
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ވަކި ގޮތަކަށް އަމަލު ކުރުމަށް ޔަހޫދީންނަށް ބާރު ނޭޅޭނެ ކަމަށާއި، މަޖުބޫރު ނުކުރެވޭނެ ކަމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާއްޞަ މަންދޫބު ތޮމަސް ބަރާކް ވިދާޅުވެއްޖެއެވެ. އޭނާ މި މޭރުމުން ވިދާޅުވެފައި މި ވަނީ، ލުބްނާނަށް ވަޑައިގަންނަވައި، އެ ޤައުމުގެ ވެރިންނާ އެކު ބޭއްވެވި ބައްދަލުވުންތަކަށް ފަހު ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުاللهއާ އެކު އެކުލަވައިލާފައިވާ ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމާ ޚިލާފަށް ޔަހޫދީން ދަނީ އެ ޤައުމުގެ ޢާންމުން ދިރިއުޅޭ ރަށްތަކާއި ސަރަޙައްދުތަކަށް ނިރުބަވެރި ޙަމަލާތަކެއް ދެމުންނެވެ. ގިނަ އަދަދެއްގެ ބަޔަކު ޝަހީދު ކުރަމުންނެވެ. އެތަކެއް މަސްތަކަކަށް ދެމިގެންދިޔަ ހަނގުރާމައަކަށް ފަހު ޙިޒްބުاللهއާއި ޔަހޫދީންނާ ދެމެދު ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލާފައި ވަނީ 2024ވަނަ އަހަރުގެ ނޮވެންބަރު މަހުއެވެ.
އެ އެއްބަސްވުން އެކުލަވައިލާފައި ވަނީ ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު، އެމެރިކާގެ އެހީތެރިކަމާ އެކުގައެވެ. އަދި، ހުސްވި މަހު އެމެރިކާއިން ވަނީ، ހަތިޔާރު ބެހެއްޓުމަށް ޙިޒްބުاللهއަށް މަޖުބޫރު ކުރުވުމަށް ހުށަހެޅުންތަކެއް ހުށަހަޅާފައެވެ. އެއީ، ޔަހޫދީން ބޭނުންވާ ގޮތެވެ. އެމެރިކާގެ ހުށަހެޅުމުގައި އޮތީ، ކުރިއަށް އޮތް ހަތަރު މަހެއްހާ ދުވަހުގެ ތެރޭގައި ޙިޒްބުاللهން ހަތިޔާރު ތިރިކޮށް، ހުރިހާ ހަތިޔާރެއް ލުބްނާންގެ އަސްކަރިއްޔާގެ ބެލުމުގެ ދަށަށް ގެންދިޔުމަށެވެ. އަދި، އޭގެ ބަދަލުގައި ލުބްނާންގެ ޢާންމު ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓައިލުމަށެވެ. އަދި، ލުބްނާނަށް އަރައިގަނެފައިވާ ޔަހޫދީ ސިފައިން އެ ސަރަޙައްދުތަކުން ފޭބުމަށް ވެސް އެމެރިކާގެ ހުށަހެޅުމުގައި ހިމަނާފައިވެއެވެ.
ލުބްނާންގެ ސަރުކާރާއި ޙިޒްބުاللهން ބުނީ، މިހާރު އަމަލު ކުރަމުންދާ އެއްބަސްވުމާ ޚިލާފަށް ޔަހޫދީން އަމަލު ކުރަމުންދާ ކަމުގައެވެ. އަދި، އެ އެއްބަސްވުން ފުރިހަމައަށް ތަންފީޒު ކޮށްދިނުމަށް ލުބްނާންގެ ސަރުކާރުން ވަނީ އެމެރިކާގެ ކިބައިން އެދިފައެވެ. ލުބްނާންގެ ބޮޑުވަޒީރު ނަވާފް ސަލާމާ އެކު ބޭއްވެވި ބައްދަލުވުމަކަށް ފަހު މި ކަމާ ގުޅޭ ގޮތުން ނޫސްވެރިއަކު ސުވާލު ކުރުމުން ބަރާކް ވިދާޅުވީ، އަމަލު ކުރަންވީ ގޮތް ޔަހޫދީންނަށް އެންގުމަކީ އެމެރިކާއާ ބެހޭ ކަމެއް ނޫން ކަމުގައެވެ. އަދި، ޔަހޫދީންނަށް މަޖުބޫރު ކުރުވުމަކީ އެމެރިކާއަށް ކުރެވޭނެ ކަމެއް ނޫން ކަމުގައެވެ.
ހަމަ އެ މޭރުމުން، ޙިޒްބުاللهގެ ހަތިޔާރުތައް އަތުލުމަށް އެމެރިކާއިން ލުބްނާންގެ ސަރުކާރަށް މަޖުބޫރު ކުރުވަމުން ނުދާ ކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ. “އޭގެ އެއްވެސް ނަތީޖާއެއް ނެތް، އެއްވެސް ނުރައްކަލެއް ނެތް، ޗާބޫކެއް ނެތް،” އޭނާ ވިދާޅުވިއެވެ. ތުރުކީވިލާތަށް އެމެރިކާއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމުގެ މަޤާމު ވެސް ފުރުއްވަމުން ގެންދަވާ ބަރާކަކީ ޓްރަމްޕްގެ އަރިސް ބޭފުޅެކެވެ. ނޮވެންބަރުގައި އަމަލު ކުރަން ފެށި އެއްބަސްވުމަށް ޙިޒްބުاللهން ދަނީ ތަބާވަމުންނެވެ. އަދި، އެ ޤައުމުގެ ދެކުނުގައި ސަރަޙައްދުތަކުގައި ހަރަކާތްތެރިވުމާއި، ޒަޔަނިސްޓު އިސްރާއީލުގެ ސަރަޙައްދީ ރޮނގު ކައިރީގައިވާ ސަރަޙައްދުތަކުގައި ހަތިޔާރު ގެންގުޅުން ހުއްޓައިލާފައެވެ. މީގެ އިތުރުން، އެ ޖަމާޢަތުގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ހަތިޔާރު ލުބްނާންގެ އަސްކަރިއްޔާއާ ޙަވާލު ކޮށްފައިވެއެވެ.
ނަމަވެސް، އެއްބަސްވުމާ ޚިލާފަށް ޔަހޫދީ ފައުޖުން އަދިވެސް ދަނީ ލުބްނާންގެ ޢާންމުން ދިރިއުޅޭ ރަށްތަކަށް ނިރުބަވެރި ޙަމަލާތައް ދެމުންނެވެ. އަދި، އެ ޤައުމުގެ ދެކުނުގައިވާ ފަސް ސަރަޙައްދެއްގައި ޔަހޫދީ ސިފައިން އަދިވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި، އެ ސަރަޙައްދުތަކުން ފޭބުމަށް ޔަހޫދީ ސިފައިން ދަނީ އިންކާރު ކުރަމުންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
