަރީ މަތިންދާބޯޓެއް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 31އަށް އުފުލިއްޖެއެވެ. މަރުވި މީހުންގެ ތެރޭގައި ގިނައީ އެ މަދަރުސާގައި ތަޢުލީމު ހާސިލު ކުރަމުން ދިޔަ ދަރިވަރުންނެވެ. ވެއްޓިފައި ވަނީ ތަމްރީނުތަކުގައި ބޭނުން ކުރާ މަތިންދާބޯޓެކެވެ. އެ ހާދިސާއާ ގުޅިގެން ސަރުކާރާ ދެކޮޅަށް އަޑުއުފުލުމަށް ދާކާގައި މުޒާހަރާތަކެއް ވަނީ ފަށާފައެވެ. މައިލްސްޓޯން ސްކޫލް އެންޑް ކޮލެޖަށް ވެއްޓިފައި ވަނީ ޗައިނާގައި އުފައްދާފައިވާ އެފް-7 ބީޖީއައި މަރުކާގެ އަސްކަރީ މަތިންދާބޯޓެކެވެ. އެ ހާދިސާގައި މަރުވި މީހުންގެ ތެރޭގައި 25 ދަރިވަރުން ހިމެނޭއިރު، އޭގެ ތެރޭގައި ގިނައީ 12 އަހަރުން ދަށުގެ ކުދިންނެވެ. ގިނަ ކުދިންތަކެއް މަރުވީ، މަތިންދާބޯޓު ވެއްޓި، އިމާރާތުގައި ރޯވި އަލިފާންގަނޑުގައި ކަމުގައި ރިޕޯޓުތައް ބުނެއެވެ.
އެ މަދަރުސާ ހުންނަ ސަރަޙައްދަށް ބަންގްލަދޭޝްގައި ވެރިކަން ކުރާ ވަގުތީ ސަރުކާރުގެ އިސް އޮފިޝަލުންތަކެއް ޒިޔާރަތް ކުރުމާ އެކު، ގިނަ އަދަދެއްގެ ބަޔަކު ވަނީ އެ ސަރަޙައްދަށް ޖަމާވެ، ސަރުކާރާ ދެކޮޅަށް އަޑު އުފުލަން ފަށާފައެވެ. އޭގެ ތެރޭގައި އެ މަދަރުސާގެ އިތުރުން އެ ސަރަޙައްދުގައި ހުރި އެހެން މަދަރުސާތަކުގެ ދަރިވަރުން ހިމެނެއެވެ. “އަޅުގަނޑުމެންގެ އަޚުން މަރުވީ ކީއްވެ؟ އަޅުގަނޑުމެން ޖަވާބު ބޭނުން،” އެ ދަރިވަރުން ގޮވަމުން ދިޔައެވެ. އަދި، މަރުވި ދަރިވަރުންނަށް އިންސާފު ހޯދައިދިނުމަށް ވެސް މުޒާހަރާގެ ބައިވެރިން ގޮވައިލިއެވެ. މަތިންދާބޯޓު ވެއްޓުނު ހާދިސާއާ މެދު ހިތްހަމަނުޖެހުން ފާޅު ކުރުމުގެ ގޮތުން ދާކާގެ އެހެން ސަރަޙައްދެއްގައި ހުންނަ ސަރުކާރު އޮފީހަކަށް ވެސް މުޒާހަރާގެ ބައިވެރިން ވަނީ ގެއްލުންދީފައެވެ. އަދި، ވަގުތީ ސަރުކާރުގައި ތަޢުލީމީ ދާއިރާގެ މުޝީރު ކަމުގެ މަޤާމު ފުރުއްވަމުން ގެންދަވާ ބޭފުޅާގެ އިސްތިޢުފާއަށް ގޮވައިލާފައެވެ. އެ މީހުން ހުއްޓުވުމަށް ފުލުހުން ބާރުގެ ބޭނުން ކޮށްފައިވެއެވެ.
މައިލްސްޓޯން ސްކޫލް އެންޑް ކޮލެޖަށް ވެއްޓިފައި ވަނީ އެ ސަރަޙައްދުގައި އޮތް އަސްކަރީ ވައިގެ ބަނދަރަކުން ފުރި މަތިންދާބޯޓެކެވެ. ބަންގްލަދޭޝްގެ އަސްކަރިއްޔާއިން ބުނީ، އެއީ އަސްކަރީ ތަމްރީނުތަކެއްގެ ދަށުން ދަތުރު ކުރަމުން ދިޔަ އުޅަނދެއް ކަމުގައެވެ. އަދި، މަތިންދާބޯޓު ވެއްޓިފައި ވަނީ ޓެކްނިކަލް މައްސަލައެއް ކުރިމަތިވެގެން ކަމަށާއި، މި ހާދިސާގައި އެ އުޅަނދުގައި އިން ޕައިލެޓު ވެސް މަރުވެފައިވާ ކަމުގައި އަސްކަރިއްޔާއިން ބުންޏެވެ. މި ހާދިސާގައި މަރުވި މީހުންގެ އަދަދު 31އަށް އުފުލިފައިވާއިރު، ޒަޚަމުވި 165 މީހަކަށް ފަރުވާ ދިނުމަށް ހަސްފަތާލުގައި އެޑްމިޓު ކުރަން ޖެހުނެވެ. އޭގެ ތެރެއިން 70 މީހަކަށް އަދިވެސް ފަރުވާ ދެމުންދާ ކަމުގައި ބަންގްލަދޭޝްގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުންޏެވެ. މި ހާދިސާއާ ގުޅިގެން ބަންގްލަދޭޝްގައި ވަނީ ހިތާމައިގެ ދުވަހެއް އިޢުލާނު ކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
“ޢާއްމު ޞިއްޙަތުގެ ރައްކާތެރިކަމަށް ލޭ ހަދިޔާ ކުރުން މުހިއްމު”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، އަމިއްލައަށް އިސްނަގައިގެން...
އަތޮޅުތަކުގެ ސިއްޙީ ޚިދުމަތް ހަރުދަނާކުރުމުގެ ނަތީޖާ: ތިނަދޫގައި ފުރަތަމަ ފަހަރަށް ރަހިމުގެ ބޮޑު އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ނިންމާލައިފި
(ފޮޓޯ ކްރެޑިޓްސް: ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލް) ގދ. ތިނަދޫ ސިޓީގެ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ކާމިޔާބު ލެޕަރޮސްކޯޕިކް...
ކަނޑުމަގުން މުދާ ފޮނުވަން ކްލިއަރެންސަށް 10 ދުވަސް
ކަނޑުމަގުން ރާއްޖެއިން ބޭރަށް މުދާ ފޮނުވުމުގެ ކްލިއަރެންސް މަރުހަލާތަކަށް އެވްރެޖްކޮށް 10 ދުވަހަށްވުރެ ގިނަ ވަގުތު ހޭދަވާކަން މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ "ޓައިމް ރިލީޒް...
އެއާޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗަރ ޓެކްސް %21 އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މި އަހަރުގެ ފުރަތަމަ ފަސް މަސްދުވަހު އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އާއި ޑިޕާޗާ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ، މިދިޔަ...
ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަކަށް އީލޯން މަސްކް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ސްޕޭސްއެކްސް ކުންފުނީގެ ޙިއްޞާގެ އަގު ބޮޑުތަނުން އުފުލުމާ ގުޅިގެން، ދުނިޔޭގެ އެންމެ ފުރަތަމަ ޓްރިލިއަނަރުގެ މަޤާމު އެ ކުންފުނީގެ ބާނީ...
ކެނެޑާއިން އިތުރު 100 މިލިޔަން ޑޮލަރު ފަލަސްޠީނަށް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ޔަހޫދީންގެ އިސްތިޢުމާރުގެ ދަށުގައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމަށް ކެނެޑާއިން އިތުރު 100 މިލިޔަން އެމެރިކާ ޑޮލަރު...
