
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ހުޅުމާލެ ބޮންޑެޑް ވެއާހައުސްގެ ލީސް ފީއަށް ގެނައި ބަދަލާ ގުޅިގެން އާންމު މުދަލުގެ އަގުތަކަށް ބާޒާރުގައި އަސަރުކުރާނެ އެއްވެސް ސަބަބެއް ނެތްކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޑެޓްއިން ވިދާޅުވެއްޖެއެވެ. އެމްޕީއެލްއިން ވަނީ ހުޅުމާލެ ބޮންޑެޑް ވެއާހައުސް އޭރިއާ 1، 2، އަދި 3ގެ ލީސް ފީއަށް އަންނަމަހުގެ 15 ވަނަ ދުވަހުން ފެށިގެން ބަދަލު ގެންނަން ނިންމާފައެވެ. މިކަމާ ގުޅިގެން އެ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ ހުޅުމާލެ ބޮންޑެޑް ވެއާހައުސްގެ ހިދުމަތް ފޯރުކޮށްދެނީ ކަސްޓަމަރުންގެ މުދަލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ގޮތުން 24 ގަޑިއިރުގެ ސެކިއުރިޓީއާއެކު ކަމަށެވެ. އެ ސަރަހައްދުގައި މޯލްޑިވްސް ކަސްޓަމްސްގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަސްޓަމްސްގެ ފެސިލިޓީއެއް ވެސް ގާއިމުކޮށްފައިވާކަން ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން، ބޮންޑެޑް ވެއާހައުސް ސަރަހައްދުން މުދާ ލޯޑުކުރުމާއި އަންލޯޑްކުރުމަށް، ވަކި ކީ ވޯލެއް ކަނޑައަޅާފައިވާ ކަމަށާއި އެ ސަރަހައްދުގެ މެއިންޓަނަންސްގެ މަސައްކަތްވެސް އެ ކުންފުނިން ގަވައިދުން ކުރަމުންދާކަމަށެވެ. އަދި ދެެމެހެއްޓެނިވި ގޮތެއްގައި، ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު ހިދުމަތެއް ކުރުމަށް އެ ކުންފުނިން ބޮޑު ހޭދައެއް ކުރަންޖެހޭ ކަމަށްވެސް އެމްޕީއެލްގެ ބަޔާނުގައިވެއެވެ. މިގޮތުން މިހާރު ކަސްޓަމަރުން އަމިއްލައަށް ކުނި އުކާލަން ޖެހުނު ނަމަވެސް، އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ވޭސްޓް ޑިސްޕޯސަލްގެ ޚިދުމަތް ވެސް ބޮންޑް ވެއާހައުސްގެ ކަސްޓަމަރުންނަށް އެ ކުންފުނިން ފޯރުކޮށްދޭނެކަމަށް އެމްޕީއެލްއިން ވިދާޅުވެއެވެ.
ހުޅުމާލެ ބޮންޑެޑް ވެއާހައުސްގެ ލީސް ފީތަކަށް ގެނައި ބަދަލުތަކާއި ގުޅިގެން، އާންމު މުދަލުގެ އަގުތަކަށް ބާޒާރުގައި އަސަރުކުރާނެ އެއްވެސް ސަބަބެއް ނެތް ކަމަށާއި ހުޅުމާލެ ބޮންޑެޑް ވެއާހައުސް އޭރިޔާ 1، 2 އަދި 3 ގައި ބޮންޑް ކުރަނީ ޓޫރިސްޓް ރިސޯޓްތަކަށް ގެންނަ ބަނގުރަލާއި އޫރު މަހުގެ ބާވަތްތައް ކަމަށް ވެސް އެމްޕީއެލްއިން ވިދާޅުވިއެވެ. ވިޔަފާރި ބަނދަރުތައް ބަލަހައްޓަމުން ގެންދާ އެމްޕީއެލްއިން ކުރި އިއުލާނެއްގައިވާ ގޮތުން ޖީއެސްޓީ ހިމަނައިގެން 20 ފޫޓޫގެ ކޮންޓެއިނަރަކަށް މަހެއްގެ މައްޗަށް 1،134 ޑޮލަރު ދައްކަން ޖެހޭގޮތަށް ވަނީ ނިންމާފައެވެ. އަދި، 40 ފޫޓުގެ ކޮންޓެއިނަރަކަށް 2،268 ޑޮލަރު މަހެއްގެ މައްޗަށް ދައްކަން ޖެހެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
