
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމު އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާ އެކު 25 ޤައުމަކުން ކުށްވެރިކޮށް، ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ވަގުތުން ހުއްޓައިލުމަށް ގޮވައިލައިފިއެވެ. ހުޅަނގުގެ ބާރުތަކުގެ ގޮތުގައި ބެލެވޭ ގިނަ ޤައުމުތަކަކުން ޔަހޫދީންގެ ލާއިންސާނީ ޖަރީމާތަކާ ދެކޮޅަށް ނެރުނު ގުޅިފައިވާ ބަޔާނުގައި، ޣައްޒާގެ 2.3 މިލިޔަނެއްހާ ރައްޔިތުން ހައިހޫނުގައި ޖެއްސުމަށް ޔަހޫދީންނާއި އެމެރިކާ ގުޅިގެން ހިންގަމުންދާ ޖަރީމާތައް ވެސް ކުށްވެރި ކުރިއެވެ. ޔަހޫދީންނާ ދެކޮޅަށް ގުޅިފައިވާ ބަޔާން ނެރުނު ޤައުމުތަކުގެ ތެރޭގައި ވިލާތުގެ އިއްތިޙާދު (އީޔޫ)ގެ 20 ޤައުމެއްގެ އިތުރުން ކެނެޑާ، އޮސްޓްރޭލިޔާ އަދި ނިއު ޒިލެންޑް ހިމެނެއެވެ. އެއީ، ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ އެމެރިކާއާ އިއްތިޙާދުވެފައިވާ ޤައުމުތަކެކެވެ. ޣައްޒާ ނަސްލުހޭދައިގައި ޔަހޫދީންނަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުން ދަނީ އެމެރިކާއިންނެވެ. އޭގެ ތެރޭގައި ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރު ފޯރުކޮށްދިނުން ހިމެނެއެވެ.
ގުޅިފައިވާ ބަޔާން ނެރުނު ޤައުމުތަކުން ބުނީ، ޣައްޒާގެ ރައްޔިތުންނަށް ޔަހޫދީން ކާބޯތަކެތި ފޯރުކޮށްދެމުން ދަނީ “މަދު އެތިކޮޅުކޮޅުން” ކަމުގައެވެ. އަދި، ޔަހޫދީންގެ ނިރުބަވެރި ޙަމަލާތަކުގައި ކާބޯތަކެތި ހޯދުމަށް މަސައްކަތް ކުރަމުން ދިޔަ 800 އެއްހާ މީހުން ޝަހީދު ކޮށްލާފައިވާ ކަން ފާހަގަކޮށް، އެ ކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އޭގެ ތެރެއިން ގިނަ މީހުން ޝަހީދު ކޮށްލާފައި ވަނީ ޣައްޒާ ހިޔުމެނިޓޭރިޔަން ފައުންޑޭޝަން (ޖީއެޗްއެފު)ން ކާބޯތަކެތި ބެހުމުގެ ނަމުގައި ޤާއިމު ކޮށްފައިވާ މަރުކަޒުތައް ކައިރީގައެވެ. ޖީއެޗްއެފަކީ، ޣައްޒާގައި ހައިހޫނުގައި ޖައްސާފައިވާ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތްތައް ޔަހޫދީންގެ އަތްދަށަށް ގެންދިޔުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ގުޅިގެން އުފައްދާފައިވާ ޖަމުޢިއްޔާއެކެވެ. ޖީއެޗްއެފް މެދުވެރިކޮށް ޔަހޫދީން ދަނީ ލާއިންސާނީ ބޮޑެތި ޖަރީމާތަކެއް ހިންގަމުންނެވެ. އަދި، ކާބޯތަކެތި ބެހުމުގެ ނަމުގައި އެތަކެއް ސަތޭކަ ބަޔަކު ޖީއެޗްއެފްގެ މަރުކަޒުތައް ކައިރިއަށް ޖަމާކޮށް، އެ މީހުންނަށް ޙަމަލާދީ، ގިނަ އަދަދެއްގެ ބަޔަކު ޝަހީދު ކުރަމުންނެވެ. އެއީ، ހަނގުރާމައިގެ ކުށެކެވެ.
“ކާބޯތަކެތި ބެހުމަށް އިސްރާއީލުގެ ސަރުކާރުން ޤާއިމު ކޮށްފައި ވަނީ އެންމެ ނުރައްކާތެރި ނިޒާމެއް، އޭގެ ސަބަބުން ހަމަނުޖެހުން އިތުރުވޭ، އަދި ޣައްޒާގެ ރައްޔިތުންގެ އިންސާނީ ކަރާމާތް ނަގައިލާ،” ގުޅިފައިވާ ބަޔާނުގައި ސޮއިކޮށްފައިވާ ޤައުމުތަކުގެ ޚާރިޖީ ވަޒީރުން ވިދާޅުވިއެވެ. “ޣައްޒާގެ ރައްޔިތުންނަށް ތަހައްމަލު ކުރުމަށް ޖައްސާފައިވާ ނިކަމެތި ހާލަތު ވަނީ އެތަކެއް ގުނައަކަށް ގޯސްވެފައި.” އެ ޤައުމުތަކުން ވަނީ، ޣައްޒާ ޢުދުވާން ވަގުތުން ހުއްޓުމަކަށް ގެނައުމަށް ޔަހޫދީންނަށް ގޮވައިލާފައެވެ. އޭގެ ތެރޭގައި އެމެރިކާއާ އެކު ޖާސޫސީ މަޢުލޫމާތު ބަދަލު ކުރުމަށް އެކުލަވައިލާފައިވާ ފަސް ޤައުމެއް ހިމެނޭ އިއްތިޙާދެއްގެ ހަތަރު މެންބަރުން ވެސް ހިމެނެއެވެ. އެ އިއްތިޙާދުގެ ފަސްވަނަ ޤައުމަކީ އެމެރިކާއެވެ.
ޔަހޫދީން ވަނީ ގުޅިފައިވާ ބަޔާނަށް ފާޑުކިޔާފައެވެ. އަދި، ޔަހޫދީންގެ ޙިމާޔަތުގައި އެމެރިކާއިން ވަނީ ތެދުވެފައެވެ. އެމެރިކާއިން އިސްރާއީލަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މައިކް ހަކަބީ ވިދާޅުވީ، 25 ޤައުމެއް ގުޅިގެން ޔަހޫދީންނާ ދެކޮޅަށް ނެރެފައި ވަނީ “ހަޑި މުޑުދާރު” ބަޔާނެއް ކަމުގައެވެ. އަދި، ޣައްޒާ ނަސްލުހޭދައިގައި ޔަހޫދީން ކުށްވެރި ކުރުމުގެ އެއްވެސް ޙައްޤެއް ނޯންނާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. ޔަހޫދީންގެ ޤަތުލުޢާންމު ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 59,000އަށް އުފުލިފައިވާ ކަމުގައި ޣައްޒާގެ ޞިއްޙީ ދާއިރާގެ މަޞްދަރުތަކުން ހާމަކުރިއެވެ. ނަމަވެސް، ޣައްޒާގެ މީޑިޔާ އޮފީހުން ބުނީ، ޝަހީދުންގެ އަދަދު 61,700އަށްވުރެ މައްޗަށް އުފުލިފައިވާ ކަމުގައެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި، މައުސޫމު ކުޑަކުދިންގެ އިތުރުން ހިނގާބިނގާ ނޫޅެވޭ ވަރުގެ އުމޫރުންނެވެ.
About Post Author
މާދަމާ ނިއުސް
“ޢާއްމު ޞިއްޙަތުގެ ރައްކާތެރިކަމަށް ލޭ ހަދިޔާ ކުރުން މުހިއްމު”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، އަމިއްލައަށް އިސްނަގައިގެން...
އަތޮޅުތަކުގެ ސިއްޙީ ޚިދުމަތް ހަރުދަނާކުރުމުގެ ނަތީޖާ: ތިނަދޫގައި ފުރަތަމަ ފަހަރަށް ރަހިމުގެ ބޮޑު އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ނިންމާލައިފި
(ފޮޓޯ ކްރެޑިޓްސް: ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލް) ގދ. ތިނަދޫ ސިޓީގެ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ކާމިޔާބު ލެޕަރޮސްކޯޕިކް...
ކަނޑުމަގުން މުދާ ފޮނުވަން ކްލިއަރެންސަށް 10 ދުވަސް
ކަނޑުމަގުން ރާއްޖެއިން ބޭރަށް މުދާ ފޮނުވުމުގެ ކްލިއަރެންސް މަރުހަލާތަކަށް އެވްރެޖްކޮށް 10 ދުވަހަށްވުރެ ގިނަ ވަގުތު ހޭދަވާކަން މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ "ޓައިމް ރިލީޒް...
އެއާޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗަރ ޓެކްސް %21 އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މި އަހަރުގެ ފުރަތަމަ ފަސް މަސްދުވަހު އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އާއި ޑިޕާޗާ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ، މިދިޔަ...
ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަކަށް އީލޯން މަސްކް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ސްޕޭސްއެކްސް ކުންފުނީގެ ޙިއްޞާގެ އަގު ބޮޑުތަނުން އުފުލުމާ ގުޅިގެން، ދުނިޔޭގެ އެންމެ ފުރަތަމަ ޓްރިލިއަނަރުގެ މަޤާމު އެ ކުންފުނީގެ ބާނީ...
ކެނެޑާއިން އިތުރު 100 މިލިޔަން ޑޮލަރު ފަލަސްޠީނަށް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ޔަހޫދީންގެ އިސްތިޢުމާރުގެ ދަށުގައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމަށް ކެނެޑާއިން އިތުރު 100 މިލިޔަން އެމެރިކާ ޑޮލަރު...
