ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ (ވީއައިއޭ) އާ ޓާމިނަލް ހިތްގައިމުކަމާއި އުސްކަމުން ހައިރާންކުރުވާ ކަމަށް އެތަނަށް ޒިޔާރަތްކުރި ނޫސްވެރިން ބުނެއެވެ. މި ޓާމިނަލް ގާތްގަނޑަކަށް 9 އަހަރުގެ މަސައްކަތުން ނިންމާލެވޭން ކައިރިވެފައިވާއިރު، އަހަރަކު 7.5 މިލިއަން ފަސެންޖަރުންނަށް ހިދުމަތް ދިނުމަށް ތައްޔާރުވެފައިވެއެވެ. މި މަޝްރޫއަކީ ރާއްޖޭގެ އިގްތިސާދަށާއި ރައްޔިތުންގެ ކުރިއެރުމަށް އިންގިލާބީ ބަދަލެއް ގެނުވާނެ ވަރަށް މުހިންމު މަޝްރޫއެކެވެ. ޓާމިނަލްގެ ފަސާޑް (ބޭރު ފެންނަ ގޮތް) އަދި އެތެރޭގެ ޑިޒައިންގައި ބޭނުންކޮށްފައިވަނީ މާލޭ ހުކުރު މިސްކިތުގެ މުންނާރުގައި ހުންނަ ސިއްކައިގެ ނަމޫނާއެވެ.
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
އާ ޓާމިނަލްގައި 47 ޗެކިން ކައުންޓަރާއި، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑާއި އިމިގްރޭޝަން ކައުންޓަރުތައް ގާއިމުކޮށްފައިވެއެވެ. ފަސެންޖަރުންނަށް ފަސޭހަކޮށްދިނުމަށް ޑިއުޓީ ފްރީ ފިހާރަތަކާއި ކެއިންބުއިމުގެ އައުޓްލެޓްތައް ހުންނާނެއެވެ. ބޯޑިން ގޭޓު ސަރަހައްދުގައި 12 އެއިރޯ ބްރިޖާއި 12 ބޯޑިން ގޭޓު (އެރައިވަލް 6، ޑިޕާޗާ 6) ހިމެނެއެވެ. ޓާމިނަލްގެ ތެރޭގައި މަގު ދައްކާ ފާހަގަތަކާއި ޓީވީ ސްކްރީންތައް ގާއިމުކޮށްފައިވާއިރު، މުވައްޒަފުން އެހީތެރިވުމަށް ތިބޭނެއެވެ. އައުމުގެ ސަރަހައްދުގައި މާލޭގެ މަލަމަތި ފެންނަން ހުންނާނެއެވެ. ލަގޭޖް ބެލްޓް ސަރަހައްދު މިހާރުގެ ޓާމިނަލަށް ވުރެ ތަނަވަސްކޮށް 6 ބެލްޓާއެކު ގާއިމުކޮށްފައިވެއެވެ. ކަސްޓަމްސް ޕޯސްޓާއި ރިޒޯޓް ރެޕްރެޒެންޓޭޓިވުންނަށް ޚާއްސަ ޖާގައެއްވެސް ހުއްޓެވެ.
ޓާމިނަލްގެ އޮޕަރޭޝަން ތައްޔާރުކުރުމުގެ (ORAT) ޓްރައިލްތައް ފުޅާ ދާއިރާއެއްގައި ކުރިއަށްދާކަމަށް ފާތުމަތު ޝާހިދާ ވިދާޅުވިއެވެ. މި ޓްރައިލްތަކުގެ މަގްސަދަކީ މުވައްޒަފުން ތަމްރީނުކޮށް، ފަސެންޖަރުންނަށް އެއްވެސް ދަތިކަމެއްނެތި ހިދުމަތްދެވޭނެކަން ކަށަވަރުކުރުމެވެ. މި ޓާމިނަލް މިމަހު 26 ވަނަ ދުވަހު ހުޅުވޭނެކަމަށް ބެލެވެއެވެ. މިއީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމާ ދިމާކޮށް ހުޅުވޭ ތަނެކެވެ. ޓާމިނަލް މަސައްކަތް ކުރިއަށް ގެންދަނީ ދުވާލު 24 ގަޑިއިރު ދެ ޝިފްޓަށް ބަހާލައިގެންނެވެ. މިއީ ރާއްޖޭގެ ތާރީހު ބަދަލުކޮށްލާނެ އަދި ދިވެހިން ފަހުރުވެރިވާނެ ތަނެކެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
